Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަރުވި ނޫސްވެރިންގެ އަދަދު 90 އިން މައްޗަށް

އަލްޖަޒީރާގެ ނޫސްވެރިޔާ ސާމިރު ޝަހީދުކޮށްލުމާ އެކު އިސްރާއީލުގެ ހަމަލާތަކުގައި މަރުވި ނޫސްވެރިންގެ އަދަދު 90 އިން މައްޗަށް

ޚާން ޔުނިސްގައި ދިން މި ހަމަލާގައި ނޫސްވެރިޔާގެ އިތުރުން އެ ސްކޫލްގައި ހިމާޔަތް ހޯދަމުންދިޔަ ޢާއްމުންގެ އެތައްބަޔަކުވެސް ވަނީ އެ ހާދިސާގައި މަރުވެފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 16 ޑިސެމްބަރު 2023 | ހޮނިހިރު 08:09
އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވި ސާމިރު އަބޫދައްޤާ

އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވި ސާމިރު އަބޫދައްޤާ

ޣައްޒާގެ ސްކޫލަކަށް ހުކުރުދުވަހު އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި އަލްޖަޒީރާގެ ސާމިރު އަބޫދައްޤާ ޝަހީދުކޮށްލުމާ އެކު އިސްރާއީލުގެ ހަމަލާތަކުގައި މަރުވި ނޫސްވެރިންގެ އަދަދު 90 އިން މައްޗަށް އަރައިފިއެވެ.

ސާމިރު ޝަހީދުކޮށްލުމުން، މީޑިއާ ނެޓްވޯކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ އިސްރާއީލުން ނޫސްވެރިންނާއި އެމީހުންގެ އާއިލާތަކަށް ސިސްޓަމެޓިކް ކޮށް ދުރާލައި ރާވައިގެން ދެމުންދާ ހަމަލާ ތަކެއް ކަމުގައެވެ.

ޚާން ޔުނިސްގައި ދިން މި ހަމަލާގައި ނޫސްވެރިޔާގެ އިތުރުން އެ ސްކޫލްގައި ހިމާޔަތް ހޯދަމުންދިޔަ ޢާއްމުންގެ އެތައްބަޔަކުވެސް ވަނީ އެ ހާދިސާގައި މަރުވެފައެވެ.

އަލްޖަޒީރާއިން އެކަން ކުށްވެރިކޮށްފައިވާއިރު، ނޫސްވެރިޔާއަށް ހަމަލާދިންތާ ފަސް ގަޑިއިރަށް ވުރެ ގިނައިރުވީއިރުވެސް އެމްބިއުލާންސްތަކާއި ރެސްކިއު ވޯކަރުން އެތަނަށް ވަނުން އިސްރާއީލުގެ ނިރުބަވެރިން ވަނީ ހުއްޓުވާފައެވެ.

ބައިނަލްއަގްވާމީ މީޑިއާ ނެޓްވޯކުން ވަނީ އެ މީހުންގެ އެކުވެރިޔާ ގެއްލުމުން ހިތާމަ ފާޅުކޮށް، ބައިނަލްއަގުވާމީ މުޖުތަމައުއަށާއި މީޑިއާގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން، އިސްރާއީލު ސަރުކާރާއި އަސްކަރިއްޔާ އިން ހިންގަމުންދާ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކަށް ޖަވާބުދާރީ ކުރުވައި ވަގުތުން ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ.

ޣައްޒާގައި ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މަރުވި މީހުންގެ އަދަދު މިހާރު 90 އިން މައްޗަށް އަރާފައިވާއިރު، ހަމަނުޖެހުން ހިނގަމުންދާ ސަރަހައްދުތަކުގައި ތިބި މީޑިއާގެ މުވައްޒަފުންގެ ސަލާމަތާ މެދު ކަންބޮޑުވުން ތައް ދަނީ އިތުރުވަމުންނެވެ.

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ޖަރީމާތަކުގެ އިތުރުން ހިފާފައިވާ ހުޅަނގު އައްސޭރިގައި ވަޒަންވެރިވާ މީހުންގެ ހަމަނުޖެހުންތައްވެސް އިތުރުވެ، ހުޅަނގު އައްސޭރީގައި ފަލަސްތީނު މީހުންނަށް ވަޒަންވެރިން ދެމުންދާ ގޯނާތައް އދ.އިން ވަނީ ރިޕޯޓްކޮށްފައެވެ. އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ވަޒަންވެރިންގެ ހަމަނުޖެހުންތަކުގެ ސަބަބުން 189 ޢާއިލާއެއް ގެދޮރު ދޫކޮށް ދާން ޖެހިފައިވާއިރު، ގެދޮރު ގެއްލުނު މީހުންގެ ތެރޭގައި 582 ކުޑަކުދިން ހިމެނޭ އދ.ގެ ރިޕޯޓްގައި ބުނެފައިވެއެވެ.

އދ.ގެ އޮފީސް ފޮރ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ނިރުބަވެރި ފަރާތްތަކުން ފަލަސްޠީނުގެ ރައްޔިތުންގެ ގެތައް ތަޅާލުމުގެ ސަބަބުން، 182 ކުޑަކުދިންނާއެކު 338 މީހަކަށް ދިރިއުޅެވޭނެ ތަނެއް ނެތެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ހިފާފައިވާ ހުޅަނގު އައްސޭރީގައި ގެތައް ތަޅާލުމުން ވެސް 88 މީހަކު ވަނީ ގެދޮރު ގެއްލިފައެވެ.

އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީން 2014 ވަނަ އަހަރު ނިންމާފައި ވަނީ ގެދޮރު ހަލާކުރުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ގާނޫނާ ހިލާފު އަދަބެއްގެ ގޮތުގައި ކަނޑައެޅިފައިވާ އަދަބެއް ކަމަށެވެ. ފަލަސްޠީނުގެ ހިފާފައިވާ ސަރަޙައްދުތަކުގައި ފަލަސްޠީނަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތައް ފާހަގަކޮށް، ޒަމާނުއްސުރެ ހިނގަމުންދާ ހަމަނުޖެހުންތަކަށް ޙައްލެއް ގެނައުމުގެ މުހިންމުކަމުގެ މައްޗަށް އެ ރިޕޯޓުގައި ވަނީ އަލިއަޅުވާލާފައެވެ.

މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި އަލްޖަޒީރާއިން އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ އެމީހުންގެ ވީޑިއޯ ޖާނަލިސްޓް ސަމީރު އަބޫ ދައްޤާ އާއި ޗީފް ކޮރެސްޕޮންޑެންޓް ވައިލް އަލް ދަހްދޫހުއަށް އިސްރާއީލްގެ ނިރުބަވެރިން ހަމަލާ ދިނުމުގެ ސަބަބުން ސީރިއަސް ޒަޚަމްތަކެއް ލިބުނު ކަމަށެވެ.

ނަމަވެސް އޭގެ ފަހުން އަލްޖަޒީރާއިން ނެރުނު ބަޔާނެއްގައި ވަނީ ސަމީރު އަބޫ ދައްޤާއަށް ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް އިސްރާއީލުން ހުރަސްއެޅުމުގެ ސަބަބުން އޭނާ ޝަހީދުވެފައިވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޗެސްޓާގެ މަރާއެކު އެތައް ބަޔަކު ރޮއްވާލައިފި

ޗެސްޓާގެ މަރާއެކު އެތައް ބަޔަކު ރޮއްވާލައިފި

21 ޖުލައި 2017
ނިމްސް ހޮސްޕިޓަލާއެކު ހެދި ޑީލު ތަހުގީގު ކުރަންޖެހޭ

ނިމްސް ހޮސްޕިޓަލާއެކު ހެދި ޑީލު ތަހުގީގު ކުރަންޖެހޭ

20 ޖުލައި 2017
މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

15 ޖޫން 2017
"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!

"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!

03 ޖޫން 2017
މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

26 މެއި 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު