Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް

ފާއިތުވި 24 ގަޑިއިރު ތެރޭ ޣައްޒާގައި މަރުވި މީހުންގެ އަދަދު 700އިން މައްޗަށް

3 ޑިސެމްބަރު 2023 | އާދީއްތަ 12:16

ހަމާސްއިން ބުނީ ހަމަލާތައް ހުއްޓައިނުލާހާ ހިނދަކު ސުލްހައިގެ އެއްވެސް ވާހަކައެއް އިސްރާއީލާއެކު ކުރިއަށްނުގެންދާނެ ކަމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 3 ޑިސެމްބަރު 2023 | އާދީއްތަ 12:16
ހަމަލާތަކާ ގުޅިގެން ދެ ފަރާތުގެ ސުލްހައިގެ ވާހަކަތައް ވަނީ މެދުކެނޑިފައި

ހަމަލާތަކާ ގުޅިގެން ދެ ފަރާތުގެ ސުލްހައިގެ ވާހަކަތައް ވަނީ މެދުކެނޑިފައި | ރޮއިޓާސް

ފާއިތުވި 24 ގަޑިއިރު ތެރޭގައި ޣައްޒާއިން މަރުވި މީހުންގެ އަދަދު 700އަށްވުރެ މައްޗަށް އަރައިފިއެވެ.

ޣައްޒާގައި ހުންނަ ފަލަސްތީނު ސަރުކާރުގެ މީޑިއާ އޮފީހުގެ ޑިރެކްޓަރ ޖެނެރަލް އަލްޖަޒީރާއަށް އާދީއްތަ ދުވަހު ވިދާޅުވީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ 700އަށްވުރެ ގިނަ މީހުން ޝަހީދުވެފައި ވާކަމަށެވެ.

ޣައްޒާއަށް މިހާރު ދެމުންދާ ބޮމުގެ ހަމަލާތައް ހުއްޓާލަންދެން އިސްރާއީލާއެކު އިތުރު މަޝްވަރާތަކެއް ނުކުރުމަށް ހަމާސްއިން ވަނީ ނިންމާފައެވެ. 

މިދިޔަ ހޮނިހިރު ދުވަހު ގަތަރުގައި ބޭއްވި ހަނގުރާމައިގެ މަޝްވަރާތަކުން ވަކިވެ އިސްރާއީލުން ވަނީ އެގައުމުގެ މަންދޫބުންގެ ޓީމު އަނބުރާ ގައުމަށް ގެންގޮސްފައެވެ. އަދި އެކަމާ ގުޅިގެން ހަމާސް ޖަމާއަތުންވެސް ވަނީ އިސްރާއީލާއެކު ދެން އިތުރަށް މަޝްވަރާތައް ކުރިއަށްގެންދާނީ ހަމަލާތައް ހުއްޓާލުމުން ކަމަށް ބުނެފައެވެ.

ދެފަރާތުން ސުލްހަވެރި ހައްލެއް ހޯދުމަށް ކުރެވުނު ޑިޕްލޮމެޓިކް މަސައްކަތްތަކުން ލިބުނު ކުރިއެރުންތައް ހީނަރުވެފައި މިވަނީ، ގައިދީން ބަދަލުކުރުމާއި ވަގުތީގޮތުން ހަނގުރާމަ ހުއްޓާލުމުގެ ސަބަބުން އިތުރު ލޭ އޮހޮރުވުން ހުއްޓުވޭނެކަމުގެ އުއްމީދު އާވެފައި ވަނިކޮށެވެ.

މިދިޔަ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 15،500އަށްވުރެ ގިނަ މީހުން މަރާލާފައިވާކަމަށް ރިޕޯޓުތަކުން ދައްކައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މި މުއްދަތުގައި އިސްރާއީލުން މަރުވެފައިވަނީ 1200 މީހުންނެވެ.

އިސްރާއީލުން އަންނަނީ ޣައްޒާގެ ހޮސްޕިޓަލްތަކާއި ރެފިއުޖީ ކޭމްޕުތަކާއި ސްކޫލްތަކަށްވެސް ބޮން އަޅަމުންނެވެ. މި ހަމަލާތައް ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ ކުށްވެރިކޮށްފައެވެ. އަދި ފަލަސްތީން މިނިވަން ކުރުމަށާއި ހަމަލާތައް ހުއްޓާލުމަށް ގޮވާލައި ދުނިޔޭގެ އެކި ގައުމުތަކުގައި ރައްޔިތުން ދަނީ ކެނޑިނޭޅި މުޒާހަރާވެސް ކުރަމުންނެވެ.

ޣައްޒާއިސްރާއީލްފަލަސްތީނުދުނިޔެ

އިތުރަށް ކިޔާލަން

23 ޖުލައި 2026

އެމެރިކާގެ ރާގު ބަދަލުވެ، ސައުދީގެ ނިއުކްލިއަރ ޕްރޮގްރާމް ކުރިއަށް ދާނީ އިސްރާއީލާއެކު ގުޅުން ގާއިމު ކުރުމުން ކަމަށް ޓްރަމްޕް ހާމަ ކުރައްވައިފި

23 ޖުލައި 2026
އެމެރިކާގެ ރާގު ބަދަލުވެ، ސައުދީގެ ނިއުކްލިއަރ ޕްރޮގްރާމް ކުރިއަށް ދާނީ އިސްރާއީލާއެކު ގުޅުން ގާއިމު ކުރުމުން ކަމަށް ޓްރަމްޕް ހާމަ ކުރައްވައިފި
20 ޖުލައި 2026

އިސްރާއީލުގެ ހައްދުފަހަނަ އެޅި ލީޑަރުން ފާޅުގައި ވައުދުވަމުންދަނީ އަލުން ސަރުކާރަށް އަތުވެއްޖެނަމަ ޣައްޒާ ގައި ޔަހޫދީން ވަޒަންވެރިކޮށްދޭނެ ކަމަށް

20 ޖުލައި 2026
އިސްރާއީލުގެ ހައްދުފަހަނަ އެޅި ލީޑަރުން ފާޅުގައި ވައުދުވަމުންދަނީ އަލުން ސަރުކާރަށް އަތުވެއްޖެނަމަ ޣައްޒާ ގައި ޔަހޫދީން ވަޒަންވެރިކޮށްދޭނެ ކަމަށް
20 ޖުލައި 2026

ޚަލީލް އަލް-ޙައްޔާ ހަމާސްގެ ލީޑަރަކަށް އިންތިޚާބުކޮށްފި

20 ޖުލައި 2026
ޚަލީލް އަލް-ޙައްޔާ ހަމާސްގެ ލީޑަރަކަށް އިންތިޚާބުކޮށްފި
19 ޖުލައި 2026

ގަލްފްގެ ގައުމުތަކަށް އީރާނުން ދިން ހަމަލާތަކުގައި، ކުވޭތުގެ އިންޖީނުގެ އެއްގައި ރޯވެއްޖެ

19 ޖުލައި 2026
ގަލްފްގެ ގައުމުތަކަށް އީރާނުން ދިން ހަމަލާތަކުގައި، ކުވޭތުގެ އިންޖީނުގެ އެއްގައި ރޯވެއްޖެ
19 ޖުލައި 2026

ފަލަސްތީނު ގައިދީން ގެންގުޅޭ ޖަލުތައް ބެލެހެއްޓުމަށް ކިނބޫ ބޭނުންކުރުމުގެ ހުއްދަ އިސްރާއީލް ސަރުކާރުން ދީފި

19 ޖުލައި 2026
ފަލަސްތީނު ގައިދީން ގެންގުޅޭ ޖަލުތައް ބެލެހެއްޓުމަށް ކިނބޫ ބޭނުންކުރުމުގެ ހުއްދަ އިސްރާއީލް ސަރުކާރުން ދީފި
19 ޖުލައި 2026

ނިއުޔޯކުގެ މޭޔަރު: ނިއުޔޯކަށް ކުރައްވާ ދަތުރުފުޅުގައި ނަތަންޔާހޫ ހައްޔަރުކުރެވިދާނެ ގޮތެއް މިދަނީ ބަލަމުން

19 ޖުލައި 2026
ނިއުޔޯކުގެ މޭޔަރު: ނިއުޔޯކަށް ކުރައްވާ ދަތުރުފުޅުގައި ނަތަންޔާހޫ ހައްޔަރުކުރެވިދާނެ ގޮތެއް މިދަނީ ބަލަމުން
18 ޖުލައި 2026

އިސްރާއީލް ސިފައިން ބެތުލެހެމްގައި ފަތިސް ނަމާދަށް ހުރަސްއަޅައި ނަމާދަށް ދިޔަ މީހުންނަށް ހަމަލާދީފި

18 ޖުލައި 2026
އިސްރާއީލް ސިފައިން ބެތުލެހެމްގައި ފަތިސް ނަމާދަށް ހުރަސްއަޅައި ނަމާދަށް ދިޔަ މީހުންނަށް ހަމަލާދީފި
17 ޖުލައި 2026

އިސްރާއީލާ ގުޅުން ވަރުގަދަކުރުމުގެ ގޮތުން ގުދުސްގައި އެމްބަސީއެއް ހުޅުވަން ކޮލަމްބިއާގެ އިންތިޚާބީ ރައީސް ނިންމަވައިފި

17 ޖުލައި 2026
އިސްރާއީލާ ގުޅުން ވަރުގަދަކުރުމުގެ ގޮތުން ގުދުސްގައި އެމްބަސީއެއް ހުޅުވަން ކޮލަމްބިއާގެ އިންތިޚާބީ ރައީސް ނިންމަވައިފި
16 ޖުލައި 2026

އިސްރާއީލަށް ދެމުން އަންނަ އަސްކަރީ އެހީ ހުއްޓާލަން އެމެރިކާގެ ޑިމޮކްރަޓިކް ޕާޓީ އިން ތާއީދު ކުރޭ

16 ޖުލައި 2026
އިސްރާއީލަށް ދެމުން އަންނަ އަސްކަރީ އެހީ ހުއްޓާލަން އެމެރިކާގެ ޑިމޮކްރަޓިކް ޕާޓީ އިން ތާއީދު ކުރޭ
16 ޖުލައި 2026

އެމެރިކާގެ ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފިކަން އީރާނުން ބުނެފި

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް