Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެމްބަރު ސަލީމް އަށް އޮޑިޓް އޮފީހުން ދިން ޖަވާބު

އޭދަފުށީ މެމްބަރު ސަލީމް ނެންގެވި ވިޔަފާރިވެރިން ކަސްޓަމްސް އަށް ވަގު އިންވޮއިސް ހުށަހަޅާ މައްސަލައަށް އޮޑިޓް އޮފީހުން ދިނީ އާދަޔާ ޚިލާފް ޖަވާބެއް!

އިންވޮއިސް ހުށަހަޅަނީ 30-40 އިންސައްތަ އަގު ދައްކޮށްގެން

ރާއްޖެ އެމްވީ | 15 ޖުލައި 2024 | ހޯމަ 20:41
އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް

އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް

ކަސްޓަމްސް އަށް ވިޔަފާރިތަކުން ހުށަހަޅާ އިންވޮއިސްތައް ހުށަހަޅަނީ ވަރަށް ބޮޑަށް އަގު ކުޑަކޮށްގެން ކަމުގައި އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވެ މާލިއްޔަތު ކޮމިޓީގައި ދެއްކެވި ވާހަކަ އަށް އޮޑިޓް އޮފީހުން އާދަޔާ ޚިލާފް ޖަވާބެއް ދީފިއެވެ.

ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ ގާސިމް އިބްރާހިމް ރިޔާސަތު ބަލަހައްޓަވާ އަދި ކޮމިޓީގެ ނައިބު މުގައްރިރުގެ ގޮތުގައި އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ހުންނަވާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތަކާ ބެހޭ ގޮތުން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، އޮޑިޓް އޮފީހުގައި މިހާރު ތިއްބެވި ބޭފުޅުންނަށް ވައްކަންތައް ހިނގަނީ ކިހިނެއް ކަމާއި، އޮޅުވާލަނީ ކިހިނެއްކަމާއި، އެކަންކަން ފޮރުވަނީ ކިހިނެއްކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

ސަލީމް ވިދާޅުވީ ކަސްޓަމްސް އަށް "އިންވޮއިސް ރަނގަޅަށް ހުށަހަޅާ މީހުންވެސް އުޅޭ،" ކަމަށާއި ނަމަވެސް 99 އިން ސައްތަ މީހުން ކަސްޓަސްއަށް އަގު ހުށަހަޅަނީ އަގު ދަށްކޮށްގެން ކަމަށެވެ.

ފުޅާދާއިރާއެއްގައި ވިޔަފާރީ ކުރައްވާ މެމްބަރު ސަލީމް ވިދާޅުވީ، ކަސްޓަމްސް އަށް މުދަލުގެ އިންވޮއިސް ހުށަހަޅާ އިރު، އެއެއްޗެއްގެ އަސްލު އަގުގެ 30 ނުވަތަ 40 އިންސައްތަ ކުޑަ ކޮށްގެން ވެސް އިންވޮއިސް ހުށަހަޅާ ކަމަށެވެ.

ސަލީމް ވިދާޅުވީ ރަނގަޅަށް ހުށަހަޅާ އަގުތައް ކަސްޓަމްސްގެ ފަރާތްތަކަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ. އަދި ނުއަގުގައި ހުށަހަޅާ މީހުންވެސް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.

ސަލީމް ވިދާޅުވީ ކަސްޓަމަށް ހުށަހަޅާ އަގުތައް ހަމަ އަގަށް ގެނެސްފިނަމަ ދައުލަތައް ލިބޭ އާމްދަނީ 1.5 ބިލިއަނާއި 2 ބިލިއަނާ ދެމެދުގެ އަދަދެއް އިތުރުވެގެން ދާނެ ކަމަށެވެ.

ކަސްޓަމުގެ ކަންކަމަށް ބަލާއިރު، އެތަނަކީ ވަރަށް ބޮޑު އާމްދަނީ އެއް ލިބޭ ތަނެއް ކަމަށާއި، ނަމަވެސް ކަސްޓަމްސް އަށް "ހުށަހަޅާ އިންވޮއިސްތަކުގެ އަގުތައް ހުންނަ ގޮތް އެބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ،" ކަމަށާއި މިކަންތައްތައް އެންމެ ރަނގަޅަށް ނުބެލެނީ ކީއްވެގެންތޯ ސަލީމް ސުވާލު ކުރެއްވިއެވެ.

މެމްބަރު ސަލީމްގެ ސުވާލަށް ޖަވާބު ދެއްވަމުން އޮޑިޓް އޮފީހުގެ ލީގަލް ކައުންސެލް މުހައްމަދު ނަސީމް ވިދާޅުވީ، ކަސްޓަމްސް އަށް ހުށަހަޅާ އިންވޮއިސްތައް އޮޅުވާލާ ގޮތް ބޮޑަށް އެނގޭނީ ވިޔަފާރިވެރިންނަށް ކަމަށެވެ.

"ސަލީމްގެ ވަރަށް ތަޖުރިބާއާ އެކީ ކަންނޭގެ އެވިދާޅުވީ އަސްލު އެކަންތައްތައް" ނަސީމް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
27 ޖެނުއަރީ 2017

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު