Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުގުދުސްގައި ދިން ހަމަލާ

ގުދުސްގެ ބަސް ސްޓޮޕެއްގައި ބަޑިޖެހުމުގެ ސަބަބުން ތިން މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެ

30 ނޮވެމްބަރު 2023 | ބުރާސްފަތި 12:33

އިސްރާއީލު ސަރުކާރުން މިހާރު ނިންމާފައިވަނީ އަމިއްލަ ސަލާމަތަށްކަމަށް ބުނެ، އިސްރާއީލު ރައްޔިތުންނަށް ހަތިޔާރު ދިނުމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 30 ނޮވެމްބަރު 2023 | ބުރާސްފަތި 12:33
ބަޑިޖެހުމުގެ ހާދިސާގައި އަނިޔާވި މީހުން ވަނީ ކައިރި ހޮސްޕިޓަލްތަކަށް ގެންގޮސްފައި

ބަޑިޖެހުމުގެ ހާދިސާގައި އަނިޔާވި މީހުން ވަނީ ކައިރި ހޮސްޕިޓަލްތަކަށް ގެންގޮސްފައި

ގުދުސްގެ ބޭރުގައި ހުންނަ ބަސް ސްޓޮޕެއްގައި ހަތިޔާރު އެޅި ދެ މީހަކު ބަޑިޖެހުމުގެ ސަބަބުން ތިން މީހަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވެފައިވާކަމަށް އިސްރާއީލުގެ ފުލުހުން ބުނެފިއެވެ. ހަމަލާދިން މީހުން ވެސް ވަނީ މަރުވެފައެވެ.

ފުލުހުން ބުނީ ބުރާސްފަތި ދުވަހުގެ ހެނދުނު ހިންގި މި އަމަލުގެ ސަބަބުން 16 މީހަކަށް އަނިޔާވެފައި ވާކަމަށެވެ. އިސްރާއީލުގެ އެމްބިއުލާންސް ސަރވިސްއިން ބުނީ، އިމަޖެންސީ ސަރވިސަސްއިން ވަނީ ސީރިއަސް ޒަޚަމްވި މީހުންގެ ތެރެއިން އަށް މީހަކު ކައިރި ހޮސްޕިޓަލްތަކަށް ގެންގޮސްފައި ކަމަށެވެ.

ހުޅަނގު ގުދުސްގެ ފުލުހުން ބުނީ ހަތިޔާރު އެޅި މީހުން "ހަތިޔާރު ހިފައިގެން ދިޔަ ވެހިކަލެއްގައި" އެތަނަށް ދިޔަކަމަށެވެ. އެ ހަތިޔާރުތަކުގެ ތެރޭގައި އެމް 16އަކާއި ފިސްތޯލައެއް ތެރޭގައި ހިމެނޭ ކަމަށާއި، ބަސް ސްޓޭޝަންގައި ތިބި އާންމުންނާ ދިމާއަށް ބަޑި ޖަހާފައިވާ ކަމަށެވެ.

އިރުމަތީ ގުދުސްއަށް ނިސްބަތްވާ ބަޔަކު ދިން މި ހަމަލާތައް ދީފައިވަނީ ސަލާމަތީ ބާރުތަކާ ކައިރީގައި ހުރި އާންމު ރައްޔިތަކު ކަމަށް ފުލުހުން ބުނެއެވެ. އަދި އެމީހުންގެ ކާރުގެ ތެރެއިން ހަތިޔާރާއި ގޮވާތަކެތި ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

އިސްރާއީލުގެ ޗެނަލް 12 ޓީވީން ގެނެސްދިން ސެކިއުރިޓީ ކެމެރާ ފުޓޭޖުން ފެންނަނީ، ހަމަލާ ދިން ވަގުތު، ތޮއްޖެހިފައިވާ ބަސް ސްޓޮޕެއް ކައިރީގައި ހުދުކުލައިގެ ކާރެއް ހުއްޓިތަނެވެ. އެއަށްފަހު ދެމީހަކު ނުކުމެ، ހަތިޔާރުތައް ނަގައި، ބަޑިޖަހަމުން، މީހުންނާ ދިމާއަށް ދުވަމުން ދިޔައެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ހަމަލާދިން މީހުން މަރާލައެވެ.

މެޖެން ޑޭވިޑް އަޑޮމް އިމަޖެންސީ ސަރވިސްއިން ބުނީ، މަރުވި މީހުންގެ ތެރޭގައި އުމުރުން 24 އަހަރުގެ އަންހެނަކު ހިމެނޭ ކަމަށެވެ. ޝާރޭ ޒެޑެކް މެޑިކަލް ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވަނީ އުމުރުން 73 އަހަރުގެ ފިރިހެނެކެވެ. އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ތިންވަނަ މީހަކުވެސް މަރުވެފައިވަނީ ޒަޚަމްތަކަކާ ގުޅިގެންނެވެ.

އެމްބިއުލާންސް ސަރވިސްއިން ފުރަތަމަ ބުނީ، ޒަޚަމްވި މީހުންގެ ތެރެއިން ފަސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށާއި، ދެ މީހަކަށް އާދައިގެ ވަރަކަށް އަނިޔާވެފައިވާކަމަށެވެ.

މި ހާދިސާ ހިނގާފައި މިވަނީ ، އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުޑަ އިރުކޮޅެއް ކުރިން އިސްރާއީލާއި ހަމާސްއިން ހަތްވަނަ ދުވަހަށް ހަނގުރާމައިގެ މުއްދަތު އިތުރުކުރަން އެއްބަސްވެފައިވާ ދަނޑިވަޅެއްގައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުރާސްފަތި ދުވަހު ބުނީ، ޣައްޒާގައި ހިންގަމުންދާ ހަނގުރާމަތައް ވަގުތީގޮތުން މެދުކަނޑާލާފައި އޮންނާނީ "ހަމާސްއިން ހައްޔަރު ކޮށްފައިވާ މީހުން ދޫކޮށްލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މެދުވެރިން ކުރަމުންދާ މަސައްކަތްތަކަށް ރިއާޔަތްކޮށް، އަދި އެއްބަސްވުމުގެ ޝަރުތުތަކާ އެއްގޮތަށް" ކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ، ގުދުސްގައި މިއަދު ދިން ބަޑީގެ ހަމަލާގައި ތިން މީހަކު މަރުވުމާ ގުޅިގެން އާންމުންނަށް ހަތިޔާރު ބެހުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.

އޭނާ ވަނީ އެތަނުގައި ތިބި ހަތިޔާރު އެޅި އާންމު މީހަކު، ދެ ސިފައިންނާއެކު ހަމަލާދިން މީހުން މަރާލުމުން އެކަމަށް ތައުރީފުކުރައްވާފައެވެ.

އޭނާ މިހެން ވިދާޅުވެފައި މިވަނީ ހަރުކަށި ފިކުރުގެ ގައުމީ ސަލާމަތާބެހޭ ވަޒީރު ބެން-ގްވީރު އެފަދަ ވާހަކަތަކެއް ދެއްކެވިތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ.

ޣައްޒާޤުދުސްއިޒްރޭލްދުނިޔެފަލަސްތީނު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް