Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފްލެޓްގެ މައްސަލަ

ގެދޮރުވެރިޔާ ސްކީމް: "76ން މަތިން މާކްސް ލިބުނު ފަރާތްތަކެއްގެ ގުރު ނުނަގާ ހުރި ކަމަށް ބުނަނީ ދޮގެއް"

ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭގޮތަށް މައުލޫމާތު ނުފެތުރުމަށް އަކްރަމް އިލްތިމާސްކުރެއްވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 4 އޯގަސްޓު 2025 | ހޯމަ 14:36
ކުރީގެ ސްޓޭޓް މިނިސްޓަރ އަކުރަމް ކަމާލުއްދީން

ކުރީގެ ސްޓޭޓް މިނިސްޓަރ އަކުރަމް ކަމާލުއްދީން

ގެދޮރުވެރިޔާ ސްކީމްގެ ދަށުން، ފްލެޓަށް އެދި ހުށަހަޅާ 76ން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ގުރު ނުނަގާ ހުރި ކަމަށް ދެކެވޭ ވާހަކަތައް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ދޮގުކުރައްވައިފިއެވެ.

އަކްރަމް އެފަދައިން ވިދާޅުވީ އޭނާ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ކުރީގެ ސަރުކާރުން ހިންގާފައިވާ ގެދޮރުވެރިޔާ ސްކީމުން 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކެއް، ގުރުއަތުގައި ބައިވެރި ނުކޮށް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށްބުނެ ހައުސިންގ މިނިސްޓްރީން ކުރި އިއުލާނަކީ ރައްޔިތުންނަށް އޮޅޭގޮތަށް ކޮށްފައިވާ އިއުލާނެއް ކަމަށް ވެސް އަކްރަމް ވަނީ ވިދާޅުވެފައެވެ.

ގެދޮރިވެރިޔާ ސްކީމަށް ދެމަފިރިން ވަކިން ފޯމު ހުށަހަޅައިގެން ޝަރުތު ހަމަވެ ދެމަފިރިންނަށްވެސް ފުލެޓް ލިބޭވަރަށް މާކްސް ލިބިފައިވާނަމަ، ދެމަފިރިންނަށް ލިބޭނީ 1 ފުލެޓް ނުވަތަ، ދެމަފިރިންގެ ތެރެއިން ކަނޑައަޅާ 1 ފަރާތަކަށް ލިބޭނީ އެއް ފުލެޓް ކަމަށް މިނިސްޓްރީޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، އެންޑް އިންފްރާސްޓްރަކްޗަރ އިން 15 ނޮވެމްބަރ 2023 ގައި ކޮށްފައިވާ ނަމްބަރ: 471-HDS/471/2023/35 (IUL) އިއުލާނުގައި ބަޔާންކޮށްފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެހެންމެ 15 ނޮވެމްބަރު 2023 ގެ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޢަމަލުކުރުމުގެ ބޭނުމަށް ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބުމަށް ޝަރުޠު ހަމަވި ފަރާތްތަކުގެ ތެރެއިން އަނބިމީހާ އަދި ފިރިމީހާއަށް ފްލެޓް ލިބުމުގެ ޝަރުޠު ހަމަވެފައިވާނަމަ އެ ފަރާތްތައް ގުރަށް ނުގެންގޮސް އެ 2 ފަރާތަށް 1 ފުލެޓް ނުވަތަ އެ 2 ފަރާތުންކުރެ ކަނޑައަޅާ ފަރާތަކަށް 1 ފުލެޓް ދިނުމަށްޓަކައި، ރިޒާވުގައި ފްލެޓް ބަހައްޓައި އަދި އެފަރާތްތަކަކީ ކޮބައިކަން އެނގޭނެހެން އެފަރާތްތައް ވަކިން ލިސްޓްކޮށްފައިވާނެ ކަމަށް އަކްރަމް ވަނީ ވިދާޅުވެފައެވެ.

އަދި 4000 ފުލެޓް ލިބޭ ފަރާތްތަކުގެ ގުރުއަތު ނެގުން ކުރިއަށް ގެންގޮސްފައި ވާނީ މޯލްޑިވްސް ކަސްޓަމްސް ސާވިސް އަށް އެކަށައަޅާފައިވާ 100 ފުލެޓާއި، ދެމަފިރިން ވަކިން ހުށަހަޅައިގެން ޝަރުތު ހަމަވެ، ފުލެޓް ލިބޭ މިންވަރަށް މާކްސް ލިބިފައިވާ ދެމަފިރިންނަށް 1 ފުލެޓް ހިމެނޭހެން އެ އެފަރާތްތަކަށް ފުލެޓް ހޯލްޑްކުރުމަށް ފަހުގައި ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އަކްރަމް ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން މި މަސައްކަތް ކޮށްފައިވަނީ ދައުލަތުގެ މަސައްކަތެއްގެ ގޮތުގައި ބަލައިގެން މިނިސްޓްރީގެ ސިވިލްސާވިސް މުވައްޒަފުންނަށް މިދެންނެވި ހުރިހާ މައުލޫމާތަކާއި ކަންކަން އިނގޭނޭހެންނެވެ. އަދި އެ މަސައްކަތް ކުރީ ސިޔާސީ ފަރާތްތައް ބަދަލުވީ ކަމުގައި ވީނަމަވެސް މިނިސްޓަރީން ކޮށްފައިވާ އެއްވެސް މަސައްކަތެއް ގެއްލިގެން ނުދާނޭހެން ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

އެހެންނަމަވެސް ސަރުކާރު ބަދަލުވެ މިނިސްޓްރީއާއި ހަވާލުވި ސިޔާސީ ބޭފުޅުން ވަޑައިގެން މިނިސްޓަރީގައި އެ މަސައްކަތުގައި އުޅުއްވި ފަރާތްތައް އެކަހެރިކޮށް ރަނގަޅަށް ކަންހިނގާފައިވާ ގޮތް ނުބަލާ ކަމަށް އޭނާ ވިދާޅުވިއެވެ. މި މަސައްކަތް ކުރުމުން ގެންދިޔުމުގެ ސަބަބުން ގެދޮރުވެރިޔާ ސްކީމުގެ ކަންކަން އޮޅުންބޮޅުން ކޮށްލައި ރައްޔިތުންނަށް އޮޅުންއަރާހެން ދޮގު މައުލޫމާތު ދެއްވަމުން ދާތަން މިވަނީ ފެނިގެންގޮސްފަކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ގެދޮރުވެރިޔާ ސްކީމު ފަދަ ރައްޔިތުންނާ ގުޅުންހުރި ހައްސާސް މައްސަލަތަކުގައި ކަން ހިނގާފައިވާގޮތް ނުބަލައި ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭގޮތަށް، ގަސްތުގައި ވިޔަސް އަދި ގަސްތުގައި ނޫން ކަމުގައިވީނަމަ ވެސް މައުލޫމާތު ފެތުރުމަކީ ވަރަށް ޒިންމާދާރުކަންކުޑަ އަމަލެއް ކަމުގައި އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އަކްރަމް ކަމާލުއްދީންގެދޮރުވެރިޔާ ސްކީމްހައުސިންގް މިނިސްޓްރީހައުސިން މަޝްރޫޢުސިވިލް ސަރވިސްކަސްޓަމްސް ސަރވިސް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

12 ޑިސެމްބަރު 2025
ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟
11 ޑިސެމްބަރު 2025

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ
09 ޑިސެމްބަރު 2025

ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް

09 ޑިސެމްބަރު 2025
ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް
06 ޑިސެމްބަރު 2025

ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

06 ޑިސެމްބަރު 2025
ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް
04 ޑިސެމްބަރު 2025

ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

04 ޑިސެމްބަރު 2025
ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް
27 ނޮވެމްބަރު 2025

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

27 ނޮވެމްބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި
17 ނޮވެމްބަރު 2025

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!
16 ނޮވެމްބަރު 2025

މާލެ ސަރަހައްދުން 7،500 ފްލެޓާއި 15،000 ގޯތި ދޫކުރާ ސްކީމެއް

16 ނޮވެމްބަރު 2025
މާލެ ސަރަހައްދުން 7،500 ފްލެޓާއި 15،000 ގޯތި ދޫކުރާ ސްކީމެއް
14 ނޮވެމްބަރު 2025

މުއިއްޒު ސަރުކާރުން ފްލެޓް އަތުލަނީ މާލޭގައި 15 އަހަރު އުޅުނުކަން ސާބިތު ނުވާ ކަމަށް ބުނެ، އެކަމަކު ފުލެޓް ލިސްޓު ވެރިފައި ކުރި އިރު އެކަން ނުބަލާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި!

10 ނޮވެމްބަރު 2025

މުއިއްޒު ސަރުކާރުން ބޮޑު ކުރި މުސާރަ އާ އެކު ލީގަލް އޮފިސަރުންގެ މުސާރަ އާއި އިނަޔާތްތައް ކުޑަވެ، 10 ތަނަކަށް ޕެޓިޝަން ހުށަހަޅައިފި

10 ނޮވެމްބަރު 2025
މުއިއްޒު ސަރުކާރުން ބޮޑު ކުރި މުސާރަ އާ އެކު ލީގަލް އޮފިސަރުންގެ މުސާރަ އާއި އިނަޔާތްތައް ކުޑަވެ، 10 ތަނަކަށް ޕެޓިޝަން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް