Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގެދޮރުވެރިޔާ ފްލެޓު މައްސަލަ

ގެދޮރުވެރިޔާ ފްލެޓު މައްސަލައިގައި ބޭއްވި ކޮމިޓީއަށް ވަޒީރު ހާޒިރެއް ނުވި، މެމްބަރުންގެ އިންތިހާ ކަންބޮޑުވުން

ސަރުކާރު ކޯލިޝަންގައި ހިމެނޭ މެމްބަރުންވެސް ވަނީ ވަޒީރު އެހެން އެކަން ކުރެއްވީ ގަސްތުގައިކަމަށް ބެލެވޭކަމަށް ވިދާޅުވެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 16 ޖުލައި 2024 | އަންގާރަ 06:52
މަޖިލީހުގެ ޕެޓިޝަން ކޮމިޓީ

މަޖިލީހުގެ ޕެޓިޝަން ކޮމިޓީ

ގެދޮރުވެރިޔާ ފްލެޓު މައްސަލައިގައި ބޭއްވި ކޮމިޓީއަށް ހައުސިންގް މިނިސްޓަރު އަލީ ހައިދަރު ވަޑައިނުގެންނެވުމުން މެމްބަރުން އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

ކޮމިޓީގެ އެޖެންޑާގައި އޮތީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބޭނެކަމަށް ގެޒެޓު ކުރެވިފައިވާ އެންމެހާ ފަރާތްތަކާއި، އަދި ކަމުގެ މަސްލަޙަތު އޮތް އެންމެހައި ފަރާތްތަކުގެ ފްލެޓުތައް ބާތިލު ނުކުރުމަށް އެދި ހުށަހެޅިފައިވާ ޕެޓިޝަނާ ގުޅޭގޮތުން ހައުސިންގ މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލު ކުރެއްވުމެވެ.

Advertisement - newsAdvertisement

މި މައްސަލައާ ގުޅިގެން ކޮމިޓީން މިނިސްޓްރީއަށް ސިޓީ ފޮނުވީ 9 ޖުލައިގައެވެ. އެ ސިޓީގައި ބަޔާންކޮށްފައިވަނީ މި މައްސަލައާ ގުޅުންހުރި ފަރާތްތަކާ ބައްދަލުކުރަން ބޭނުންވާ ކަމަށެވެ.

އޭގެ ޖަވާބުގައި 14 ޖުލައިގައި މިނިސްޓްރީން ފޮނުވި ސިޓީގައި މިނިސްޓަރުގެ އަމިއްލަ އެދިލެއްވުމުގެ މަތިން ވަނީ މިނިސްޓަރާއި އިތުރު ބޭފުޅުން ވަޑައިގަންނަވާނެކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް ކެބިނެޓު މީޓިންގ 11:00 އަށް ނިމިފައި ނުވާކަމަށް ވިދާޅުވެ ވަޒީރު ވަޑައިގެންފައެއް ނުވެއެވެ.

މިނިސްޓަރު ވަޑައިނުގަންނަވާކަން އެނގިގެން ދިޔައީ މެމްބަރުން ކޮމިޓީއަށް ވަޑައިގެން އިދާރީ މޭޒުން ކަންކަން ސާފު ކުރުމުންކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ، ރައީސް އޮފީހުގައި ކެބިނެޓު ބައްދަލުވުމެއް އޮތްނަމަ އެކަންވެސް ދުރާލާ އެނގިވަޑައިގަންނަވާނެ ކަމަށާއި، އަދި ވަޑައިނުގެންނެވޭނަމަ ކޮމިޓީއަށް މައުލޫމާތު ދިނުމަށް ކުރަންޖެހޭ ކަންކަން ވަޒީރު އިންތިޒާމު ކޮށްދޭން ޖެހޭނެ ކަމަށެވެ.

މަޖިލީހަށް ހާޒިރުވާން ޖެހޭކަން ވަޒީރަށް އެނގިވަޑައިގަންނަވާނެ ކަން ފާހަގަ ކުރައްވައި ޒިޔާދު ވިދާޅުވީ، މަޖިލީހުގެ ޤަވާއިދުގައި ވަޒީރަކަށް ދޭން ޖެހޭ 5 ދުވަހުގެ މުއްދަތުވެސް ދެވިފައިވާ ކަމަށެވެ.

ޒިޔާދު ވިދާޅުވީ، ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ވަޒީރު ފަހަތު ފަޔަށް ބުރަވާތަން ފެންނަމުންދާ ކަމަށާއި، މިއީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށެވެ.

ވަޒީރު މިކަމުގައި އަމަލު ކުރައްވާފައިވަނީ ނުހަނު ބޭއަދަބީކޮށް ކަމަށް ވެސް ޒިޔާދު ވިދާޅުވިއެވެ.

މި ކޮމިޓީގައި ވާހަކަ ދެއްކެވި ޕީއެންސީގެ ބައެއް މެމްބަރުންވެސް ވިދާޅުވީ، މިކަން ހިނގާ ދިޔައީ އެންމެ ރަނގަޅަކަށް ނޫން ކަމަށާއި، މަޖިލީހުގެ ޤަވާއިދުގައި ބުނާ މުއްދަތުވެސް ވަޒީރަށް ދެވިފައިވާ ކަމަށެވެ.

މިފަދަ ހައްސާސް މައްސަލައެއްގައި ވަޑައިނުގެންނެވުމަކީ އަދި ޖަވާބުދާރީ ނުވެވުމަކީ ކަންބޮޑުވުން އޮތް ކަމެއްކަމަށް ޕީއެންސީގެ މެމްބަރުންވެސް ކޮމިޓީގައި ވިދާޅުވިއެވެ.

އޭގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ މެމްބަރުންވެސް ވަނީ ވަޒީރު އެހެން އެކަން ކުރެއްވީ ގަސްތުގައިކަމަށް ބެލެވޭކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން، މިނިސްޓަރަށް ވަޑައިނުގެންނެވުނަސް ދެން ވަޑައިގަންނަވަން ތިއްބެވި ބޭފުޅުންނަށް ވަޑައިގެންނެވެން ޖެހޭނެކަމަށް މެމްބަރުން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ކޮމިޓީން ވަނީ އަވަސް މުސްތަޤުބަލެއްގައި ބައްދަލުވުން ބޭއްވުމަށް ފާސްކޮށްފައެވެ. އަދި އެކަމުގައި ވަޒީރަށް ނަސޭޙަތް ދިނުމަށްވެސް މެމްބަރުން ލަފާ ދެއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު