Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުދީ ޕްރޯ ލީގު

އަލް ހިލާލުގައި މިޓްރޮޗިޗް އަށް ހުއްޓުމެއް ނެތް

16 ޑިސެމްބަރު 2023 | ހޮނިހިރު 05:35

މޮޅާއެކު އަލް ހިލާލް އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 17 މެޗުން 47 ޕޮއިންޓާއެކު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޑިސެމްބަރު 2023 | ހޮނިހިރު 05:35
މެޗުގައި ލަނޑު ޖެހުމަށް ފަހު އަލް ހިލާލްގެ ކުޅުންތެރިން އުފާ ފާާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އަލް ހިލާލްގެ ކުޅުންތެރިން އުފާ ފާާޅު ކުރަނީ

ސައުދީ ޕްރޯ ލީގުގައި އަލް ވެހްދާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އަލް ހިލާލުން އެއް ވަނައިގައި ކުރިއަށް ޖެހިލައިފި އެވެ.

ލީގުގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު އަލް ހިލާލުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗަށް ނިކުތްއިރު ވެސް ލީގު ތާވަލްގެ އެއް ވަނައިގައި އޮތީ، މި ސީޒަންގައި މޮޅަށް ކުޅެމުން އަންނަ އަލް ހިލާލް އެވެ.

މެޗުގައި އަލް ހިލާލުން ވަނީ 20 ވަނަ މިނެޓުގައި ލަނޑު ޖަހައި، ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ސައުދު އަބްދުލް ޙާމިދު އެވެ. އޭގެ ފަހުން ވެސް މެޗުގައި އިތުރު ލަނޑު ޖެހުމަށް އަލް ހިލާލުން ވަނީ ފުރުސަތު ތަނަވަސްކޮށްފަ އެވެ. ދެ ވަނަ ލަނޑެއް ޖެހުމަށް އެ ޓީމުން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 80 ވަނަ މިނެޓުގަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ސާބިއާގެ ފޯވާޑް އެލެކްސެންޑާ މިޓްރޮވިޗް އެވެ. މިއީ އަލް ހިލާލަށް ބަދަލުވި ފަހުން އޭނާ އެ ޓީމަށް ޖަހައިދިން 23 ވަނަ ލަނޑެވެ. ސައުދީ ލީގުގައި އޭނާ ވަނީ 15 މެޗުން 15 ލަނޑު ޖަހައިފަ އެވެ.

މޮޅާއެކު އަލް ހިލާލް އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 17 މެޗުން 47 ޕޮއިންޓާއެކު އެވެ. މި ސީޒަންގެ ލީގުގައި އެއްވެސް މެޗަކުން އެ ޓީމު ބަލިވެފައި ނުވާއިރު، ލީގުގައި މިހާތަނަށް ބަލި ނުވާ ހަމައެކަނި ޓީމަކީ ވެސް އަލް ހިލާލް އެވެ. ދެ ވަނައިގައި ވާދަވެރި އަލް ނަސްރު އޮތީ އެއް މެޗު މަދުން ކުޅެގެން 37 ޕޮއިންޓާއެކު އެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2017

ތިން މެޗުން ވެސް ބަލިވެ ރާއްޖެ ވޮލީ މުބާރާތާ އަލްވަދާއު ކިޔައިފި

26 މާރިޗު 2017
ތިން މެޗުން ވެސް ބަލިވެ ރާއްޖެ ވޮލީ މުބާރާތާ އަލްވަދާއު ކިޔައިފި
22 މާރިޗު 2017

ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ

22 މާރިޗު 2017
ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ
15 މާރިޗު 2017

ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް

15 މާރިޗު 2017
ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް
10 މާރިޗު 2017

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

10 މާރިޗު 2017
ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި
20 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް

20 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް
20 ފެބުރުއަރީ 2017

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް