Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

އަރައުހޯގެ ވިސްނުން ހުރީ ހަމައެކަނި ބާސެލޯނާ އަށް

ބާސެލޯނާ އާއެކު އަރައުހޯ މިހާރު ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ޑިސެމްބަރު 2023 | އާދީއްތަ 01:43
ބާސެލޯނާ އަށް ކުޅެމުން އަންނަ ރޮނާލްޑް އަރައުހޯ

ބާސެލޯނާ އަށް ކުޅެމުން އަންނަ ރޮނާލްޑް އަރައުހޯ

ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުން އަންނަ އުރުގުއޭގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ވިސްނުން ހުރީ ހަމައެކަނި ބާސެލޯނާ އަށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 24 އަހަރުގެ ކުޅުންތެރިޔާ ބާސެލޯނާ އަށް ބަދަލުވީ 2018 ވަނަ އަހަރުއެވެ. އެ ފަހަރު އެ ކުލަބާއެކު އޭނާ ސޮއި ކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އޭގެ ފަހުން މިދިޔަ އަހަރު އޭނާ ވަނީ އެ ކުލަބުގެ އެއްބަސްވުން އައު ކޮށްފައެވެ. ބާސެލޯނާ އާއެކު އަރައުހޯ މިހާރު ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެން ނަމަވެސް، ބާސެލޯނާ އިން އޭގެ ކުރިން އަރައުހޯގެ އެއްބަސްވުން އައު ކުރުމަށް ހުށަހަޅާނެ ކަމަށް މީޑިއާ ތަކުން ވަނީ ބުނެފައެވެ.

ސްޕެއިންގެ ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އަރައުހޯގެ ވިސްނުން ހުރީ ހަމައެކަނި ބާސެލޯނާ އަށެވެ. އެހެން އެއްވެސް ކުލަބަކަށް ބަދަލުވާން އޭނާ ބޭނުން ނުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަނެއްކޮޅުން، ބާސެލޯނާ އިން އިތުރަށް އެއްބަސްވުން އައު ކުރުމަށް ހުށަހަޅައިފި ނަމަ، އަރައުހޯ އެކަން ޤަބޫލު ކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ. އަރަައުހޯ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަ އެއް ކުލަބު ކަމަށް މީޑިއާ ތަކުން ބުނަނީ، ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކްއެވެ. އެ ކުލަބުން އަރައުހޯ ހޯދުމަށް މަސައްކަތް ކުރަނީ، އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބޭނުންވެގެންނެވެ. އެކަމަށް ޓުޗެލް އިންތިހާ އަށް ބާރުއަޅާ ކަމަށް ވެސް ބުނެފައިވެއެވެ.

ނަމަވެސް، އަރައުހޯ ދޫކޮށްލަން ބާސެލޯނާ އިން ބޭނުންނުވާކަމަށް ބުނެފައިވެއެވެ. ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ދެކޭ ގޮތުގައި އަރައުހޯ އަކީ އެ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިޔެކެވެ. އަރައުހޯ ވަނީ މިހާތަނަށް ބާސެލޯނާ އަށް ކުޅެދިން 126 މެޗުން އަށް ލަނޑު ޖަހައިފައެވެ. އެ ޓީމާއެކު އޭނާ ވަނީ ތިން ތަށި ކާމިޔާބު ކޮށްފައެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު، ކޮޕާ ޑެލް ރޭ އަދި ސްޕެނިޝް ސުޕަ ކަޕް ހިމެނެއެވެ.

ބާސެލޯނާރޮނާލްޑް އަރައުހޯ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު