Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް އޮފީސް

އިންޑިޔާއާއި ރާއްޖޭގެ އިސްވެރިންގެ "ކޯ ގްރޫޕް"އާ ގުޅޭގޮތުން ރައީސް އޮފީހުން ފޯރުކޮށްދިނީ ދޮގު މައުލޫމާތު ކަމަށް ރައީސް ވިދާޅުވެއްޖެ

އެކަން ދޮގުކުރައްވަމުން ރައީސް ވިދާޅުވީ އެ ކޮމިޓީގައި އެ މައްސަލައިގެ އިތުރުންވެސް، ގިނަ މަޝްވަރާތަކެއް ކުރެވޭނެ ކަމަށް

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 3 ޑިސެމްބަރު 2023 | އާދީއްތަ 14:10
ރައީސް ޑރ. މުއިއްޒު، ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހީމް ޚަލީލާއެކު

ރައީސް ޑރ. މުއިއްޒު، ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހީމް ޚަލީލާއެކު

ރާއްޖެއާއި އިންޑިޔާގެ މެދުގައި އޮންނަ ދާއިމީ ގުޅުން އިތުރަށް ބަދަހިކުރުމަށް، ދެ ގައުމުގެ އިސް ބޭފުޅުން ހިމެނޭ "ކޯ ގްރޫޕެއް" އެކުލަވާލަން ރައީސް މުއިއްޒު އަދި އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ނިންމެވީ ކޮޕް-28 ސަމިޓުގެ ހަވާސާގެ ތެރޭގައެވެ.

އެގޮތުން އެކަމާ ގުޅޭގޮތުން ވެލާނާ އިންޓަަނޭޝަނަލް އެއާޕޯޓުގައި އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ، އެ ކޮމިޓީ ނުވަތަ ގްރޫޕުގެ މައިގަނޑު މަޝްވަރާތައް ބިނާވަނީ އިގްތިސާދީ ކަންކަމުގެ މައްޗަށް އެކަނިތޯއާއި އެ ގްރޫޕުގައި، އިންޑިޔާގައި ތިބި ރާއްޖޭގެ ސިފައިންނާ ގުޅޭ މަޝްވަރާތައް ކުރިއަށް ނުދާނެތޯ ސުވާލުކޮށްފައެވެ.

އެގޮތުން އެ ކޮމިޓީގައި އިންޑިޔާ ސިފައިންގެ މައްސަލައިގެ މަޝްވަރާ ނުކުރާނެ ކަމަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހީމް ޚަލީލް ވިދާޅުވިކަމަށް ބުނެ ނޫސްވެރިޔާ ސުވާލު ދެންނެވުމުން ރައީސް ވަނީ އެކަން ދޮގުކުރައްވާފައެވެ.

އެގޮތުން ރައީސް ވިދާޅުވީ ރައީސް އޮފީހަކުން އެ މައުލޫމާތެއް ނުދޭނެ ކަމަށާއި، އެމަނިކުފާނު ވިދާޅުވިގޮތަށް، އެ ކޮމިޓީތެރޭގައި ވެސް އިންޑިޔާ ސިފައިންގެ މައްސަލަގެ މަޝްވަރާތައްވެސް ކުރިއަށްދާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ އެފަދަ ކޮމިޓީއެއް އެކުލަވާލެއްވުމަށް ހުށަހެޅުއްވީވެސް އެމަނިކުފާނު ކަމަށާއި، އެކަން ހުށަހެޅުއްވުމާއެކު މޯދީ އެކަން ގަބޫލުކުރެއްވިކަމަށާއި، އެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރުގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރުންވެސް ތިއްބެވި ކަމަށެވެ.

"ރައީސް އޮފީހަކުން ނުދެއްވާނެ ތި މައުލޫމާތެއް. އަޅުގަނޑު މި ދަންނަވަނީ ތެދު މައުލޫމާތު," ރައީސް މުއިއްޒު ވިދާޅުވިއެވެ.

މިއާއެކު، އެ މައުލޫމާތު ރައީސް އޮފީހުގެ ފަރާތުން ދެއްވީ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހީމް ޚަލީލް ކަމަށް ނޫސްވެރިޔާ ދެންނެވުމުން، އެ މައުލޫމާތު ރަނގަޅު ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވިގޮތުންނަމަ، އެ ކޮމިޓީގައި އިގްތިސާދީ މަޝްވަރާތަކާއި، ބުރިޖުފަދަ އުމްރާނީ މަޝްރޫއުތަކުގެ މަޝްވަރާގެ އިތުރުން، އިންޑިޔާ ސިފައިންގެ މައްސަލައިގެ މަޝްވަރާތައް ވެސް ކުރެވޭނެއެވެ. އެގޮތުން އެ ކޮމިޓީގެ ސަބަބުން ދެގައުމުގެ ދެމެދުގައި ކަންކަން ނިންމުމުގައި ފަސޭހަ ވެގެންދާނެއެވެ.

މި ކޮމިޓީއާ ގުޅޭގޮތުން ރައީސް އޮފީހުން ނެރުނު މައުލޫމާތުތަކުން އެނގޭގޮތުން، ރާއްޖެއާއި އިންޑިޔާގެ މެދުގައި "ކޯ ގްރޫޕެއް" އެކުލަވާލަން ނިންމީ، ރާއްޖެއާ އިންޑިޔާއާ ދެމެދު އޮންނަ ދާއިމީ ގުޅުން އިތުރަށް ބަދަހިކުރުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އިތުރަށް ކިޔާލަން

24 ޑިސެމްބަރު 2025

ވެރިކަން ދިނީ ރައްޔިތުންނަށް ޚިދުމަތް ކުރަން، އަދި ވެސް ރައްޔިތުންވީ ރޮއެ އާދޭސް ދަންނަވަންތޯ؟

24 ޑިސެމްބަރު 2025
ވެރިކަން ދިނީ ރައްޔިތުންނަށް ޚިދުމަތް ކުރަން، އަދި ވެސް ރައްޔިތުންވީ ރޮއެ އާދޭސް ދަންނަވަންތޯ؟
20 ޑިސެމްބަރު 2025

އާދިއްތަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަނީ

20 ޑިސެމްބަރު 2025
އާދިއްތަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަނީ
18 ޑިސެމްބަރު 2025

ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވައިފި : ކުރީ ސަރުކާރުން ދިން ފްލެޓް ލިބުނު މީހުންގެ ފްލެޓް އަތުލުމުގެ ކަންބޮޑުވުންތައް ބަންޑުން ކޮށްލައިފި!

18 ޑިސެމްބަރު 2025
ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވައިފި : ކުރީ ސަރުކާރުން ދިން ފްލެޓް ލިބުނު މީހުންގެ ފްލެޓް އަތުލުމުގެ ކަންބޮޑުވުންތައް ބަންޑުން ކޮށްލައިފި!
17 ޑިސެމްބަރު 2025

ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ

17 ޑިސެމްބަރު 2025
ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ
17 ޑިސެމްބަރު 2025

ރެބަން ކަނޑާފައި އެ ހުޅުވާލީ ބަހެއް!

17 ޑިސެމްބަރު 2025
ރެބަން ކަނޑާފައި އެ ހުޅުވާލީ ބަހެއް!
13 ޑިސެމްބަރު 2025

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި
11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު