Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔާމީން މިނިވަން ކުރުމުގެ މައްސަލަ

ޔާމީނަށް ރައީސް މުއިއްޒަށްވުރެ ރައީސް ސާލިހު ވެސް މާރަނގަޅު: މަލީހު

ޔާމީނުގެ ބަންދަށް އިތުރު ލުޔެއް ނުދެއްވީ ސަބަބެއް ނެތް

އަމްނާ އިމާދު
އަމްނާ އިމާދު | 18 ޑިސެމްބަރު 2023 | ހޯމަ 07:12
ޕީއެންއެފް ގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ މުޙައްމަދު މަލީހު ޖަމާލު

ޕީއެންއެފް ގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ މުޙައްމަދު މަލީހު ޖަމާލު

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ މިހާރު ލުއިތަކާއެކު ގޭބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށްވުރެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެސް މާރަނގަޅު ކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު އަދި ރައީސް ޔާމީން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް)ގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ މުޙައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މަލީހު ވިދާޅުވީ މީގެ ކުރިން ދައްކަމުން އައީ އެމްޑީޕީ ސަރުކާރުގެ އަނިޔާވެރިކަމުގެ ވާހަކަ ކަމަށާއި، ނަމަވެސް ކަންކަން ހިނގާފައިވާ ގޮތުން މިހާރު ދައްކަން ޖެހެނީ އެމްޑީޕީ ސަރުކާރު ރަނގަޅު ވާހަކަ ކަމަށެވެ. އެގޮތުން ޔާމީނަށް ލުއި ވެސް ދިނީ އެމްޑީޕީގެ ސަރުކާރުގައި ކަމަށާއި، މިސަރުކާރުން އެއްވެސް ކަހަލަ ލުއެއް އެމަނިކުފާނަށް ދެއްވާފައިނުވާ ކަމަށް މަލީހު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ ރިޔާސީ އިންތިޚާބު 2023 ގެ ކެންޕޭންގެ ތެރޭގައި އެންމެ ބޮޑަށް ރައީސް މުއިއްޒު ދެއްކެވީ ޔާމީން މިނިވަންކުރައްވާނެ ވާހަކަ ކަމަށެވެ. އަދި ވެރިކަމަށް އެއްމަސްވެގެން ދިޔައިރު އަދިވެސް ޖުޑިޝަރީ މިނިވަން ނުވަނީތޯ މަލީހު ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ވިދާޅުވީ ގިނަ އަދަދެއްގެ ރައްޔިތުން ރައީސް މުއިއްޒަށް ވޯޓު ދިނީ ޔާމީން މުއިއްޒު އެންޑޯޒް ކުރެއްވުމުން ކަމަށެވެ. އަދި ވެރިކަމަށް ވަޑައިގެންނެވީ އެމަނިކުފާނުގެ ފޮޓޯފުޅާއެކު ކަމަށެވެ.

މަލީހު ވިދާޅުވީ ޔާމީނުގެ ބަންދަށް އިތުރު ލުޔެއް ނުދެއްވީ ސަބަބެއް ނެތް ކަމަށެވެ.

މީގެ އިތުރުން މަލީހު ވިދާޅުވީ ޔާމީން ޕީޕީއެމް/ޕީއެންސީން ކަންކަން ބެލެހެއްޓުމަށް އަބްދުއްރަހީމް އަބްދުﷲއާއި ހަވާލުކުރެއްވީ ޖަލުގައި ހުންނެވުން ކަމަށެވެ. ނަމަވެސް އެއަމާނާތަށް ހިޔާނަތްތެރިވެފައިވާ ކަމަށާއި، ލީޑަރޝިޕްގެ އެހެން ބޭފުޅުން ވެސް އެމަނިކުފާނަށް ހިޔާނަތްތެރިވެފައިވާ ކަމަށެވެ. މިއަދު ޕީއެންސީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ކުރާނީ ޕީޕީއެމް ފައްތާލުމުގެ މަގުސަދުގައި ކަމަށާއި، ޕީއެންސީއަކީ ޚާއްސަ ހާލަތަކަށް ޔާމީން އުފެއްދެވި ޕާޓީއެއް ކަމަށެވެ.

މަލީހު ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ޔާމީންގެ އަތްޕުޅުން ޖަހައިގަތީ ސިޔާސީ ހަޔާތް ހުއްޓުވާލުމަށް ކަމަށެވެ. ނަމަވެސް އެމަނިކުފާނު އެނބުރި މައިދާނަށް މާވަރުގަދަކޮށް ވަޑައިގަންނަވާނެ ކަމަށާއި، ސިޔާސީ ހަރަކާތުން އެކަހެރިނުކުރެވޭނެ ކަމަށް މަލީހު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު