Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހައުސިންގް މިނިސްޓްރީ

ފްލެޓް މައްސަލަ: މައްސަލަތަކަށް ހައްލުނުލިބި އާންމުން ހައުސިންގ މިނިސްޓްރީއަށް

ދެމަފިރިންގެ ތެރެއިން އެކަކު ފްލެޓް ދޫކޮށްލަން ޖެހުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައި

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 5 އޯގަސްޓު 2025 | އަންގާރަ 11:08
ހައުސިން މިނިސްޓްރީއަށް އާއްމުން އެއްވުން

ހައުސިން މިނިސްޓްރީއަށް އާއްމުން އެއްވުން

ފްލެޓް މައްސަލައިގައި އެއްވެސް ކަމަކަށް ހައްލު ނުލިބުމުން އަނެއްކާ ވެސް އާއްމުން ހައުސިންގމިނިސްޓްރީއަށް ގޮސް މުޒާހަރާ ކޮށްފި އެވެ.

އާއްމުން ހައުސިން މިނިސްޓްރީ އަށް ގޮސްފައި ވަނީ ވަކި ވަކިންނެވެ. ހެނދުނު 8 އިން ފެށިގެން މެންދުރު 2 އާއި ދެމެދު 40 ވަރަކަށް އާއްމުން ހައުސިން މިނިސްޓްރީ އަށް ގޮސްފައިވާ ކަމަށް ރާއްޖެއެމްވީ އަށް މައުލޫމާތު ދިން އާއްމު މީހަކު ވަނީ ކިޔާދީފައެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހު ހައުސިން މިނިސްޓްރީ އަށް އާއްމުން އެއްވެފައިވާ އެއް ސަބަބަކީ ފްލެޓް ލިބުނު ދެމަފިރިންގެ ތެރެއިން އެކަކު ފްލެޓް ދޫކޮށްލަން ހައުސިން މިނިސްޓްރީން އަންގާ އިރު އޭގެ ތެރެއިން މިހާރު ފްލެޓް ލިބުނު ކަމަށް އަންގާފައިވާ ފަރާތްތަކަށް ވާ ގޮތެއް ސާފު ނުވާތީއެވެ. އެ މީހުން އަލުން ގުރުނަގަނީތޯ ނުވަތަ ނޫންތޯ، ދެން ލިބެ ފްލެޓަކީ ކުރިން ލިބުނު ފްލެޓް ނޫން އެހެން ފްލެޓެއްތޯ އާއްމުން ސުވާލު އުފައްދާފައިވެއެވެެ.

ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ތިން ކޮޓަރީގެ ފްލެޓްތަކަށް ކުރިމަތިލި މީހުންގެ ތެރެއިން 75 މާކްސް ލިބުނު މީހުންގެ ފްލެޓާއި ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދާނީ ފަހުން ކަމަށް ހައުސިންގ މިނިސްޓްރީން ހޯމަ ދުވަހު ހާމަކޮށްފައިވާތީ އެކަމާއި މެދު އާއްމުން ޝަކުވާކޮށްފައިވެއެވެ.

ހޯމަ ދުވަހު ހައުސިންގ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ތިން ކޮޓަރީގެ ފްލެޓްތައް ލިބޭނީ 76 މާކްސް ލިބޭ މީހުންނަށް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ އެންމެންނަށް ފްލެޓް ދިނުމަށްފަހު 75 މާކްސް ލިބުނު މީހުންގެ ފްލެޓްތަކުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ. މިއާއި އެކު އާއްމުން ވަނީ 76 އަށް ވުރެ މަތިން މާކްސް ލިބުނު މީހުންގެ ޕޯޓަލް އަޕްޑޭޓް ނުވާތީ އެ ޝަކުވާކޮށްފައެވެ. އަދި 75 އިން މަތިން ލިބުނު މީހުންގެ އެގްރީމެންޓް ހޯލްޑްކޮށްފައިވުމަކީ ވެސް އާއްމުންގެ ޝަކުވާއެކެވެ. ހަމައެހެންމެ އޭގެ ތެރެއިން ފްލެޓް ލިބުނު ކަމުގެ އެގްރީމެންޓް އޮތް މީހުންނަށް ފްލެޓް ލިބޭނެތޯ ނޫންތޯ ސާފު ނުވާ ކަމަށް ވެސް އާއްމުން ދަނީ ބުނަމުންނެވެ.

މީގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހު ވެސް ވަނީ ފްލެޓް މައްސަލައިގައި އޮޅުން ބޮޅުން ބޮޑުވެ އާއްމުން ހައުސިންގ މިނިސްޓްރީ އަށް ގޮސް މުޒާހަރާކޮށްފަ އެވެ. އެދުވަހު މުޒާހަރާ އަށް 70 އެއްހާ މީހުން ގޮސްފައިވާއިރު މުޒާހަރައިގެ ބައިވެރިންގެ ތެރެއިން އެގްރީމެންޓް ނުލިބޭ މީހުން ބޭނުންވީ އެގްރީމެންޓް ނުލިބޭ މީހުންނަށް އެލިޖިބްލް ނަމަ، ފްލެޓް ލިބޭނެތޯ ނޫންތޯ ސާފުކުރުމަށެވެ. އަދި އެގްރީމެންޓް ލިބުނު މީހުން ބޭނުންވީ ޕޯޓަލް އަޕްޑޭޓް ނުވާތީ އެކަން ސާފުކުރުމަށެވެ.

މުޒާހަރާގެ ބައިވެރިންނަށް މައުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓްރީގެ ޕަރމަނަންޓް ސެކެރެޓަރީގެ މަޤާމުގައި ހުންނެވި ބޭފުޅަކު ވަނީ އެންމެ ފުރަތަމަ ފްލެޓް ދިނުމުގައި އިސްކަން ދެނީ އެގްރިމެންޓް ލިބިފައިވާ މީހުންނަށް ކަމަށް ވިދާޅުވެފައެވެ. އެގްރިމެންޓް ލިބުނު މީހުންގެ މައްސަލަ ފުރަތަމަ ހައްލުކޮށްދެއްވާނެ ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އޭގެ ފަހުން އެގްރިމެންޓް ނުލިބޭ މީހުންނަށް ދިމާވެފައިވާ މައްސަލަތައް ބަލާނީ އެއަށް ފަހުގައި ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.

ހައުސިންގް މިނިސްޓްރީފްލެޓް މައްސަލަގެދޮރުވެރިޔާ މަޝްރޫއުރައްޔިތުން އިހުތިޖާޖުފްލެޓް އެގްރިމެންޓްތިން ކޮޓަރީގެ ފްލެޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

12 ޑިސެމްބަރު 2025
ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

06 ޑިސެމްބަރު 2025
ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

04 ޑިސެމްބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު