Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބައިނަލްއަގްވާމީ ޔޯގާ ދުވަސް

ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ހަރަކާތުގައި 100 ވުރެ ގިނަ މީހުން ބައިވެރިވެއްޖެ

މި ހަރަކާތް ބާއްވާފައިވަނީ 08:30 އިން 09:00 އަށް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 17 ޖޫން 2017 | ހޮނިހިރު 05:03
ސޯޝަލް ސެންޓަރުގައި މި ހަރަކާތް ކުރިއަށްދިޔައީ ހެނދުނު

ސޯޝަލް ސެންޓަރުގައި މި ހަރަކާތް ކުރިއަށްދިޔައީ ހެނދުނު

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ހުންނަ އިންޑިއަން އެމްބަސީއިން އިސްނަގައިގެން، ޔޯގާ ހަރަކާތެއް ކުރިއަށްގެންގޮސްފި އެވެ.

އިންޑިއަން އެމްބަސީގެ ޑިރެކްޓަރ މުހައްމަދު ހާލިގު ވިދާޅުވީ، މިފަދަ ހަރަކާތެއް ބޭއްވުމުގެ ބޭނުމަކީ، ޔޯގާއަށް އާއްމުން ހޭލުންތެރިކުރުން ކަމަށާއި ޔޯގާއިން ލިބޭ ފައިދާތައް މި ހަރަކާތްތަކުގެ ތެރެއިން ކިޔާދެވޭނެ ކަމަށެވެ. ހާލިގު ވިދާޅުވީ އެމްބަސީއިން ސޯޝަލް ސެންޓަރުގައި ބާއްވާ ހަރަކާތުގައި 100 އަށް ވުރެ ގިނަ މީހުން ބައިވެރިވާ ކަމަށާއި، ރަމަޟާން މަހުގައި މިފަދަ ހަރަކާތެއް ބޭއްވުމުގެ ސަބަބުން، ބައިވެރިވި މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މަދު ކަމަށެވެ. އެހެން ނަމަވެސް ލިބުނު ތަހުރީބާމެދު ހިތްހަމަޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ކުރިއަށް އޮތް ހަފްތާއަކީ ޔޯގާ ހަފްތާގެ ގޮތުގައި ފާހަގަކުރާ އިރު، މިދުވަހާއި ގުޅުވައިގެން އިތުރު ހަރަކާތްތައްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

"އދ ގެ 177 ގައުމުން ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ވަނީ ވޯޓު ދީފަ. ރާއްޖޭއިންވެސް ވަނީ މިދުވަސް ފާހަގަކުރުމަށް ވޯޓުދީފަ. މިހަރަކާތުގައި ގިނަ އަދަދެއްގެ ދިވެހިންނާއި، އިންޑިއާގެ ރައްޔިތުން ބައިވެރިވާ އިރު، މީގެ ތެރެއިން ގިނަ މީހުންނަކީ އިންޑިއަން ކަލްޗަރަލް ސެންޓަރުގައި ކުރިއަށްގެންދާ ޔޯގާ ކްލާސްތަކުގައި ބައިވެރިވާ މީހުން،" ހާލިގް ވިދާޅުވި އެވެ.

ޔޯގާ ހަފްތާގައި ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، ބިލަބޮންގް ސްކޫލާއި ގަލޮޅު މަދަރުސާ އާއި ކެންގަރޫ ކިޑްސްގެ އިތުރުން އިސްކަންދަރު ސްކޫލާއި މަޖީދިއްޔާ ސްކޫލުގައި ޔޯގާ ކްލާސްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން، ޔޯގާ ހަފްތާ ނިންމާލުމުގެ ހަރަކާތެއްގެ ގޮތުން މި މަހުގެ 22 ވަނަ ދުވަހުގެ ހަވީރު އާޓިފިޝަލް ބީޗް ސަރަހައްދުގައި ޔޯގާ ސެޝަނެއް ބޭއްވުމަށް ވަނީ ހަަމަޖެހިފަ އެވެ.

އިންޑިޔަން އެމްބަސީން ކުރިއަށްގެންދާ ޔޯގާ ހަރަކާތްތަކާއި ގުޅޭ ގޮތުން އިންޑިިއަން އެމްބަސީގެ ފަސްޓް ސެކްރެޓަރީ އަރްޗަނާ ނާއިރު ވިދާޅުވީ، މި ހަރަކާތް ކުރިއަށްދެންދާތާ މިއީ ތިން ވަނަ އަހަރު ކަމަށާއި، ޔޯގާ ހަރަކާތްތަކާއި ގުޅޭ މައުލޫމާތުތައް އިންޑިއަން ކަލްޗަރަލް ސެންޓަރުގެ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެ ކަމަށެވެ. މިހަރަކާތް އާއްމުކޮށް އެންމެންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ އަރްޗަނާ ވިދާޅުވި އެވެ.

"ޔޯގާއަކީ މީހާއަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބޭ ކަސްރަތެއް. ޔޯގާ އަކީ ކޯއްޗެއްކަން ދެނެގަންނަން ބޭނުންވާ ފަރާތްތަކަށްވެސް މި ހަރަކާތުގައި ބައިވެރިވެވޭނެ. ވީހާވެސް ގިނަ ފަރާތްތަކުން މިހަރަކާތުގައި ބައިވެރިވުމަކީ އިންޑިއަން އެމްބަސީގެ ބޭނުން،" އަރްޗަނާ ވިދާޅުވި އެވެ.

އިންޑިއަން އެމްބަސީ އިން ކުރިއަށްގެންދާ މިހަރަކާތުގެ އިތުރަށް ކޮންމެ ދުވަހު އެ އެމްބަސީގެ ކަލްޗަރަން ސެންޓަރުގައި ޔޯގާ ކްލާސްތައް ކުރިއަށްގެންދެ އެވެ. މި ސެޝަންތަކުގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!

26 ފެބުރުއަރީ 2017
އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ

އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ

23 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
ޕީޕީއެމްގެ "ހޭވައްލާ" ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ!

ޕީޕީއެމްގެ "ހޭވައްލާ" ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ!

14 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު