Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސޮރޯސް ހަމާސްއަށް ފަނޑުކުރިކަމުގެ ތުހުމަތު

އިސްރާއީލާ ދެކޮޅު ހަނގުރާމަވެރި ޖަމާޢަތްތަކަށް މަހުޖަނު، ސޮރޯސް ފަންޑުކުރިކަމަށް ތުހުމަތުކޮށްފި

ޖޯޖް ސޮރޯސްއަކީ ހަންގޭރީ-އެމެރިކާގެ ބިލިއަނަރު އިންވެސްޓަރެއް، ހިލޭ ސާބަހަށް މަސައްކަތްކުރާ މީހެއް، އަދި ސިޔާސީ އެކްޓިވިސްޓެއް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 3 ޑިސެމްބަރު 2023 | އާދީއްތަ 17:25
މި ނޫނަސް އެތައް ފަހަރެއްގެ މަތިން އެފަދަ ޖަމާޢަތްތަކަށް ސޮރޯސް އެހީވިކަމަށް އިސްރާއީލުން ތުހުމަތުކުރޭ

މި ނޫނަސް އެތައް ފަހަރެއްގެ މަތިން އެފަދަ ޖަމާޢަތްތަކަށް ސޮރޯސް އެހީވިކަމަށް އިސްރާއީލުން ތުހުމަތުކުރޭ

އިސްރާއީލާ ދެކޮޅު ހަނގުރާމަވެރި ޖަމާޢަތްތަކަށް މަހުޖަނު، ސޮރޯސް ފައިސާގެ ބޮޑެތި އަދަދުތަކުން ފަންޑުކުރިކަމަށް ތުހުމަތުކޮށް އިސްރާއީލުން އދ.ށް ކަނޑައަޅާފައި ހުންނަވާ ސަފީރު ގިލާޑް އެރްދާން ފާޑުވިދާޅުވެއްޖެއެވެ.

ހިލޭ ސާބަހަށް މަސައްކަތްކުރާ ބިލިއަނަރު، ޖޯޖް ސޮރޯސްއަށް، އިސްރާއީލްގެ މަންދޫބު ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވާފައި މިވަނީ ފޮކްސް ނިއުސް ޑިޖިޓަލްއަށް ދެއްވި އިންޓަވިއުއެއްގައެވެ. އެ އިންޓަވިއުގައި އެރްދާން ވަނީ، އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާއަށް ފާޅުގައި ތާއީދުކުރި ޖަމިއްޔާތަކަށް ސޮރޯސްގެ އޯޕަން ސޮސައިޓީ ފައުންޑޭޝަން (އޯއެސްއެފް)އިން މަދުވެގެން 15 މިލިއަން ޑޮލަރު ހަދިޔާކުރިކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވާފައެވެ.

"ޔަހޫދީ ދައުލަތެއްގެ ގޮތުގަ އޮތް ހަމައެކަނި ދައުލަތް (އިސްރާއީލު) ހަލާކުކޮށްލަން މަސައްކަތްކުރާ ޖަމިއްޔާތަކަށް ޖޯޖް ސޮރޯސް ފަންޑް ކުރުމަކީ ލަދުވެތި ކަމެއް. އެހެންނަމަވެސް އަހަރެން ހައިރާނެއްނުވޭ." އެރްދާން ވިދާޅުވިއެވެ. ސަފީރު ދެއްކެވި ވާހަކަފުޅުގައި އިސްރާއީލާ ދެކޮޅު، އަދި ފަލަސްތީނަށް ތާއީދުކުރާ ޖަމާއަތްތަކަށް ސޮރޯސް ޒަމާނުއްސުރެ ތާއީދުކުރަމުން ގެންދާކަން ފާހަގަކުރެއްވިއެވެ.

ނިއުޔޯކް ޕޯސްޓުން ދާދިފަހުން ނެރުނު ރިޕޯޓެއްގައި ވާގޮތުން ހަމާސްގެ ހަމަލާ ފާހަގަކޮށް، ފަލަސްތީނަށް ތާއީދުކުރާ މުޒާހަރާތައް އިންތިޒާމްކުރި ޖަމާއަތްތަކަށް އޯއެސްއެފްއިން ވަނީ 15 މިލިއަނަށްވުރެ ގިނަ ޑޮލަރު ދީފައެވެ. ހައްގުތަކަށް ވަކާލާތުކުރާ ޖަމާއަތެއް ކަމަށްވާ ޓައިޑްސް ސެންޓަރަށް ސޮރޯސްގެ ނެޓްވޯކުން 13.7 މިލިއަން ޑޮލަރު ލިބިފައިވާއިރު، ހަމާސްގެ ހަމަލާ ޖަސްޓިފައިކުރާ އަމިއްލަ ފަރާތްތައް ވަނީ ސްޕޮންސަރކޮށްފައެވެ.

އޯއެސްއެފްއިން ވަނީ ދާދި ފަހުން މެދުއިރުމަތީގައި ހިނގި ހަމަނުޖެހުންތަކުގައި މުޒާހަރާތަކުގައި އަމަލީގޮތުން ބައިވެރިވި، ޔަހޫދީ ވޮއިސް ފޯ ޕީސް އަދި އިފް ނޮޓް ނައު ފަދަ ޖަމާއަތްތަކަށްވެސް ބޮޑެތި އެހީތަކެއް ދީފައެވެ.

އެރްދާންގެ މި ވާހަކަތަކަކީ ނިއުޔޯކް ޕޯސްޓުގެ ރިޕޯޓާ ހަވާލާދީ ދެއްކި ވާހަކަތަކެއް ކަމަށް ބެލެވެއެވެ.

އިސްރާއީލުގެ އދ.ގެ މަންދޫބު ގެންދަވަނީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަމަލުތައް ދިފާއުކުރައްވައި، އެމީހުންނާ ސުވާލުކުރަން ކުރާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

މީގެ ކުރިންވެސް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ޓެރަރިޒަމާއި މީހުން މެރުން ޖަސްޓިފައި ކުރައްވާ ކަމަށް ތުހުމަތު ކުރައްވައި، އޭނާގެ އިސްތިއުފާއަށް ގޮވާލެއްވިއެވެ.

އެރްދާންގެ ރައްދު ފެށުނީ ހަމާސްގެ ހަމަލާތަކަކީ ހުސްކަމެއްގެ ތެރޭގައި ދިން ހަމަލާތަކެއް ނޫން ކަމަށާއި، އެއީ ފަލަސްތީނުން އިސްރާއީލުން އެތައް އަހަރެއް ވަންދެން ހިފަހައްޓަމުން އައި ހަމަލާއެއް ކަމަށް ގުޓަރޭޒް ގަބޫލުކުރައްވައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.

ސޮރޯސްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި، އެ ސަރަހައްދުގައި މިހާރު ހިނގަމުންދާ ނުތަނަވަސްކަމުގެ ސަބަބުން އިސްރާއީލާއި ފަލަސްތީނުގެ ހަނގުރާމައިގެ ވަށައިގެން އުފެދިފައިވާ ބައިބައިވުންތަކާއި ގޮންޖެހުންތައް މިކަމުގެ ސަބަބުން ހާމަވެގެންދެއެވެ.

ޖޯޖް ސޮރޯސްއަކީ ހަންގޭރީ-އެމެރިކާގެ ބިލިއަނަރު އިންވެސްޓަރެކެވެ. އަދި މީގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ، އަދި ސިޔާސީ އެކްޓިވިސްޓެކެވެ. 1930 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 12 ވަނަ ދުވަހު ހަންގޭރީގެ ބުޑަޕެސްޓްއަށް އުފަން ސޮރޯސް، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ނާޒީންގެ އަތްދަށުން ސަލާމަތްވެ، 1947 ވަނަ އަހަރު އިންގްލެންޑަށް ހިޖުރަކުރިއެވެ. އޭގެ ފަހުން ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސްގައި ތައުލީމު ހާސިލްކޮށް، ފަލްސަފާއާއި އިކޮނޮމިކްސް ކިޔަވައިދިނެވެ. ކާމިޔާބު ހެޖް ފަންޑް މެނޭޖަރެއްގެ ގޮތުގައި ސޮރޯސްއަށް މަޝްހޫރުކަން ލިބުނީ 1970 ވަނަ އަހަރު ސޮރޯސް ފަންޑް މެނޭޖްމަންޓް އުފައްދައިގެންނެވެ.

އިޒްރޭލްޣައްޒާފަލަސްތީނުދުނިޔެ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު