Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަރުގެ މައްސަލަތައް

މާފަންނު ފިހާރައެއްގެ ތެރޭގައި މީހަކު މަރާލި މައްސަލަ: ފައިހްއާއި އިތުރު މީހަކަށް ދައުވާކޮށްފި

އެމީހުންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 ޑިސެމްބަރު 2023 | އާދީއްތަ 06:36
މާފަންނު ފިހާރައެއްގެ ތެރޭގައި މީހަކު މަރާލި މައްސަލަ

މާފަންނު ފިހާރައެއްގެ ތެރޭގައި މީހަކު މަރާލި މައްސަލަ

24 ފެބްރުއަރީ 2023 ވަނަ ދުވަހު 21:30 ހާއިރު ކ. މާލެ، މާފަންނު މުރަނގަ މަގުގައި ހުންނަ "ކްލާސާ" ފިހާރަ ތެރެއަށް ބަޔަކު މީހުންވަދެ އެ ފިހާރަތެރޭގައި ހުރި ސ. ހިތަދޫ، އިޒުމީރު، މުޙައްމަދު އަޙްމަދު ދީދީ އަށް ތޫނު ހަތިޔާރުން ހަމަލާދީ މަރާލި މައްސަލައިގައި ދައުވާ އުފުލައިފިއެވެ.

މުޙައްމަދު އަޙްމަދު ދީދީ އަށް ތޫނު ހަތިޔާރުން ހަމަލާދީ ޒަޚަމް ކޮށްލާފައިވުމުގެ ސަބަބުން އޭނާއަށް ލިބުނު އަނިޔާތަކަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައެވެ.

އެ މައްސަލައިގައި ދެމީހަކަށް ދަޢުވާ ކުރުމަށް 30 ނޮވެންބަރު 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.

އެއީ ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިޙް ނިޡާމު އާއި ތ. ގާދިއްފުށި، ގުލޭނޫރައްމާގެ، ސިރުޙާން ޢަލީގެ މައްޗަށެވެ.

އެމީހުންގެ މައްޗަށް އުފުލާފައިވަނީ ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ.

މި ދެމީހުންވެސް ތިބީ ޝަރީޢަތް ނިމެންދެން ބަންދުގައެވެ. އެގޮތުން މި މައްސަލައިގައި ހިމެނޭ ފައިހު ކުރިން ބަންދުގައި ހުރީ މާލޭގެ ކެފޭއެއްގެ ތެރޭގައި ހިންގި މާރާމާރީއަކާ ގުޅިގެންނެވެ. އެހެންނަމަވެސް މިހާރު އޭނާ ބަންދުގައި ހުރީ މިމައްސަލައާގުޅިގެންނެވެ.

މި ޙާދިސާއާ ގުޅޭ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ފިހާރަ ތެރޭގައި ވެއްޓިފައި އޮންނައިރު، އެތަނުގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ. އަދި އޭނާގެ ހަށިގަނޑުގެ ގިނަ ތަންތަނަށް ވަޅި ހަރާފައިވެއެވެ.

ކްރިމިނަލް ކޯޓްމަރުޕްރޮސެކިއުޓަރ ޖެނެރަލް

އިތުރަށް ކިޔާލަން

19 ޑިސެމްބަރު 2025

ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

19 ޑިސެމްބަރު 2025
ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި
16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު