Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިޔާސީ ޕާޓީތަކުގެ ޖަލްސާ

800 މިލިއަން ޑޮލަރުގެ މައްސަލައެއް، 10 މިލިއަން ޑޮލަރު ދީގެން އޮތްބާލީ އަޅުގަނޑެއް ނޫން: ގާސިމް

20 އެޕްރީލު 2017 | ބުރާސްފަތި 00:16

ގާސިމް ވަނީ ސަރުކާރުން ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރުމަށް ގޮވާލައްވާފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 20 އެޕްރީލު 2017 | ބުރާސްފަތި 00:16
ގާސިމް އިބްރާހިމް ކުނޫޒް ޖަލްސާގައި ވާހަކަދައްކަވަނީ

ގާސިމް އިބްރާހިމް ކުނޫޒް ޖަލްސާގައި ވާހަކަދައްކަވަނީ

800 މިލިއަން ޑޮލަރުގެ މައްސަލައެއް އޮތްބާލުމަށް މަސައްކަތެއް ކޮށްފައިނުވާނެކަމަށާއި، ނަމަވެސް ބޭޅެއްގެ މައްޗަށް ތުހަމަތު ކުރެވުނު 800 މިލއަން ޑޮލަރުގެ މައްސަލައެއް އޮތްބާލުމަށް ދައުލަތުގެ ހަޒާނާއިން 10 މިލިއަން ޑޮލަރު ހަރަދަކުރި މަންޒަރު ފެނިފައިވާކަމަށް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، އެމަނިކުފާނުގެ ގެޔާއި އޮފީސްތައް ބަލާ ފާސްކޮށްފައިވަނީ 800 މިލިއަން ޑޮލަރު ހޯދުމަށް ކަމަށް ރައްޓެއްސަކު އޭނާގެ އަރިހުގައި ބުނެފައިވާ ކަމަށެވެ. އެހެންނަމަވެސް 800 މިލިއަން ޑޮލަރެއް އެއްވެސް މީހަކު އެމަކިފާނަށް ދީފައިނުވާ ކަމަށާއި އެފަދަ އެއްވެސް ލިޔެކިއުމެއްވެސް އެމަނިކުފާނުގެ އަތުގައި ނުހުންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

Advertisement - newsAdvertisement

ގާސިމް ވިދާޅުވީ، އެމަނިކުފާނު އެއްވެސް ފަރާތަކަށް ރިޝަވަތު ދީފަނުވާނެ ކަމަށާއި އަދި އެފަދަ އެއްވެސް ކަމެއް ދުވަހު ނުވެސް ކުރައްވާނެ ކަމަށެވެ. ގާސިމް ވިދާޅުވީ، 800 މިލިއަން ޑޮލަރެއްގެ މައްސަލަ، ސަރުކާރުގެ ބަޖެޓުން 10 މިލިއަން ޑޮލަރު ބޭރުގެ ލޯ ފާމަކަށް ދީގެން އޮތްބާލަން މަސައްކަތްވެސް ކުރިތަން ފެނިގެންދިޔަ ކަމަށެވެ. އަދި އެކަމުގައި ބޭފުޅަކު އުޅުނު މަންޒަރުވެސް ފެނިފައިވާ ކަމަށެވެ.

"އަޅުގަނޑު އަޑުއެހިން، 800 މިލިއަން ޑޮލަރުގެ ސުވާލު ކުރެވިގެންދިޔަ ވާހަކަ. ޑިފެންޑްކުރަން އެތަނަށް ހާޒިރުވެގެން، އެކަމަށް ޖަވާބުދެމުން ދިޔަ އަޑު. އެ މައްސަލަ ރައީސް ވަހީދުގެ ވެރިކަމުގައި 10 މިލިއަން ޑޮލަރު ސަރުކާރު، ދައުލަތުގެ ބަޖެޓުން ދީފަ އެހަވާލުކުރި އިންޓަރނޭޝަނަލް ލޯފާމުން ނިންމާލީ ގާސިމް އިބްރާހިމްގައެއް ނޫން." ގާސިމް އިބްރާހިމް ވިދާޅުވި އެވެ.

ގާސިމް އިބްރާހިމް 800 މިލިއަން ޑޮލަރުގެ ވާހަކަ ދައްކަވާފައިވާ އިރު އެ މައްސަލަ ނިސްބަތްވާ އެއްވެސް ފަރާތެއްގެ ނަމެއް ހާމަކޮށްފައެއްނުވެ އެވެ. ގާސިމް ވިދާޅުވީ، ކަންއެހެން އޮތް އިރު، އިރުއިރު ކޮޅާ އެމަނިކުފާނުގެ މައްސަލަތައް ބަލާ އެމަނިކުފާނުގެ މިލްކިއްޔާތުގައި ހުރި ތަކެތި ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

ސަމާސާގޮތަކަށް ވާހަކަދައްކަވަމުން ގާސިމް ވަނީ މިކަން ކުރަން ލަސްވެއްޖެ ކަމަށާއި އެމަނިކުފާނުގެ މުދަލާ ތަކެތި ހޯދާ ބަލައިފި ނަމަ އެތަކެތި ފަސޭހަ ކަމާއެކު ފެންނަން ހުންނާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެތަކެތި ހުންނާނީ ރާއްޖޭގެ އެކައުންޓް ތަކުގައި ކަމަށާއި ބޭރުގެ އެއްވެސް އެކައުންޓެއްގައި އެމަނިކުފާނުގެ އެއްވެސް ފައިސާއެއް ނުހުންނާނެ ކަމަށް ޤާސިމް ވިދާޅުވި އެވެ.

"އުމުރުން 65 އަހަރުވީމާއި، ޖަލަށްލާން ލަދު ގަންނަންެޖެހޭނެ. މިއީ ސިޔާސީ މަސައްކަތެއްގައި އުޅޭ މީހެއް" ޤާސިމް ވިދާޅުވި އެވެ.

800 މިލިއަން ޑޮލަރުގެ ވާހަކަ ޤާސިމް އިބްރާހިމް ދެއްކެވިއިރު، 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި ވަނި 800 މިލިއަން ޑޮލަރަށް ހިޔާނަތްތެރިވި މައްސަލައެއް ތަހުޤީޤްކޮށްފަ އެވެ. އަދި އެ މައްސަލައިގެ ތަހުޤީޤްގައި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ވަނީ ކޮމެޓީއަށް ޖަވާބުދާރީވެވަޑައިގެންފަ އެވެ.

އޭގެއިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އުފެއްދި ރިޔާސީ ކޮމިޝަނުންވެސް ވަނީ 800 މިލިއަން ޑޮލަރުގެ މައްސަލައެއް ތަހުޤީޤްކޮށްފައިވެއެވެ. އަދި އެ ތަހުޤީޤް ކުރިއަށްގެންދިއުމަށް ބޭރުގެ ކުންފުންޏަކާއިވެސް ހަވާލުކުރި އެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް