Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް

އިސްރާއީލުން ޣައްޒާގެ އެތައް ސަތޭކަ އަމާޒަކަށް ބޮން އަޅައިފި

ޣައްޒާއަކީ މިހާރު ދުނިޔެމަތީގައިވާ އެންމެ ނުރައްކާބޮޑު ސިޓީކަމަށް އދ.ން ބުނޭ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 2 ޑިސެމްބަރު 2023 | ހޮނިހިރު 11:54
ޣައްޒާގެ މުޅި ޖައްވު އޮތީ ދުމުން ފުރިފައި

ޣައްޒާގެ މުޅި ޖައްވު އޮތީ ދުމުން ފުރިފައި

ގަތަރާއި މިސްރުން މެދުވެރިއެއްގެ ރޯލު އަދާކޮށް، އިސްރާއީލާ ހަމާސްއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް މެދުކަނޑާލުމަށް ވެވުނު ވަގުތީ އެއްބަސްވުމުގެ ދަށުން ހަތް ދުވަހުގެ މުއްދަތަށް ހަނގުރާމަ މެދުކަނޑާލުމަށްފަހު އަނެއްކާވެސް ހަމަލާ ބަދަލުކުރަންފެށީ ހުކުރުދުވަހު ހެނދުނުއެވެ. އެގޮތުން އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ދެވަނަ ދުވަހަކަށް ވަނީ ދިގުލައިގެން ގޮސްފައެވެ.

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސް ސިޓީއަށް އާންމުންގެ އެތައް ހާސް ބަޔަކު، އެންކްލޭވްގެ އިތުރުން ހިޖުރަކުރިއިރު، ހުކުރު ދުވަހު ވަނީ ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީފައެވެ.

ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާއިން ބުނީ ހަމަލާތައް އަލުން ފެށިފަހުން ޣައްޒާއަށް ދިން ހަމަލާތަކުގައި 190އަށްވުރެ ގިނަ މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު މިހާތަނަށް ޒަޚަމްވެފައި ވާކަމަށެވެ.

އިސްރާއީލުން ބުނީ އެގައުމުގެ އެއްގަމާއި ވައިގެ އަދި ކަނޑުގެ ސިފައިން އެންމެ ފަހުން ދިން ހަމަލާތަކުގައި ޣައްޒާގެ 400އަށްވުރެ ގިނަ އަމާޒަށް ހަމަލާ ދީފައިވާކަމަށެވެ. އަދި ޚާން ޔޫނިސްގެ އަސްކަރީ އޮޕަރޭޝަންތައް ފުޅާކުރަމުން އަންނައިރު، މިސްރުގެ ބޯޑަރު ކައިރީގައި އޮންނަ ރަފަހްއާ ދިމާއިން ދެކުނު ފަރާތަށް ދިއުމަށް ގޮވާލައި، އެ ގައުމުން މީހުން އެތަނުން ފޭބުމަށްވެސް އިސްރާއީލުން ވަނީ ގޮވާލާފައެވެ.

އދ.ން ބުނީ މި ހަނގުރާމައިގެ ސަބަބުން ޣައްޒާގައި އިންސާނީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށެވެ.

ޖެނީވާގައި ހުންނަ އދ.ގެ ހިއުމެނިޓޭރިއަން އޮފީހުގެ ތަރުޖަމާނު ޖެންސް ލާރކޭ ވިދާޅުވީ ދުނިޔެމަތީގެ ނަރަކައަކަށް މިހާރު ޣައްޒާ ވެފައިވާކަމަށެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ފެށި، ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުން ދެ ފަހަރެއްގެ މަތިން އިތުރުކޮށްފައިވާއިރު، ހަމާސްއިން ކޮންމެ ދުވަހަކުވެސް އިސްރާއީލުގެ 10 މީހުން ދޫކޮށްލާހާ ހިނދަކު އެއްބަސްވުމުގެ މުއްދަތަށް ދުވަހެއްގެ މަގުން އިތުރުކުރަމުން ގެންދާނެކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ. ނަމަވެސް ހަތް ދުވަސް ފަހުން، އެއްކަލަ މުއްދަތަށް އެންމެ ދުވަހެއްވެސް އިތުރުކުރެވޭނެ ފޯމިއުލާއެއް ހޯދިފައެއް ނުވެއެވެ.

އިސްރާއީލުން ތުހުމަތުކުރާ ގޮތުގައި ހަމާސްއިން ވަނީ އެ ޖަމާއަތުން ހިފަހައްޓާފައި ތިބި ހުރިހާ އަންހެނުން ދޫކޮށްލަން ދެކޮޅުހަދާފައެވެ.

ޣައްޒާގެ ދީރް އަލް ބަލަހުގައި ހުންނަ އަލްޖަޒީރާގެ ހިންދު ޚުދަރީން ބުނީ، އިސްރާއީލުގެ ޓޭންކުތަކުން އެންކްލޭވްއަށް ބޮންއެޅުން ހުއްޓާނުލާ ކަމަށާއި, ހަތިޔާރު ބޯޓުތަކުން ހަމަލާދެނީ ސްޓްރިޕްގެ އައްސޭރިފަށަށް ކަމަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މެދުނުކެނޑި ބޮން އަޅާފައިވާތީ، ޣައްޒާގެ ރައްޔިތުން ސިފަކުރަމުން ދިޔައީ މިއީ އެމީހުންނަށް މުޅި އުމުރުގައިވެސް ކުރިމަތިވި އެންމެ އުނދަގޫ އެއް ހާދިސާގެ ގޮތުގައެވެ.

އިސްރާއީލުން ހަމާސް ނައްތާލުމުގެ ހުވާ ކޮށްފައި މިވަނީ، މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން 1،200 އެއްހާ މީހުން މަރާލައި، 240 މީހުން ރަހީނުކުރިކަމަށް ބުނެ، އެ ޖަމާއަތުން ހިންގި ހަމަނުޖެހުންތަކަށްފަހުއެވެ.

އޭގެ ފަހުން އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން، 2007 ވަނަ އަހަރުން ފެށިގެން ހަމާސް ޖަމާއަތުން ވެރިކަންކުރާ ޣައްޒާގެ ބޮޑު ބައެއް ވަނީ ސުންނާތި ކޮށްލާފައެވެ. އދ.ން އިތުބާރުކުރެވޭ ކަމަށް ބެލެވޭ ފަލަސްތީނުގެ ސިއްހީ އިދާރާތަކުން ބުނާގޮތުގައި، 6،150 ކުޑަކުދިންނާއެކު ޣައްޒާގެ 15،000ށްވުރެ ގިނަ މީހުން މަރުވެ އެތައް ހާސް ބަޔަކު ވަނީ ގެއްލިފައެވެ.

މަރުކަޒީ މެދުވެރިކަމުގެ ދައުރެއް އަދާކުރަމުން އަންނަ ގަތަރުން ބުނީ، ހަނގުރާމަ އަލުން އިއާދަކުރުމަށް އިސްރާއީލާއި ފަލަސްތީނާއެކު މަޝްވަރާތައް ކުރިއަށްދާކަމަށާއި، ނަމަވެސް އިސްރާއީލުން ޣައްޒާއަށް އަލުން ބޮންއެޅުމުގެ ސަބަބުން މައްސަލަ ވަރަށް ގޯސްވެފައި ވާކަމަށެވެ.

އޮފިޝަލުން ވިދާޅުވާގޮތުގައި، ހަމާސްއިން ވަނީ ފަލަސްތީނުގެ 240 ގައިދީންގެ ބަދަލުގައި އިސްރާއީލުގެ 86 މީހުންނާއި 24 ބިދޭސީން ހިމެނޭގޮތުން ޖުމުލަ 110 މީހުން ދޫކޮށްލާފައެވެ. ހަމައެއާއެކު އިސްރާއީލުން ވަނީ އިރުމަތީ ގުދުސާއި ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ އެތައް ބަޔަކު ދޫކޮށްލާފައެވެ.

އެމެރިކާގެ އޮފިޝަލުން ވޯލް ސްޓްރީޓް ޖަރނަލް ނޫހަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ޣައްޒާއިން ހަމާސް ބޭރުކުރުމަށް އެހީތެރިވުމުގެ ގޮތުން ވޮޝިންޓަނުން އިސްރާއީލަށް ބޮޑެތި "ބަންކަރ ބަސްޓަރ" ބޮންތައް ދީފައިވާ ކަމަށެވެ.

މިސްރާއި ސަރަހައްދީ މަސްދަރުތަކާ ހަވާލާދީ ރޮއިޓަރސް ނިއުސް އެޖެންސީން ބުނީ، އިސްރާއީލުން ވަނީ ޣައްޒާގެ ބޯޑަރުގެ ފަލަސްތީނު ފަރާތުގައި ބަފަރ ޒޯނެއް ހަދަން ބޭނުންވާކަން އަރަބި ބައެއް ގައުމުތަކަށް އަންގާފައި ކަމަށެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ އިސްރާއީލުން ރާވާފައިވާ ރޭވުންތައް، އަވަށްޓެރި މިސްރާއި އުރުދުންގެ އިތުރުން، 2020 ވަނަ އަހަރު އިސްރާއީލާއެކު ގުޅުން ގާއިމުކުރި ޔުނައިޓެޑް އަރަބް އެމިރޭޓްސްއާވެސް ގުޅިފައިވާ ކަމަށެވެ.

ޣައްޒާގައި ހިންގަމުންދާ ހަމަނުޖެހުންތަކާއެކު, އިސްރާއީލުގެ ސޫރިޔާއާއި ލުބުނާނުގެ ބޯޑަރުތަކުގައިވެސް އަނެއްކާވެސް ހަމަނުޖެހުންތައް ވަނީ އިތުރުވެފައެވެ.

ސޫރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ދިމިޝްގުގެ ކައިރީގައި ހުރި އަމާޒުތަކަށް އިސްރާއީލުން ދިން ރޮކެޓް ހަމަލާތައް ފަހަތަށް ޖައްސާލާފައި ވާކަމަށް ސޫރިޔާގެ ދައުލަތުގެ މީޑިއާއިން ބުނެއެވެ.

އީރާނަށް ތާއީދުކުރާ ލުބުނާނުގެ ޖަމާއަތެއް ކަމަށްވާ ހިޒްބުﷲއިން ބުނީ، ބޯޑަރު ސަރަހައްދުގައި ހުންނަ އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކަށް ގިނަ ހަމަލާތަކެއް ދީފައިވާކަމަށެވެ.

ޣައްޒާފަލަސްތީނުއިޒްރޭލްދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު