Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޣައްޒާގެ ހަނގުރާމަ އަލުން ފެށުން

ހަނގުރާމަ އަލުން ފެށިފަހުން 184 މީހުން ޣައްޒާއިން ޝަހީދުވެއްޖެ: އޮފިޝަލުން

2 ޑިސެމްބަރު 2023 | ހޮނިހިރު 05:29

ސިއްހީ އޮފިޝަލުން އިންޒާރު ދެމުންދަނީ، ޣައްޒާގެ ހަނގުރާމަ އަލުންފެށިފަހުން މަރުވާރޭޓް މަތިވެފައިވާއިރު، ކުރިއަށް އޮތްދުވަސްތަކުގައި ގިނަބައެއްގެ ފުރާނަ ގެއްލިދާނެ ކަމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 2 ޑިސެމްބަރު 2023 | ހޮނިހިރު 05:29
ހަމަލާތައް އަލުން ފެށިފަހުން ޣައްޒާއިން ޝަހީދުވި ކުޑަކުއްޖަކު ގޮވައިގެން މީހަކު ދަނީ

ހަމަލާތައް އަލުން ފެށިފަހުން ޣައްޒާއިން ޝަހީދުވި ކުޑަކުއްޖަކު ގޮވައިގެން މީހަކު ދަނީ

ޣައްޒާ ސިޓީ (ޑިސެމްބަރ 2) – އިސްރާއިލާއި ހަމާސްގެ ހަނގުރާމަ ވަގުތީގޮތުން ހުއްޓާލުމުގެ މުއްދަތު ހަމަވެ، ހުކުރު ދުވަހު އަލުން އެ ހަމަލާތައް ބަދަލު ކުރަން ފެށިފަހުން އިސްރާއީލުގެ އަސްކަރީ ހަމަލާތަކުގައި ފަލަސްތީނުގެ 184 މީހުން މަރުވެ، 589 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ އިދާރާތަކުން ބުނެފި އެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާގެ އޮފިޝަލުން ވިދާޅުވީ ހަމަނުޖެހުންތައް އަލުން ފެށިފަހުން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ދިން ބޮމުގެ ހަމަލާތަކުގެ އަސަރު 20 އަށް ވުރެ ގިނަ ގޭބިސީއަށް ކޮށްފައިވާ ކަމަށެވެ. އެމީހުން ލަފާކުރާ ގޮތުގައި، ކަނޑުގެ އައްސޭރިފަށުގެ ސަރަޙައްދުތަކަށް ވައިގެ މަގުން ދެމުންދާ ހަމަލާތަކުގެ ސަބަބުން، މަރުތައް އިތުރުވެގެން ދާނެއެވެ.

ހަމަލާތައް ވަގުތީ ގޮތުން މެދުނކަނޑާލީ މިސްރު މެދުވެރިވެގެން ވެވުނު އެއްބަސްވުމުގެ ދަށުންނެވެ. އެއެއްބަސްވުމުގެ ދަށުން ހަމަލާ ބަދަލުނުކޮށް ތިބީ ގާތްގަޑަކަށް ހަފްތާއެއްހާ ދުވަހުއެވެ.

މަހަކަށްވެރުވެސް ގިނަދުވަސްވަންދެން ބަދަލުކުރެވުމުން ދިޔަ ހަމަލާތައް ހަފްތާއަކަށް ނަމަވެސް މެދުކަނޑާލުމުން އިސްރާއިލާއި ހަމާސްގެ ހަނގުރާމަ ދާއިމީކޮށް ދެމެހެއްޓެނިވި ގޮތެއްގައި ނިމުމަކަށް ގެނެވިދާނެ ކަމުގެ އުއްމީދު ބޮޑުވިއެވެ. ނަމަވެސް އެ އުންމީދުގެ ހުޅުކޮޅު އަނެއްކާވެސް ނިވުނީ ހުކުރު ދުވަހުގެ ފަތިހު އިސްރާއީލަށް ހަމާސްގެ ރޮކެޓްހަމަލާތަކެއް ދިން ކަމަށްބުނެ އަލުން ޣައްޒާއަށް އިސްރާއީލުން ހަމަލާދޭން ފެށުމުންނެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލްގެ ނިރުބަވެރިން ފަލަސްޠީނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށްވަނީ  ފަލަސްޠީނުގެ 15،000 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައެވެ. އަދި ހަމަލާތައް އަލުން ފެށުނު ފަހުން އިސްރާއީލްގެ އަނިޔާވެރި ހަމަލާތަކުގައި ޣައްޒާއިން މަރުވަމުންދާ މީހުންގެ ރޭޓަށް ބަލާއިރު، ކުރިއަށްއޮތް ދުވަސްތަކުގައި ގިނަބައެއްގެ ފުރާނަ ގެއްލިދާނެކަމުގެ ބިރު އޮތް ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން އިންޒާރު ދެނީ، ލޮކްޑައުންގެ ސަބަބުން ހަލާކުވެފައިވާ ޣައްޒާގެ ސިއްހީ ނިޒާމަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކުގެ ސަބަބުން ޣައްޒާގެ ޙާލަތު ރަނގަޅު ކުރުމަށް އޮތް ހުރަސްތައް އިތުރަށް ބޮޑުވަމުން ދާނެ ކަމަށެވެ.

ޣައްޒާގެ މުވާސަލާތީ ޚިދުމަތްތައްވެސް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު، ދުނިޔެއާއި ޣައްޒާއާ ދެމެދު މުވާޞަލާތު ކުރުމަށް ދިމާވާ ދަތިތައްވެސް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ފާހަގަކުރެއެވެ.

އިސްރާއީލާއި ހަމާސްއާއި ދެމެދު ކުރިމަތިލުންތައް އަލުން ފަށާފައިވާއިރު، އިސްރާއިލްގެ ހަމަލާތަކުގެ ރައްދުގައި ހަމާސްއާއި، ފަލަސްތީނުގެ އެހެނިހެން ހަނގުރާމަވެރި ޖަމާޢަތްތަކުންވެސް އިސްރާއީލަށް ރައްދު ހަމަލާތައް ދެމުންދާކަމަށް ބައެއް ރިޕޯޓްތައްބުނެއެވެ.

ސިއްހީ އޮފިޝަލުންނާއި، ކަމާބެހޭ އެހެނިހެން އިދާރާތަކުން ގޮވާލަމުންދަނީ ވަގުތުން ވަގުތަށް ހަނގުރާމަ ހުއްޓާލުމަށެވެ.

ޣައްޒާފަލަސްތީނުއިޒްރޭލްދުނިޔެ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް