Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ދަރިވަރުންގެ ފެންވަރު ދަށްވުން

ދަރިވަރުންގެ ފެންވަރު ދަށްވެގެން މި އުޅެނީ ކޮވިޑް-19އާ ހެދި ކަމަށް ބުނާނެ ޖާގައެއް ނެތް: ދިރާސާ

ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު ދައްވުމުގެ އެންމެ ބޮޑު އަސްލަކަށް ވެފައި ވަނީ، ކުޅިވަރާއި މަޖަލުގެ މަޤްޞަދަށް، މޯބައިލް ފޯނު ބޭނުން ކުރާ މިންވަރު އިތުރުވުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2023 | ބުދަ 06:45
ދީރާސާގައި ބައިވެރިވި 15 އަހަރުގެ ކުދިންގެ ތެރެއިން ކޮންމެ 4 ކުއްޖަކުން 1 އަކީ، ހިސާބު ޢިލްމާއި، ކިޔުންތެރިކަމާއި ސައެންސްގެ ޢިލްމަށް ދަށް ކުދިން

ދީރާސާގައި ބައިވެރިވި 15 އަހަރުގެ ކުދިންގެ ތެރެއިން ކޮންމެ 4 ކުއްޖަކުން 1 އަކީ، ހިސާބު ޢިލްމާއި، ކިޔުންތެރިކަމާއި ސައެންސްގެ ޢިލްމަށް ދަށް ކުދިން

އަދުގެ 21 ވަނަ ޤަރުނަކީ ޓެކްނޮލޮޖީގެ ރޮނގުން ތާރީޚު ދެކެފައި ނުވާ ދަރަޖައިގެ ކުރިއެރުންތަކެއް އިންސާނީ ޙަޟަރާތުން ހޯދަމުން އަންނަ ދުވަސްވަރެކެވެ. ހިތާމައަކީ، އެ ކުރިއެރުންތަކާ އެއްވަރަށް ނުވަތަ އެއާ ގާތަށްވެސް، ނަފުސު ތަރައްޤީ ނުކުރެވޭ ކަމެވެ. އޯގަނައިޒޭޝަން އޮފް އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވަލޮޕްމަންޓް (އޯއީސީޑީ) އިން ދާދި މިދާކަށް ދުވަހު ކުރިއަށް ގެންދިޔަ ދިރާސާގެ ނަތީޖާވެސް ބުނީ ހަމަ އެފަދަ ވާހަކަތަކެކެވެ.

ޑިސެމްބަރ 5 ވަނަ ދުވަހު އޯއީސީޑީއިން އާންމު ކުރި ދިރާސާ ބުނާ ގޮތުގައި ފުރާވަރު ޢުމުރުގެ ކުދިންގެ ކިބާގައި ހިސާބުގެ ޢިލްމާއި، ކިޔުންތެރިކަމުގެ ހުނަރު، ތާރީޚު ދެކެފައި ނުވާ ދަރަޖައަކަށް މިހާރު ވަނީ ހީނަރުވެފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން، އެތައް ޤައުމެއްގެ ޙާލަކީވެސް ހަމަ އެއީ އެކަމަށާއި މި ހުރިހާ ކަމެއްގެ އިލްޒާމް، މުޅި ދުނިޔެ އިނދަޖައްސާލި ކޮވިޑް-19ގެ ބަލިމަޑުކަމުގެ މައްޗަށް ބިންދާލެވެން ނެތްކަންވެސް އޯއީސީޑީއިން ފާހަގަ ކުރެއެވެ.

ފުރާވަރު ޢުމުރު ކުދިންގެ އުނގުނެމުގެ ހުނަރުވެރިކަމާއި ޢިލްމީ ފެންވަރު ވަޒަން ކުރުމަށް އޯއީސީޑީއިން ޚާއްޞަ ދިރާސާތަކެއް ހަދަން ފެށީ 2000 ވަނަ އަހަރުއެވެ. ދިރާސާ މައިގަނޑުގެ ގޮތުގައި ޚާއްޞަކޮށްފައި އޮންނަނީ ކިޔުންތެރިކަމުގެ ހުނަރާއި، ހިސާބާއި ސައިންސްގެ ހުނަރުވެރި ޢިލްމު ވަޒަން ކުރުމުގެ މައްޗަށެވެ. އޭގެ ފަހުން ކޮންމެ އަހަރަކުވެސް، ދިރާސާ ރިޕޯޓެއް ޢާންމު ކުރަމުން ދާ އިރު، މި ފަހަރުގެ ރިޕޯޓަކީ، އެހން އަހަރުތަކާ އަޅާ ބަލާއިރު ބޮޑު ވެއްޓުމެއް ފާހަގަ ކުރެވުނު އަހަރެކެވެ.

ދިރާސާއަށް މަޢުލޫމާތު އެއްކުރަނީ ޢުމުރުން 15 އަހަރުގެ ކުދިންގެ މެދުގައި ނަގާ 2 ގަޑިއިރުގެ ޓެސްޓެއްގެ އެހީގައެވެ. އޯއީސީޑީގެ މެންބަރު ޤައުމުތަކުގެ ތެރެއިން އެންމެ ކުރިއަރާފައި އޮތް 38 ޤައުމެއްގެ އިތުރުން މެންބަރުންގެ ގޮތުގައި ނުހިމެނޭ 44 ޤައުމަކުންވެސް ދިރާސާގައި ބައިވެރިވެފައިވެއެވެ. އޯއީސީޑީގެ މި ދިރާސާއަކީ ޢިލްމީ ހުނަރުވެރިކަން ވަޒަން ކުރުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި އެއް ޤައުމު އަނެއް ޤައުމާ އަޅާ ކިޔަން ލިބޭ ރަނުގެ ފުރުޞަތެއް ކަން ފާހަގަ ކުރަން ޖެހެއެވެ. އެހެން ކަމުން، ސިޔާސަތުތައް އެކުލަވާލާފަ ފަރާތްތަކުންވެސް މި ދެންނެވި ދިރާސާއަށް ފާރަވެރިވެއެވެ.

އޯއީސީޑީގެ ދިރާސާގެ އެންމެ ފަހުގެ ހޯދުންތަކަށް ބަލާލަމާ ހިނގާށެވެ. އޯއީސީޑީގެ މެންބަރު ޤައުމުތަކުގެ ފުރާވަރު ޢުމުރުގެ ކުދިންގެ އާބާދީގައި ކިޔުންތެރިކަމުގެ ހުނަރުވެރިކަން ހުރި މިންވަރު ވަނީ 2018 ވަނަ އަހަރާ އަޅާ ބަލާއިރު 10 ޕޮއިންޓްސް ދަށަށް ގޮސްފައެވެ. ހިސާބު ޢިލްމުގެ ހުނަރުތަކަށް ބަލާއިރު އެ ފަރަޤު 15 ޕޮއިންޓަށް އަރައެވެ. އެއީ އުނގެނުމުގެ އަހަރު ދުވަހަކަށް ބަލައިފިނަމަ، އަހަރުގެ 4 ބައިކުޅަ 3 ބައިގެ މުއްދަތުގައި ދަސްކުރާނެ އެއްޗެއްސެވެ.

ދިރާސާގައި ބައިވެރިވި 81 ޤައުމުގެ ތެރެއިން ދެބަކުޅަ 1 ބައި ޤައުމުގެ ފުރާވަރު ޢުމުރުގެ ކުދިންގެ ޢިލްމީ ފެންވަރަށް ދަށަށް ގޮސްފައި ވާ އިރު، ޖަރުމަނުވިލާތް، އައިސްލަންޑް އަދި ނެދަލަންޑްސްއާއި ނޯވޭއާއި ޕޯލަންޑް ފަދަ ޤައުމުތަކުގައި ހިސާބު ޢިލްމުގެ ދާއިރާ ވަރަށް ބޮޑަށް ހީނަރުވެފައި ވާ ކަމަށް ދިރާސާގެ ހޯދުންތަކުން ދައްކައެވެ.

ސްކޫލަށް ދާން ފޫހުވެ ނުވަތަ ކިޔެވުމަށް ޝަޢުޤު ނުހުންނަ ކުދިންގެ ޝަކުވާތައް ގިނަ ވަމުންދާ އަދުގެ ދުނިޔޭގައި، މިއީ ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ. ދީރާސާގައި ބައިވެރިވި 15 އަހަރުގެ ކުދިންގެ ތެރެއިން ކޮންމެ 4 ކުއްޖަކުން 1 އަކީ، ހިސާބު ޢިލްމާއި، ކިޔުންތެރިކަމާއި ސައެންސްގެ ޢިލްމަށް ދަށް ކުއްޖެކެވެ. އެ ކުދިންނަކީ އެ ދާއިރާތަކުން އެ ކުދިންނަށް ދެއްކި އެންމެ އަސާސީ ހިސާބު ނަމްބަރުތަކާއި އާދައިގެ ދެލިގަނޑަކުން މާނައެއް ދޭހަ ކުރުމަށްވެސް ފެއިލްވި ކުދިންނެވެ.

ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު މި ދުވަސްވަރު އެހާ ދަށްވެގެން އުޅެނީ، ކޮވިޑް-19ގެ ބަލިމަޑުކަމާއެކު މުޅި ދުނިޔެ ފުރަބަންދުކޮށް، އޮންލައިން ޕްލެޓްފޯމްތަކާއި އެކަހެރި މަންސަތަކުގައި ކުލާސްތައް ނަގައި ދިނުމުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. ނަމަވެސް، އޯއީސީޑީގެ ދިރާސާއިން ބުނީ މުޅިން ތަފާތު ވާހަކައެކެވެ. ފުރާވަރު ޢުމުރުގެ ކުދިންގެ މެދުގައި ސައެންސްއާއި ހިސާބު ޢިލްމާއި ކިޔުންތެރިކަމުގެ ހުނަރު ދަށްވުމުގެ އެންމެ ބޮޑު އަސްލަކަށް ވެފައި ވަނީ، ކުޅިވަރާއި މަޖަލުގެ މަޤްޞަދަށް، މޯބައިލް ފޯނު ބޭނުން ކުރާ މިންވަރު އާދަޔާ ޚިލާފަށް އިތުރުވުމެވެ. އަދި މާއްދާތައް ކިޔަވައިދޭނެ ޓީޗަރުން ލިބުމުގެ ދަތިކަން ކުރިމަތިވެފައިވާ ސްކޫލުތަކުގައިވެސް ދަރިވަރުންގެ ސައެންސްއާއި، ހިސާބު ޢިލްމާއި ކިޔުންތެރިކަމުގެ ހުނަރު ދަށްވެފައި ވާ ކަން އޯއީސީޑީގެ ދިރާސާ ރިޕޯޓުން ހާމަވެއެވެ.

މިއީ ބަދަލު ނުކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށް އޯއީސީޑީއިން ބުނެއެވެ. އެގޮތުން ސިންގަޕޫރުން ބައިވެރި ދަރިވަރުންނަކީ ހިސާބާއި، ސައެންސްގެ ޢިލްމާއި ކިޔުންތެރިކަމުގެ ހުނަރުގެ ރޮނގުން އެންމެ މަތީ މާކްސް ހޯދި ދަރިވަރުންކަން އޯއީސީޑީއިން ފާހަގަ ކުރެއެވެ. އަދި ސިންގަޕޫރުގެ ދަރިވަރުންނަކީ އޯއީސީޑީގެ އެހެން ޤައުމުތަކުގައި ތިބި އެ ޢުމުރުފުރާގެ ދަރިވަރުންނަށް ވުރެ، ޢިލްމާއި ހުނަރުގެ ގޮތުން 3 އަހަރާއި 5 އަހަރު ކުރީގައި އުޅޭ ބައެއް ކަމަށްވެސް އޯއީސީޑީއިން ބުނެއެވެ.

ސިންގަޕޫރުގެ ފަހަތުން ލިސްޓުގައި ދެން އޮތީ މަކާއޯ، ޓައިވާން، ހޮންގްކޮންގް، ޖަޕާން އަދި ދެކުނު ކޮރެއާއެވެ. އެސްޓޯނިއާއާއި ކެނެޑާއިންވެސް ވަނީ ފުދޭ ވަރެއްގެ ރަނގަޅު ނަތީޖާއެއް ހޯދާފައެވެ.

ކޮވިޑް-19

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު