Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ100 ޑޮލަރުގެ ފޭކު ނޫޓޫތަކެއް ދައުރުވަނީ

100 ޑޮލަރުގެ ފޭކު ނޫޓޫތަކެއް ދައުރުވަނީ، ސަމާލުވޭ!

އަލްޓްރާ ވައިލެޓް އައްޔަށް ދިއްކުރުމުން ނޫޓުގައި ދިއްލިފައި ހުންނަންޖެހޭ ސަލާމަތީ ރޮދިފަށް ނޫޓުގެ ދެފަރާތުން ދިއްލިފައި ނުހުރޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 12 ޑިސެމްބަރު 2023 | އަންގާރަ 08:25
ޑޮލަރު

ޑޮލަރު

އެމެރިކާ ޑޮލަރުގެ 100 ޑޮލަރުގު ފޭކު ނޫޓުތަކެއް ދައުރުވަމުންދާތީ ސަމާލުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި މި ނޫޓުތަކަކީ 1996 ން ފެށިގެން 2016 އާއި ދެމެދުގެ ތާރީހުގެ ތެރޭގައި ޕްރިންޓްކޮށްފައިވާ ނޫޓުތަކެއް ކަމަށެވެ. އަދި އެއީ ހުދު ބޯޑަރު ހިމެނޭ ޔޫއެސް ޑޮލަރުގެ ނޫޓުކަން ވެސް އެ އިދާރާއިން ފާހަގަކުރެއެވެ.

މިހާރު ދައުރު ކުރަމުންދާ ސައްހަ ނޫން ނޫޓުތަކުގައި ބޭނުން ކޮށްފައިވަނީ ސައްހަ ނޫޓާއި ތަފާތު ކަރުދާހެއް ކަމަށާއި ފޭކު ނޫޓު އައްޔަށް ދިއްކުރުމުން ނޫޓުގެ ކަނާތްފަރާތުގައި ފެންނަންހުންނަ ބެންޖަމިން ފްރެންކްލިންގެ ފޮޓޯ ހިމެނޭ ފެންމަރުކާ (ވޯޓަރ މާރކް) ސައްހަ ނޫޓާ ތަފާތު ކަމަށް ވަނީ ބުނެފައެވެ. އަދި އެ ނޫޓު އައްޔަށް ދިއްކުރުމުން ނޫޓުގެ ވައަތްފަރާތުން ފެންނަންހުންނަ “USA 100” ލިޔެފައިވާ ސަލާމަތީ ރޮދިފަށް ނޫޓުގެ ދެފަރާތުން ފެންނަން ނެތްކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.

ފޭކު ނޫޓު އަލްޓްރާ ވައިލެޓް އައްޔަށް ދިއްކުރުމުން ނޫޓުގައި ދިއްލިފައި ހުންނަންޖެހޭ ސަލާމަތީ ރޮދިފަށް ނޫޓުގެ ދެފަރާތުން ދިއްލިފައި ނެހުންނަ ކަމަށާއި އެ ނޫޓު އަލްޓްރާ ވައިލެޓް އައްޔަށް ދިއްކުރުމުން ނޫޓުގެ މޫނުމަތީގައި ރަތް އަދި ނޫކުލައިން ދިއްލިފައި ހުންނަންޖެހޭ ސެކިއުރިޓީ ފައިބަރ ނެތް ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.

އެ ނޫޓުގެ ކަނާއަތް ފަރާތުން ތިރީގައި ހިމަނާފައިވާ މޫނުމަތީ އަގު ނޫޓު އަރިކުރުމުން ކުލަ ބަދަލު ނުވާ ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.

ފޭކު ނޫޓޫތަކެއް ދައުރުވާތީ 100 ޔޫއެސް ޑޮލަރުގެ ހުދު ބޯޑަރު ހިމެނޭ ނޫޓު ބަލައިގަތުމުގައި ސަމާލުވުމަށާއި ބަލައިގަނެވޭ ނޫޓުގެ ސައްހަ ކަމާމެދު ޝައްކުކުރެވޭ އެއްވެސް ނޫޓެއް ފެނިއްޖެނަމަ، އެމްއެމްއޭއަށް ގެންގޮސް އެ ނޫޓެއްގެ ސައްހަ ކަން ޔަގީން ކުރުމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

17 ޖޫން 2017

ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ހަރަކާތުގައި 100 ވުރެ ގިނަ މީހުން ބައިވެރިވެއްޖެ

17 ޖޫން 2017
ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ހަރަކާތުގައި 100 ވުރެ ގިނަ މީހުން ބައިވެރިވެއްޖެ
14 ޖޫން 2017

ކާރިސާތަކުގައި ބޭނުންކުރާ 9.9 މިލިއަން ޑޮލަރުގެ ތަކެތި އެމްއެންޑީއެފަށް ދީފި

14 ޖޫން 2017
ކާރިސާތަކުގައި ބޭނުންކުރާ 9.9 މިލިއަން ޑޮލަރުގެ ތަކެތި އެމްއެންޑީއެފަށް ދީފި
29 މެއި 2017

މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ

29 މެއި 2017
މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ
04 މެއި 2017

ރިލްވާނު ގެއްލުވާލިތާ 1000 ދުވަސް ފުރޭއިރު އެންމެ ބޮޑު ހިތާމައަކީ ދަރިއެއް ފަދަ ޔާމީން މަރާލާފައިވުން: ރިލްވާނުގެ މަންމަ

04 މެއި 2017
ރިލްވާނު ގެއްލުވާލިތާ 1000 ދުވަސް ފުރޭއިރު އެންމެ ބޮޑު ހިތާމައަކީ ދަރިއެއް ފަދަ ޔާމީން މަރާލާފައިވުން: ރިލްވާނުގެ މަންމަ
20 އެޕްރީލު 2017

800 މިލިއަން ޑޮލަރުގެ މައްސަލައެއް، 10 މިލިއަން ޑޮލަރު ދީގެން އޮތްބާލީ އަޅުގަނޑެއް ނޫން: ގާސިމް

20 އެޕްރީލު 2017
800 މިލިއަން ޑޮލަރުގެ މައްސަލައެއް، 10 މިލިއަން ޑޮލަރު ދީގެން އޮތްބާލީ އަޅުގަނޑެއް ނޫން: ގާސިމް
13 މާރިޗު 2017

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ
11 މާރިޗު 2017

ރިޒަރވްގައި ހުރި ޑޮލަރުގެ އަދަދު ވަނީ އޮޅުވާލާފަ: ރައީސް ނަޝީދު

11 މާރިޗު 2017
ރިޒަރވްގައި ހުރި ޑޮލަރުގެ އަދަދު ވަނީ އޮޅުވާލާފަ: ރައީސް ނަޝީދު
01 މާރިޗު 2017

ފ. އަތޮޅަށް އަންނަނީ 10 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް، ތަފްޞީލް ހާމަކުރާވަރު ވުމުން ކުރާނަން: ރައީސް

01 މާރިޗު 2017
ފ. އަތޮޅަށް އަންނަނީ 10 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް، ތަފްޞީލް ހާމަކުރާވަރު ވުމުން ކުރާނަން: ރައީސް
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
10 ފެބުރުއަރީ 2017

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު