Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔާމީނާއި ކަރެކްޝަންސްގެ އިޤުރާރު

ޔާމީނު ޕާޓީ އޮފީހަށް ވަޑައިގެންނެވި މައްސަލައިގައި ފިޔަވަޅު އަޅަން ޖެހިއްޖެނަމަ އަޅާނަން: ކަރެކްޝަންސް

ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ފަރާތްތަކާ ބައްދަލު ކުރައްވާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 ނޮވެމްބަރު 2023 | ހޯމަ 08:18
ކުރީގެ ރައީސް އަބްދުﷲ ޔާމީނު ޕީއެންއެފް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ އޮފީހަށް ވަޑައިގެންނެވުން

ކުރީގެ ރައީސް އަބްދުﷲ ޔާމީނު ޕީއެންއެފް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ އޮފީހަށް ވަޑައިގެންނެވުން

ކުރީގެ ރައީސް އަބްދުﷲ ޔާމީނު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ އޮފީހަކަށް ވަޑައިގެންނެވި މައްސަލައިގައި ފިޔަވަޅު އަޅަން ޖެހިއްޖެނަމަ އަޅާނެކަމަށް މޯލްޑިވްސް ކަރެކްޝަންސް ސަރވިސަސްއިން ބުނެފިއެވެ.

ޔާމީން އިސްވެ ހުންނަވައި އުފައްދަވަން ނިންމަވާފައިވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ އޮފީހަށް އެމަނިކުފާނު ވަޑައިގެން، ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ފަރާތްތަކާ ބައްދަލު ކުރައްވާފައިވާއިރު، އެ މައްސަލަ ކަރެކްޝަންސްއިން ބަލާނެކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ކަރެކްޝަންސްއިން ބުނީ، އެކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅެއް އެ އިދާރާއިން އަޅާނެކަމަށެވެ.

ކަރެކްޝަންސްއިން ޔާމީނާއެކު ވެފައިވާ އިގުރާރާ ޚިލާފަށް އަމަލުތައް ބަހައްޓަވަމުން ގެންދަވާނަމަ އެކަން ބަލާނެކަމަށް އެ އިދާރާއިން މީގެ ކުރިންވެސް ބުނެފައިވެއެވެ.

ޔާމީނުގެ ވެރިކަމުގައި ޖަލުތަކާއި ޕެރޯލް ޤާނޫނަށް ގެނައި އިސްލާޙުގައިވާ ގޮތުން، ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކަށް އާންމު މެންބަރެއްގެ ޙައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލުވެރި ފަރާތެއްގެ ގޮތުގައި ހުރުމާއި، އެ ތަންތަނުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ވެސް ޙުކުމެއް ތަންފީޒު ކުރުމަށްޓަކައި ޖަލުގައި ބަންދުކޮށްފައި ހުންނަ މުއްދަތުގައި ލިބިގެން ނުވާކަމަށް ވަނީ ބަޔާންކޮށްފައެވެ.

ކަރެކްޝަންސްއަށް އެންގުމަށްފަހު، ކޮންމެހެން ބައްދަލު ކުރުމަށް އެދޭ ފަރާތްތަކާއި ބައްދަލު ކުރުމުގެ ފުރުސަތު ދޭގޮތަށް ޔާމީނަށް ލުއިތައް ދެވިފައިވާއިރު، ޔާމީނު ބައްދަލުވުންތައް ބާއްވަވަމުން ގެންދަވަނީ ކަރެކްޝަންސްއަށް ނާންގައިކަމަށްވާ ނަމަ، އިޤުރާރާ ޚިލާފުވީކަމަށް ބަލައި ފިޔަވަޅު އެޅޭނެއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގައެވެ. އެ ހުކުމާއެކު ޖަލު ބަންދުގައި ހުންނެވުމަށްފަހު އެމަނިކުފާނު ގެކޮޅަށް ބަދަލުކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު