Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުލީއާގެ މަރާމާތުކުރުން

މުލީއާގެ މަރާމާތު ކުރުމުގެ މަސައްކަތް ކުރާނީ އެ އިމާރާތުގެ އަސްލަށް ގެއްލުން ނުވާ ގޮތަށް: ރައީސް އޮފީސް

ގައުމީ ތަރިކަ ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް މިސަރުކާރުން އިސްކަންދޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 20 ނޮވެމްބަރު 2023 | ހޯމަ 03:48
މުލީއާގެ

މުލީއާގެ

ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅު މުލީއާގެ މަރާމާތު ކުރުމުގެ މަސައްކަތް ކުރާނީ އެ އިމާރާތުގެ އަސްލަށް ގެއްލުން ނުވާ ގޮތަށް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މުލީއާގެ މަރާމާތު ކުރާތީ ބައެއް ރައްޔިތުން ދަނީ އެކަމާއި ގުޅިގެން ކަންބޮޑުވުންފާޅު ކުރަމުންނެވެ. މުލީއާގެއަކީ އާސާރި ބިނާއެއް ކަމަށާއި، އެތަނުގެ އަސްލަށް ބަދަލެއް ގެނެސްގެން ނުވާނެ ކަމަށް އެ ފަރާތްތަކުން ގޮވާލާފައިވެއެވެ.

Advertisement - newsAdvertisement

މިމައްސަލައާ ގުޅިގެން އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވީ ދިވެހި ގައުމީ ތަރިކަ ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް މިސަރުކާރުން އިސްކަންދޭނެ ކަމަށާއި، އަންނަން އޮތް ޖީލުތަކަށް ތަރިކަ ފޯރުކޮށްދިނުމަކީ ރައީސްގެ ވައުދުފުޅެއް ކަމަށެވެ. އެ ތަރިކައިގެ އެންމެ ބޮޑު އެއްބަޔަކީ މިކަހަލަ އާސާރުތަންތަން ކަމަށާއި، އެއާސާރުތަކަށް އުނިކަން ލިބޭ ގޮތަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ މަރާމާތުގެ ކަންކަން ކުރިއަށްދާއިރު، އެގެކޮޅުގެ އަސްލަށް ބަދަލެއް އަންނަ އެއްވެސް ކަމެއް ނުހިނގާނެ ކަމަށެވެ. އަދި ވެރިކަން ބަދަލުނުވި ކަމުގައި ވިޔަސް އޮންނަ އުސޫލުން މެއިންޓަނަންސްއަށް ކުރަންޖެހޭ މަސައްކަތްތައް ކުރާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ދެކަނބަލުން މުލީއާގެއަށް ދިރިއުޅުން ބަދަލުކުރައްވާނީ އެތަން މަރާމާތުކޮށް ނިމުމުންނެވެ. އެމަސައްކަތްތަށް ގާތްގަނޑަކަށް ދެ މަސް ދުވަސް ނަގާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި މުލީއާގެ މަރާމާތުކޮށް ނިމެންދެން ރައީސް މުއިއްޒުގެ ދެކަނބަލުން ދިރިއުޅުއްވަމުން ގެންދަވާނީ އެމަނިކުފާނުގެ ގެކޮޅު މ. ދިމްޔާތުގައެވެ.

މުލިއާގެފިރުޒުލް އަބްދުﷲ

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2025

ރައީސް ވިދާޅުވީ އިސްލާމީ ތަރަހައިގެ ތެރެއިން ޒުވާނުންނަށް ކަރޯކޭ އާއި ޒުމްބާ ޖެއްސޭނެ ކަމަށް!

18 ނޮވެމްބަރު 2025
ރައީސް ވިދާޅުވީ އިސްލާމީ ތަރަހައިގެ ތެރެއިން ޒުވާނުންނަށް ކަރޯކޭ އާއި ޒުމްބާ ޖެއްސޭނެ ކަމަށް!
20 ނޮވެމްބަރު 2023

ތިލަމާލެ ބްރިޖުގެ މަސައްކަތް ލަސްވި ސަބަބުތައް ދެނެގަތުމަށް ދަނީ މަސައްކަތް ކުރަމުން: ސަރުކާރު

20 ނޮވެމްބަރު 2023
ތިލަމާލެ ބްރިޖުގެ މަސައްކަތް ލަސްވި ސަބަބުތައް ދެނެގަތުމަށް ދަނީ މަސައްކަތް ކުރަމުން: ސަރުކާރު
20 ނޮވެމްބަރު 2023

ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަކޮށް "ވިޒިޓާ އިކޮނޮމީ ކައުންސިލް"ގެ ނަމުގައި ޚާއްސަ ކައުންސިލެއް އުފައްދަވައިފި

20 ނޮވެމްބަރު 2023
ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަކޮށް "ވިޒިޓާ އިކޮނޮމީ ކައުންސިލް"ގެ ނަމުގައި ޚާއްސަ ކައުންސިލެއް އުފައްދަވައިފި
20 ނޮވެމްބަރު 2023

ސަރުކާރަށް ބޭނުންވާ އެއްބާރުލުން މަޖިލީހުން ލިބޭނެކަމުގެ އިތުބާރު އެބައޮތް، މިތިބީ ޕޮޒިޓިވްކޮށް - ފިރުޒުލް

20 ނޮވެމްބަރު 2023
ސަރުކާރަށް ބޭނުންވާ އެއްބާރުލުން މަޖިލީހުން ލިބޭނެކަމުގެ އިތުބާރު އެބައޮތް، މިތިބީ ޕޮޒިޓިވްކޮށް - ފިރުޒުލް
20 ނޮވެމްބަރު 2023

އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އިންޑިއާގެ އެއްބާރުލުން ލިބޭނެ، މަސައްކަތް ކުރިއަށް ދާނީ އޮމާންކޮށް- ފިރުޒުލް

20 ނޮވެމްބަރު 2023
އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އިންޑިއާގެ އެއްބާރުލުން ލިބޭނެ، މަސައްކަތް ކުރިއަށް ދާނީ އޮމާންކޮށް- ފިރުޒުލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު