Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާޖިއޯ އަގުއޭރޯ

އަނިޔާ އަށް ފަހު އަގުއޭރޯ ފަރިތަކުރުންތަކަށް ނިކުމެއްޖެ

10 އޮކްޓޯބަރު 2017 | އަންގާރަ 17:10

އަގުއޭރޯ ވަނީ އަންގާރަ ދުވަހު ބޭއްވި ސިޓީގެ ފަރިތަކުރުންތަކުގައި ބައިވެރިވެފަ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 10 އޮކްޓޯބަރު 2017 | އަންގާރަ 17:10
މެންޗެސްޓަރ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ

މެންޗެސްޓަރ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ

ނެދަލެންޑްސްގެ އެމްސްޓަޑަމްގައި ހިނގި ކާރު އެކްސިޑެންޓެއްގައި އަނިޔާވި މެންޗެސްޓަރ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ، 11 ދުވަހަށް ފަހު ތަމްރީންތަކުގައި ބައިވެރިވާން ފަށައިފި އެވެ.

އާޖެންޓީނާގެ 29 އަހަރުގެ ފޯވާޑްގެ މޭ ކަށިގަނޑަށް ލިބުނު އަނިޔާއާ ގުޅިގެން ގިނަ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެ ކަމަށް ބެލެވުނު ނަމަވެސް، އަގުއޭރޯ ވަނީ އަންގާރަ ދުވަހު ބޭއްވި ސިޓީގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ. އެހެންނަމަވެސް އަގުއޭރޯ ބައިވެރިވެފައި ވަނީ ޓީމާ ވަކިން، ލުއި ފަރިތަކުރުންތަކުގައެވެ.

މެންޗެސްޓަރ ސިޓީން ބުނީ، އަގުއޭރޯ މިހާރު ކުރަނީ ފިޓްނަސް ރަނގަޅު ކުރުމުގެ މަސައްކަތް ކަމަށާއި، އެނބުރި ދަނޑަށް ނުކުތުމަށް އަދި ދުވަސް ކޮޅެއް ނަގާނެ ކަމަށެވެ.

އަނިޔާގެ ކުރިން އަގުއޭރޯ އައީ ސިޓީގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅުނު ހަ މެޗުގައި ހަ ލަނޑު ޖަހައިގެން އަގުއޭރޯ އޮތީ ޕްރިމިއަރ ލީގުގެ ލަނޑު ލިސްޓުގެ ދެވަނާގައެވެ.

ސިޓީގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ އެރިކް ބްރޫކްގެ 177 ލަނޑުގެ ރެކޯޑާއި އަރާ ހަމަކުރަން އަގުއޭރޯ އަށް ބޭނުން ވަނީ އެންމެ ލަނޑެކެވެ.

މެންޗެސްޓަރ ސިޓީ މިވަގުތު އޮތީ ލަނޑުގެ ތަފާތުން އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ ކުރީގައެވެ. ލީގުގެ ދެވަނާގައިވާ މެންޗެސްޓަރ ޔުނައިޓެޑް އަދި ސިޓީ އަށް ވެސް ލިބިފައި ވަނީ 19 ޕޮއިންޓެވެ. ޔުނައިޓެޑަށް ފައިދާ 19 ލަނޑު އޮތްއިރު، ސިޓީ އަށް ފައިދާ 20 ލަނޑު އެބައޮތެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހު ސިޓީ ނުކުންނާނީ ސްޓޯކް ސިޓީއާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް