Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިލްވާން ވަގަށް ނެގުން

ރިލްވާނު ގެއްލުވާލިތާ 1000 ދުވަސް ފުރޭއިރު އެންމެ ބޮޑު ހިތާމައަކީ ދަރިއެއް ފަދަ ޔާމީން މަރާލާފައިވުން: ރިލްވާނުގެ މަންމަ

ރިލްވާނަށް ވަގަށް ނެގި މީހުން ހޯދިފައި ނެތުމަކީ ކެތްނުވާވަރުގެ ހިތާމައެއް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 4 މެއި 2017 | ބުރާސްފަތި 14:07
ނޫސްވެރިޔާ އަހުމަދު ރިލްވާން(ކ) އަދި އޭނާގެ އެންމެ ގާތް އެކުވެރިޔާ ޔާމީން ރަޝީދު

ނޫސްވެރިޔާ އަހުމަދު ރިލްވާން(ކ) އަދި އޭނާގެ އެންމެ ގާތް އެކުވެރިޔާ ޔާމީން ރަޝީދު

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލިތާ އެއްހާސް ދުވަސް ފުރޭއިރު، ކުރިމަތިވެފައިވާ އެންމެ ބޮޑު ހިތާމައަކީ ދަރިއެއް ފަދަ ޔާމީން ރަޝީދު އަނިޔާވެރި، ރަހުކުމުޑަ ގޮތަކަށް މަރާލާފައިވުން ކަމަށް ރިލްވާނުގެ މަންމަ ބުނެފި އެވެ.

ރިލްވާން ވަގަށް ނެގިތާ އެއް ހާސް ދުވަސް ފުރުމާ ދިމާކޮށް، އޭނާގެ މަންމަ އައިމިނަތު އީސާ ނެރުނު ބަޔާނެއްގައި ބުނީ ރިލްވާން ގަސްދުގައި ގެއްލުވާލާފައިވާތާ އެއްހާސް ދުަވަސް ފުރުނު އިރު އޭނާއަށް ވީނުވީއެއް ނޭނގި، އެކަންކުރި ބަޔަކު ހޯދި ފިޔަވަޅު އެޅިފައި ނެތުމަކީ "ހިތަށް ކެތްނުވާވަރުގެ ހިތާމައެއް" ލިބޭ ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

ރިލްވާނުގެ މަންމަ ބުނީ ކޮންމެ ދުވަހަކު ވެސް އޭނާ އާއި އޭނާގެ ކުދިން ތިބެނީ ރިލްވާނަށް ވީގޮތް އޮޅުންފިލައި އެކަމުގެ މައުލޫމާތެއް ލިބޭނެ ކަމުގެ އުންމީދުގައި ކަމަށެވެ. އަދި އެކަން ކުރި ބަޔަކު ހޯދި ކަންވީގޮތް އެ އާއިލާއަށް އަންގައިދޭނެ ކަމުގެ އިންތިޒާރުގައި ތިބި ކަމަށާއި ރިލްވާނަށްވީ ގޮތުގެ ސާފުވެ، ތެދު މައުލޫމާތު ލިބެންދެން ކެތްތެރިކަމާއެކު އިންތިޒާރުގައި ތިބޭނެ ކަމަށް ބުނެފައި ވެ އެވެ.

ރިލްވާނުގެ މަންމަ ބުނީ ދަރިފުޅު ގެއްލުނުތާ 1000 ދުވަސް ފުރުނުއިރު، ކުރިމަތިވެފައިވާ އެންމެ ބޮޑު ހިތާމައަކީ "ދަރިއެއް ފަދަ ޔާމީން ރަޝީދު އަނިޔާވެރި، ރަހުމުކުޑަ ގޮތަކަށް މަރާލާފައިވުން" ކަމަށާއި ޔާމީނަކީ ރިލްވާނުގެ އެންމެ ގާތް އެކުވެރިޔާ ކަމަށެވެ. ރިލްވާނުގެ މަންމަ ބުނީ ޔާމީން މަރާލުމަކީ ކެތްތެރިކަން ކޮޅުންލައިގެން ދިޔަ ކަމެއް ކަމަށެވެ.

ރިލްވާނުގެ މަންމަ ނެރުނު ބަޔާނުގައި ބުނީ ރިލްވާނަށް އިންސާފު ހޯދައިދިނުމަށް ޔާމީން ކުރި މަސައްކަތުގެ ދެގުނަ މަސައްކަތްކޮށް އިތުރު ހިތްވަރަކާއެކު އެފަދަ ލާއިންސާނީ ކަންކަމުން ރާއްޖެ ސަލާމަތްކުރުމަށް ފަސްނުޖެހި މަސައްކަތް ކުރާނެ ކަމަށެވެ.

ފާއިތުވެގެންދިޔަ 1000 ދުވަހުގެ ތެރޭގައި ރިލްވާނަށް ވީގޮތް ސާފުކޮށް އޮޅުންފިލުވުމަށް ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް ގޮސްފައިވާ ކަމަށާއި ނަމަވެސް، އާދޭސްތަކަށް އެއްވެސް އެދެވޭ ޖަވާބެއް ލިބިފައިނުވާތީ އިންތިހާއަށް ކަންބޮޑުވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އައިމިނަތު އީސާ ބުނީ ރިލްވާން ގެއްލުވާލުމާ ގުޅިފައި ވަނީ ހަމައެކަނި އެ އާއިލާއާ ނޫން ކަމަށާއި ރިލްވާނަށް ތަކުރާރުކޮށް އިންޒާރުދެމުން، އޭނާގެ ފަހަތުން ބަޔަކު ފާރަލަމުން އެ އަނިޔާވެރި ލާއިންސާނީ އަމަލު ހިންގީ މާލޭގެ މަގުތައް މަތީގައި ކަމަށެވެ.

ރިލްވާން ހިނގާފައި ދިޔަ މަގުތަކުގައި ކެމެރާ ހުރި ކަމާއި ހުޅުމާލޭގައި ތަހުގީގަށް ބޭނުންވާ ހުރިހާ ހެއްކެއް ފެންނަން ހުރި ކަން ފާހަގަކޮށް ބަޔާނުގައި ބުނެފައި ވަނީ ރިލްވާން ގެއްލުވާލި ބަޔަކު ރާއްޖެއިން ފުރައިގެން ދިޔައީ ފުލުހުންނާއި ދައުލަތުގެ މުއައްސަސާތަކުގެ އިހުމާލުން ކަމަށެވެ. އަދި އެކަމުން ހާމަވަނީ ރިލްވާން ގެއްލުވާލި ކަމުގެ ބިރަކީ ކޮންމެ ދިވެއްސަކަށް ވެސް ކުރިމަތިވެފައިވާ ބިރެއް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ރިލްވާން ވަގަށް ނަގާފައިވަނީ 2014 ވަނަ އަހަރުގެ އޯގަސްޓް އަށް ވަނަ ދުވަހުގެ ރެއެވެ. ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ހުޅުމާލެއިން ރިލްވާން ވަގަށް ނަގައިގެން އަރުވާފައިވަނީ ރަތް ކުލައިގެ ކާރަކަށެވެ. އެ ކާރުން ފެނުނު އިސްތަށިތަކުން ރިލްވާންގެ މަންމަގެ ޑީއެންއޭ ވަނީ ފެނިފަ އެވެ. އަދި ރިލްވާނަށް ބަޔަކު މީހުން ފާރަލި ކަމަށް ވެސް ފުލުހުން ބުނެފައިވާއިރު، މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި އެންމެން ވެސް ވަނީ ދޫކޮށްލާފަ އެވެ.

ރިލްވާންގެ މައްސަލައާ ގުޅޭ ގޮތުން، އެންމެ ފަހުން ފުލުހުން މައުލޫމާތެއް ހާމަކޮށްފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އެ މައްސަލައާ ގުޅޭ އެއްވެސް މިންވަރެއްގެ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ރިލްވާން ވަގަށް ނެގިތާ އެއްހާސް ދުވަސް ވެފައިވާއިރު، މި މައްސަލައާ ގުޅޭ މައުލޫމާތުތައް ހާމަނުކުރާތީ އެތައް ބައެއްގެ ފާޑުކިޔުން ފުލުހުންނާއި ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

ރިލްވާން ވަގަށް ނެގުމާއި ގުޅިގެން އިންސާފު ގާއިމްކޮށްދިނުމަށް ގޮވާލާ ހިންގި ހަރަކާތްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި، އޭނާގެ އެންމެ ގާތް އެކުވެރިޔާ މަރާލާފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. އޭނާ މަރާލާފައި އޮއްވާ ފެނުނީ ދިރިއުޅޭ ގޭގެ ސިޑިކައިރިންނެވެ. ސީސީޓީވީ ފޫޓޭޖްތަކުން ފެންނަ ގޮތުގައި ޔާމީން މަރާލާފައިވަނީ ފާރަލުމަށް ފަހު އެ ގެއަށް ދެ މީހަކު ވަދެ ހަމަލާދީގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

12 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު