Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާއަށް ހަމަލާދިނުމަށް އެމެރިކާ ތާއީދުކުރުން

ޣައްޒާގެ ގަތުލުއާންމު ހުއްޓުވުމަށް ގޮވާލި ގަރާރު އެމެރިކާއިން ވީޓޯކޮށްފި

9 ޑިސެމްބަރު 2023 | ހޮނިހިރު 02:28

މި ގަރާރު ހުށަހެޅީ ޔޫއޭއީން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 ޑިސެމްބަރު 2023 | ހޮނިހިރު 02:28
އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ޣައްޒާ ސުންނާތިކޮށްލާފައި

އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ޣައްޒާ ސުންނާތިކޮށްލާފައި

ޣައްޒާގައި އިސްރާއީލުން ހިންގަމުން އަންނަ ގަތުލުއާންމު ހުއްޓުވުމަށް އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު އެމެރިކާއިން ވީޓޯކޮށްފިއެވެ.

އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން މެދުކެނޑުމެއްނެތި އިސްރާއީލުން އަންނަނީ ޣައްޒާއަށް ހަމަލާދެމުންނެވެ. ހަމަލާ ބަދަލުކުރުން ހުއްޓާލާފައި އޮތް 7 ދުވަސް ފިޔަވައި އިސްރާއީލުން އަންނަނީ ޣައްޒާގައި އިންސާނިއްޔަތާ ޚިލާފު އެތައް އަމަލެއް ހިންގަމުންނެވެ. މިއިން އެއްވެސް ކަމެއް ހުއްޓުވުމުގެ އެއްވެސް ބާރެއް އެއްވެސް ފަރާތަކަށް ލިބިފައި ނުވާ މައިގަނޑު ސަބަބަކީ، އެމެރިކާއިން އިސްރާއީލަށް ދެމުން އަންނަ ހިފެހެއްޓުމެއް ނެތް ތާއީދެވެ.

ވަގުތުން ހަމަލާތައް ހުއްޓާލައި އިންސާނީ އެހީތެރިކަން ޣައްޒާއަށް ފޯރުކޮށްދިނުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހަށް ގަރާރު ހުށަހެޅީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އެވެ. މި ގަރާރަށް ސަލާމަތީ މަޖިލީހުގެ 13 މެމްބަރު ގައުމުން ތާއީދުކުރިއިރު ވަކި ކޮޅަކަށް ވޯޓު ނުދެނީ އިނގިރޭސިވިލާތެވެ. އަދި އެމެރިކާއަށް ލިބިފައިވާ ވީޓޯކުރުމުގެ ބާރާއެކު ގަރާރު ވީޓޯ ކުރުމުން، މި ގަރާރު ފާހެއް ނުވެއެވެ.

ގަރާރު ވީޓޯކުރަމުން އދ.ށް ކަނޑައަޅާފައި ހުންނަ އެމެރިކާގެ ޑެޕިއުޓީ އެމްބެސެޑަރ ރޮބަރޓް ވުޑް ބުނީ، އެމެރިކާއިން ފަލަސްތީނާއި އިސްރާއީލަށް ސުލްހަ ގެނައުމަށް ތާއީދުކުރާކަމަށާއި ނަމަވެސް ހަމަލާދިނުން ވަގުތުން ހުއްޓާލުމަށް ތާއީދުނުކުރާކަމަށެވެ. އޭގެ ސަބަބެއްކަމަށް ރޮބަރޓް ވުޑް ބުނީ، ހަމަލާތައް ހުއްޓާލައިފިނަމަ ހަމާސްއަށް އަނެއްކާވެސް އިތުރު ހަނގުރާމައެއް ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށާއި، ފަލަސްތީނުގެ ބިމުގައި އިސްރާއީލާއި ފަލަސްތީނަށް ވަކި ދައުލަތެއް ގާއިމުކުރުމަށް ހަމާސް ބޭނުންނުވާކަމަށެވެ.

އިސްރާއީލާއި އެމެރިކާއިން ގަބޫލުކުރާ ގޮތުގައި ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓާލައިފިނަމަ، އެކަމުގެ ސަބަބުން ފައިދާވާނީ ހަމާސްއަށެވެ. އެމެރިކާއިން ތާއީދުކުރަނީ ހަމަލާ ދިނުން ވަގުތީ ގޮތުން ހުއްޓާލައި، އާންމުން ސަލާމަތްކޮށް، އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު ހަމާސްއިން ގެންދިޔަ އަސީރުން މިނިވަންކުރުމަށެވެ. ނަމަވެސް މިހާތަނަށް އިސްރާއީލުން ދެމުންދިޔަ ހަމަލާތަކުގައި މަރުވި އާންމުންގެ އަދަދު ވަނީ އިންތިހާއަށް މަތިވެފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފުރާނަ ގެއްލިގެންދިޔަ މީހުންގެ އަދަދު ވަނީ 17،000ށްވުރެ މައްޗަށް އަރާފައެވެ. މީގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަނެއްކޮޅުން 2.3 މިލިއަން މީހުން ދިރިއުޅޭ ޣައްޒާގެ 80 އިންސައްތަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވީ ޣައްޒާގެ އާންމުންނަށް އެއްވެސް ރައްކާތެރިކަމެއް ނެތްކަމަށެވެ. ޣައްޒާގެ އެއްވެސް ތަނެއް އާންމުންނަށް އަމާން ތަނަކަށް ނުވާއިރު، އިސްރާއީލުން އަންނަނީ މުޅި ޣައްޒާއަށް އަމާޒުކޮށް ހަމަލާދެމުންނެވެ.

ޣައްޒާއިޒްރޭލްއެމެރިކާ

އިތުރަށް ކިޔާލަން

19 ޑިސެމްބަރު 2025

ވެނެޒުއޭލާގެ ރައީސް މަދޫރޯގެ ސަރުކާރަކީ ޣައިރު ގާނޫނީި ސަރުކާރެއް ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

19 ޑިސެމްބަރު 2025
ވެނެޒުއޭލާގެ ރައީސް މަދޫރޯގެ ސަރުކާރަކީ ޣައިރު ގާނޫނީި ސަރުކާރެއް ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ
19 ޑިސެމްބަރު 2025

އިޤްތިޞާދީ "ބޫމްް" އަކަށް ވައުދުވެ ވަޑައިގެންނެވުމާ އެކު، ޓްރަމްޕްގެ ފާޑު ކިޔުން ބައިޑަން އަށް

19 ޑިސެމްބަރު 2025
އިޤްތިޞާދީ "ބޫމްް" އަކަށް ވައުދުވެ ވަޑައިގެންނެވުމާ އެކު، ޓްރަމްޕްގެ ފާޑު ކިޔުން ބައިޑަން އަށް
13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް