Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޮޕަރޭޝަން ފަނާރު

"އޮޕަރޭޝަން ފަނާރު"ގެ ނަމުގައި ފަރުވާގެ ޚާއްސަ ޕްރޮގްރާމެއް ފަށައިފި

ޑްރަގް ކޯޓުން ފަރުވާއަށް ހުކުމްކޮށްފައިވާ 700 މީހުން އެބަތިބި

އަމްނާ އިމާދު
އަމްނާ އިމާދު | 14 ޑިސެމްބަރު 2023 | ބުރާސްފަތި 14:07
ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ހޯދާފައި

ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ހޯދާފައި

ޑްރަގް ކޯޓުން ފަރުވާއަށް ހުކުމްކޮށްފައިވާ ފަރާތްތަކަށް އަމާޒުކޮށް "އޮޕަރޭޝަން ފަނާރު"ގެ ނަމުގައި ފަރުވާގެ ޚާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ މުޖުތަމައުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، އެކަމަށް ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރާނެ ކަމަށެވެ.

އެގޮތުން ކުރިއަށް ޑްރަގް ކޯޓުން ފަރުވާއަށް ހުކުމްކޮށްފައިވާ 700 ފަރާތަށް އަމާޒުކޮށް ''އޮޕަރޭޝަން ފަނާރު''ގެ ނަމުގައި ފަރުވާގެ ޚާއްސަ ޕްރޮގްރާމެއް ފަށާފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ޑްރަގް ކޯޓުން ފަރުވާއަށް ހުކުމްކޮށްފައިވާ ފަރާތްތަކަށް އަމާޒުކޮށް "އޮޕަރޭޝަން ފަނާރު"ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ފަށާފައިވާއިރު، ކުރީގެ ސަރުކާރުގައި ވެސް ވަނީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ މީހުން މުޖުތަމައުއަށް ނެރުމަށް ޚާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މެތަޑޯންގެ ފަރުވާ މުޅި ރާއްޖެއަށް ފުޅާކޮށް ފަރުވާ ދީފައިވެއެވެ. މިފަރުވާއާއި ގުޅޭގޮތުން އޭރު ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ބުނެފައިވަނީ މެތަޑޯންގެ ޚިދުމަތާއެކު މަސްތުވާތަކެއްޗަށް އޮންނަ ޑިމާންޑް ކުޑަކުރެވިފައިވާކަން ފާހަގަކުރެވޭ ކަމަށާއި، ޖިނާއީ ކުދިކުދި ކުށްތަކަށް އަރައިގަތުން ވަރަށް ބޮޑަށް މަދު ކުރެވިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ ކަމަށެވެ. އަދި ވައްކަމުގެ މައްސަލަތައް ވެސް މަދުކަމަށް ރިކޯޑުތަކުން ދައްކާ ކަމަށެވެ. އެހެންކަމުން މަސްތުވާތަކެތި ބޭނުންކުރާ މީހުން މުޖުތަމައުއަށް ނެރުމަށްޓަކައި ސިއްހީ އެޕްރޯޗަކުން މަސައްކަތް ކުރުމުން ނަތީޖާ ރަނގަޅު ކަމަށާއި، މުޖުތަމައުއަށް އެކަމުގެ ހެޔޮ އަސަރު ކުރާ ކަމަށް އެންޑީއޭއިން ބުނެއެވެ.

މެތަޑޯނަކީ ބޭހާއެކު ދެވޭ ފަރުވާއެކެވެ. ކައުންސެލިންއާއި އެޑިޔުކޭޝަންގެ އިތުރުން މިހާއަށް ދިރިއުޅުން ކުރިއަށް ގެންދެވޭ ގޮތަށް ގިނަ ސެޝަންތަކެއް މިޕްރޮގްރާމްގައި ކުރިއަށް ގެންދެއެވެ. މެތަޑޯންގެ ޑޯޒް ކުޑަކޮށް ފަށާ މަތިކުރަމުން ގޮސް އެ މީހަކާ ގުޅޭ މެއިންޓަނެންސް ޑޯޒް ދިނުމުން ބޭނުންކުރުން އެއްކޮށް ހުއްޓިގެންދެއެވެ.

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

އެމްއެންޑީއެފްގައި ހިމަބިހި ނައްތާލުމުގެ ކެމްޕޭން "މަވެސް ޖަހައިފިން" ނަމުގައި ފަށައިފި

26 ފެބުރުއަރީ 2017
އެމްއެންޑީއެފްގައި ހިމަބިހި ނައްތާލުމުގެ ކެމްޕޭން "މަވެސް ޖަހައިފިން" ނަމުގައި ފަށައިފި
16 ފެބުރުއަރީ 2017

"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ

16 ފެބުރުއަރީ 2017
"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ
15 ފެބުރުއަރީ 2017

ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ

15 ފެބުރުއަރީ 2017
ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު