Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތިލަމާލެ ބުރިިޖު

ތިލަމާލެ ބުރިޖު ވިލިމާލެއާ ގުޅާލައި ނިމޭނީ 2025ގައި، އެއްކޮށް 2026ގައި ނިމޭނެ: ވަޒީރު

ކުރީގެ ޝެޑިއުލުގެ އަންދާޒާގެ ދަށުން، ބުރިޖުގެ މުޅި އަމަލީ މަސައްކަތް ނިންމާލެވޭނެ ކަމަށް އޮތީ 2024 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2023 | ބުރާސްފަތި 15:17
ތިލަމާލެ ބުރިޖުގެ ތުރީޑީ ފޮޓޯއެއް

ތިލަމާލެ ބުރިޖުގެ ތުރީޑީ ފޮޓޯއެއް

ތިލަމާލެ ބުރިޖުގެ މަޝްރޫއުގައި ހިމެނޭ، މާލެއާއި ވިލިމާލޭގެ ބުރިޖުގެ މަސައްކަތް 2025 ވަނަ އަހަރުގައި ނިމޭނެކަމަށާއި، މުޅި ބުރިޖުގެ މަސައްކަތް 2026 ވަނަ އަހަރަށް ނިންމާލަން ޝެޑިއުލްކޮށްފައިވާ ކަމަށް އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ތިލަމާލެ ބުރިޖުގެ އެންމެ ފަހުގެ އަދާހަމަތައް ދެމުން ވަޒީރު ވިދާޅުވީ، ކުރީގެ ޝެޑިއުލުގެ އަންދާޒާގެ ދަށުން، ބުރިޖުގެ މުޅި އަމަލީ މަސައްކަތް ނިންމާލެވޭނެ ކަމަށް އޮތީ 2024 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ކަމަށެވެ.

Advertisement - newsAdvertisement

އެހެން ނަމަވެސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން، ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ބުރިޖުގެ މަސައްކަތްތަކުގެ ސަޕްލިމެންޓަރީ އެއްބަސްވުމެއްގައި ސޮއިކޮށްފައިވުމުން، އެ އެއްބަސްވުމުގެ ދަށުން ބުރިޖުގެ މަސައްކަތް އިތުރު 2 އަހަރަށް ދިގުލައިގެން ދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެފްކޮންސްއާ ދިވެހި ސަރުކާރުން އެ ދުވަހު ސޮއިކުރި ސަޕްލިމަންޓްރީ އެގްރިމަންޓުގަ، މަސައްކަތް ނިންމަން އޮތީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު 30އާ ހަމައަށް،" ވަޒީރު ވިދާޅުވިއެވެ.

މުޅި ބުރިޖުގެ މަސައްކަތުގެ ތަފްސީލުތައް ދެއްވަމުން ވަޒީރު ވިދާޅުވީ، ބުރިޖުގެ މަސައްކަތްތައް ބެހިފައިވަނީ ޖުމްލަ ދެ ބައެއްގެ މައްޗަށް ކަމަށެވެ. ވަޒީރު ވިދާޅުވި ގޮތުގައި އެއީ މާލެއިން ގުޅީފަޅާއި ހަމައަށް ގުޅާލުމާއި އަދި ގުޅީފަޅުން ފެށިގެން ތިލަފުއްޓާ ހަމައަށް ގުޅާލުމެވެ.

"ސެކްޝަން އޭގެ މަސައްްކަތް ނިންމުމަށް އެއްބަސްވީ 27 މަސްދުވަހުން. އެއީ 14 ޑިސެމްބަރު 2023ށް. ސެކްޝަން ބީގެ މަސައްކަތް ނިންމުމަށް އެއްބަސްވީ 32 މަސް ދުވަހުގެ ތެރޭގަ. އެއީ 17 މޭ 2026ށް." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މަސައްކަތް ލަސްވުމަށް ބަލާއިރު، މަސައްކަތްތައް އެންމެ ފުރަތަމަ ފެށުނުއިރު ކުރިއަށް ދިޔައީ ދާންޖެހޭ ވަރަށް ކަމަށާއި، އެހެން ނަމަވެސް އެ މަސައްކަތްތައް ފަހުން ވަރަށް ބޮޑަށް ލަސްވިކަމަށެވެ.

އެހެންކަމުން މަސައްކަތުގެ އަވަސްމިނަށް ބަލާއިރު، ކުރިން ކަނޑައެޅި 2024 ވަނަ އަހަރަށް އެ މަސައްކަތް ނުނިންމޭނެކަން އެފްކޮންސްއަށްވެސް ޔަގީންވި ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވިގޮތުގައި، ސަޕްލިމެންޓަރީ އެއްބަސްވުމެއްގައި، ސަރުކާރާއި އަދި އެފްކޮންސްއިން ސޮއިކުރީ އެހާ ހިސާބުންނެވެ.

"މަސައްކަތް ލަސްވެގެން ދިޔައިމަ ކޮންޓްރެކްޓަރަށް އެ އަރާ ޖޫރިމަނާގެ އަދަދަކީވެސް ބޮޑު އަދަދެއް. ދެ ފަރާތުން މަޝްވަރާކޮށްފަ 16 ނޮވެމްބަރު 2023ގަ ސަޕްލިމެންޓްރީ އެގްރިމެންޓެއްގަ ސޮއިކޮށްފަ އޮތީ،" މުއްތަލިބު ވިދާޅުވިއެވެ.

އެހެން ނަމަވެސް މުއްތަލިބު ވިދާޅުވީ، މަސައްކަތް ދިގުލައިގެން ދިޔަނަމަވެސް، އެ މަޝްރޫއުގެ އަގަށް އިތުރު ބަދަލެއް އައިސްފައެއް ނުވާކަމަށެވެ. އަދި ކުރީ ސަރުކާރާ އެފްކޮންސްއާ ދެމެދު ކުރެވުނު އެއްބަސްވުމަށް އިހުތިރާމު ކުރައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖްހައުސިންގް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

12 ޑިސެމްބަރު 2025
ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ  67 ޕަސެންޓްގެ މަސައްކަތް

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ 67 ޕަސެންޓްގެ މަސައްކަތް

11 ޑިސެމްބަރު 2025
ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

06 ޑިސެމްބަރު 2025
ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު