Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމީހަކު ރަހީނު ކުރި މައްސަލަ

ހިޔާ ޓަވަރުގައި މީހަކު ރަހީނުކުރީ މަސްތުވާތަކެތީގެ ވިޔަފާރީގެ ދެބަސްވުމެއްގައި - ފުލުހުން

14 ނޮވެމްބަރު 2024 | ބުރާސްފަތި 14:26

ހައްޔަރުކުރި މީހުންގެ ތެރޭގައި ފުލެޓުގެ ވެރިމީހާ ހިމެނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 ނޮވެމްބަރު 2024 | ބުރާސްފަތި 14:26
ހިޔާ ޓަވަރުގައި މީހަކު ރަހީނުކުރި މައްސަލާގައި ހައްޔަރުކުރި މީހުން

ހިޔާ ޓަވަރުގައި މީހަކު ރަހީނުކުރި މައްސަލާގައި ހައްޔަރުކުރި މީހުން

ހިޔާ ޓަވަރުގައި މީހަކު ރަހީނުކުރީ މަސްތުވާތަކެތީގެ ވިޔަފާރީގެ ދެބަސްވުމަކާއި ގުޅިގެން ކަމަށް ފުލުހުން ބުނެފިއެވެ.

12 މީހުންގެ ގްރޫޕަކުން ހުޅުމާލޭ ހިޔާ ޓަވަރުގައި ރަހީނު ކުރި މީހަކު ފުލުހުން ސަލާމަތްކޮށްފައިވަނީ 7 ވަނަ ދުވަހުއެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި ރަހީނު ކުރި މީހާ ސަލާމަތްކުރި އިރު އެމީހާގެ ބޯ ބާލާފައިވާ ކަމަށާއި އަދި ސީނަށް ފުލުހުން ދިޔައިރު އޭނާގެ އިނގިލިތައް ބުރިކޮށްލުމަށް 12 މީހުންގެ ގޭންގުން ދިޔައީ ތައްޔާރުވަމުން ކަމަށެވެ. މީގެއިތުރުން އެހެން ޖިސްމާނީ އަނިޔާއެއް ރަހީނުކޮށްފައި ހުރި މީހާއަށް ލިބިފައިވާ ކަން ފާހަގަނުވާ ކަމަށް ފުލުހުން ބުނެއެވެ.

Advertisement - newsAdvertisement

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާއި ގުޅޭގޮތުން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ދާއޫދު ވިދާޅުވީ، ރަހީނުކޮށް ބޯބާލާފައި ހުރި މީހާއާއި، ރަހީނުކުރުމުގައި ބައިވެރިވި 12 މީހުންނާއި ގުޅުން އޮތްކަމަށް ތަހުގީގަށް ފާހަގަކުރެވޭ ކަމަށެވެ. އަދި އެއީ މަސްތުވާތަކެތީގެ ވިޔަފާރިއާއި ގުޅޭ ގުޅުންތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދާއޫދު ވިދާޅުވީ ތަހުގީގުން އައިޑެންޓިފައިވާގޮތުގައި ބޮޑަށް ބެލެވެނީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ތެރޭގައި އުފެދުނު ދެބަސްވުމުގެ ތެރެއިން އެމީހާ ރަހީނުކޮށް އަނިޔާ ދީފައިވާ ކަމަށެވެ.

މީހާ ރަހީނުކޮށްފައިވާ ފުލެޓަކީ މީގެ ކުރިންވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަލާ ފާސްކޮށްފައިވާ ތަނެކެވެ. މީގެ އިތުރުން މި މައްސަލައިގައި ފުލެޓުގެ ވެރި މީހާ ވެސް ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ސީރިއަސް އެންޑް ހައި އިމްޕެކްޓް ކްރައިމް ޔުނިޓުގެ އިނިސްޕެކްޓަރު އަލީ އިސްމާއިލް ވިދާޅުވީ ހިޔާ ފުލެޓުގެ އެޕާޓްމަންޓަށް ފުލުހުން ވަތް އިރު 12 މީހުން ތިބި ކަމަށެވެ. އަދި އެ މީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށް ބެލެވިގެން އެ މީހުންގެ ކުޑަކަމުދާތަކެތި ޓެސްޓް ކުރުމަށް ސާމްޕަލް ނެގުމަށް އެދުމުން، އެކަމަށް ހުއްދަ ދިނީ އެންމެ މީހެކެވެ. އަދި އެމީހަކީ ފުލެޓުގެ ވެރިފަރާތް ކަމަަށެވެ. އެއީ ލ. މާވަށް، ޖަމީލާ މަންޒިލް، އާދަމް ހުސެއިންއެވެ. އަލީ ވިދާޅުވީ އޭނާ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ކަމަށެވެ.

ހިޔާ ޓަވަރުގައި މީހަކު ރަހީނުކޮށްފައި ހުރީ ހިޔާ 9ވަނަ ޓަވަރުގެ 20 ވަނަ ފަންގިފިލާގެ 11 ވަނަ އެޕާޓްމަންޓްގައެވެ. މިމައްސަލާގައި ހައްޔރުކުރި 12 މީހުންގެ ބަންދަށް ވަނީ މުއްދަތު ޖަހާފައެވެ.

މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ 7 ނޮވެންބަރު 2024 ވީ ބުރާސްފަތި ދުވަހުގެ ރޭ 19:40 ހާއިރެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރަހީނުކޮށްފައިވަނީ 31 އަހަރުގެ ފިރިހެނެކެވެ. އެމީހާ ހުރީ ހިޔާ ޓަވަރުގެ 20 ވަނަ ފަންގިފިލާގައި ކަން އެނގުމުން ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓްގެ ދޮރު ވައްޓާލައިގެން ފުލުހުން އެތަނަށް ވަދެ އެމީހާ ވަނީ ސަލާމަތްކޮށްފައެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި ރަހީނު ކުރި މީހާ ސަލާމަތްކުރި އިރު އެމީހާގެ ބޯ ބާލާފައިވާ ކަމަށާއި އަދި ސީނަށް ފުލުހުން ދިޔައިރު އޭނާގެ އިނގިލިތައް ބުރިކޮށްލުމަށް 12 މީހުންގެ ގޭންގުން ދިޔައީ ތައްޔާރުވަމުން ކަމަށެވެ. މީގެއިތުރުން އެހެން ޖިސްމާނީ އަނިޔާއެއް ރަހީނުކޮށްފައި ހުރި މީހާއަށް ލިބިފައިވާ ކަން ފާހަގަނުވާ ކަމަށް ފުލުހުން ބުނެއެވެ.

ހޮނިހިރު ދުވަހު ފުލުހުން ބުނީ މި މައްސަލައިގައި 12 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭގެ ތެރެއިން 5 މީހަކު 5 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށާއި، ބާކީ ތިބި 7 މީހުން 7 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި އަދި އިތުރު ބަޔަކު ބައިވެރިވެފައިވޭތޯ އާއި މައްސަލައިގެ ތަހުގީގު ކުރިއަށް ދާކަމަށް ފުލުހުން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް