Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބެލްޖިއަމްގެ ބޮޑުވަޒީރު ޑި ކްރޫ

ޣައްޒާގައި އާންމުން މެރުން ހުއްޓާލުމަށް ބެލްޖިއަމްގެ ބޮޑުވަޒީރު އެދިވަޑައިގެންފި

ޑި ކްރޫ ވިދާޅުވީ ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމަށްފަހު އަލުން ފެށުމަކީ ހިތާމަ ކުރައްވާ ކަމެއްކަމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 2 ޑިސެމްބަރު 2023 | ހޮނިހިރު 09:25
ބެލްޖިއަމްގެ ބޮޑުވަޒީރު އެލެގްޒެންޑާ ޑި ކްރޫ

ބެލްޖިއަމްގެ ބޮޑުވަޒީރު އެލެގްޒެންޑާ ޑި ކްރޫ

ޣައްޒާގައި އާންމުން މެރުން ހުއްޓާލުމަށް ބެލްޖިއަމްގެ ބޮޑުވަޒީރު އިސްރާއީލުގެ ކިބައިން އެދިވަޑައިގެންފި އެވެ.

ކޮޕް 28 ކްލައިމެޓް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ބެލްޖިއަމްގެ ބޮޑުވަޒީރު އެލެގްޒެންޑާ ޑި ކްރޫ ވިދާޅުވީ ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލާފައި އޮތުމަށްފަހު އަނެއްކާވެސް ހަމަލާތައް ދޭން ފެށުމާއި ގުޅިގެން ޣައްޒާގައި އާންމުން މެރުން ހުއްޓާލުމަށް އިސްރާއީލުގެ ރައީސް އައިޒަކް ހަރްޒޯގްގެ ކިބައިން އަމިއްލަފުޅަށް އެދިވަޑައިގެންނެވި ކަމަށެވެ.

ޑި ކްރޫ ވިދާޅުވީ މިސްރު މެދުވެރިވެގެން ވެފައިވީ އެއްބަސްވުން ހަފުތާއެއްހާ ދުވަސް ވަންދެން ދެމިއޮތުމުން ވަރަށް ބޮޑަށް އުންމީދު އާވެގެން ދިޔަކަމަށާއި، ނަމަވެސް އަލުން އަނެއްކާ ހަނގުރާމަ ފެށުމުގެ ސަބަބުން ވަރަށްބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.

ބޮމުގެ ހަމަލާތައް މެދުކަނޑާލި އިރު ގައިދީން ބަދަލުކުރުން ފަދަ އިތުރު ކާމިޔާބީތަކަށް ތައުރީފު ކުރައްވަމުން ޑި ކްރޫ ވަނީ އަލުން ހަމަލާތައް ފެށުމުން ބޮޑެތި އެހީތައް ޣައްޒާއަށް ފޯރުކޮށްދިނުމަށް ހުރަސް އެޅިފައިވާ ކަމަށްވިދާޅުވެ، ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ޑި ކްރޫ ވިދާޅުވީ އުއްމީދުގެ މަންޒަރުތަކެއް ފެނުނު ނަމަވެސް ހަމަނުޖެހުންތައް އަލުން ފެށުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.

ޣައްޒާގެ އުމްރާނީ ވަސީލަތްތަކާއި ސަޕްލައިތައް މިހާރުވެސް ހުއްޓުމަކަށް އައިސްފައިވާއިރު، ބެލްޖިއަމުން ވަނީ އިސްރާއީލަށް އަލުން ހަނގުރާމައިގެ ތެރެއަށް ނުވަނުމަށް ނުވަތަ އިންސާނީ ކާރިސާގެ ނުރައްކާ ކުރިމަތި ނުކުރުމަށް ގޮވާލާފައެވެ.

ޣައްޒާއިޒްރޭލްބެލްޖިއަމްފަލަސްތީނުދުނިޔެ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު