Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިސްލާމި ކަންތައްތަކާ ބެހޭ ވުޒާރާ

ތިނަދޫގެ އިސްލާމީ މަރުކަޒުގައި އައިޔޫއެމްގެ ކޯސްތައް ހިންގަން ހަވާލުކޮށްފި

ތިނަދޫގެ އިސްލާމީ މަރުކަޒުގައި އައިޔޫއެމްގެ ކޯސްތައް ހިންގުމުގެ އެއްބަސްވުމުގައި ސޮއި ކުރީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އާއި އެކު އައިޔޫއެމް އިން

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2023 | އަންގާރަ 13:26
ތިނަދޫގެ އިސްލާމީ މަރުކަޒުގައި އައިޔޫއެމްގެ ކޯސްތައް ހިންގަން ހަވާލުކުރުން

ތިނަދޫގެ އިސްލާމީ މަރުކަޒުގައި އައިޔޫއެމްގެ ކޯސްތައް ހިންގަން ހަވާލުކުރުން

ގދ. ތިނަދޫ ސިޓީގައި ހުންނަ އިސްލާމީ މަރުކަޒުގައި، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ކޯސްތައް ހިންގުމަށް ހަވާލުކޮށްފި އެވެ.

އަންގާރަ ދުވަހު އައިޔޫއެމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ތިނަދޫގެ އިސްލާމީ މަރުކަޒުގައި އައިޔޫއެމްގެ ކޯސްތައް ހިންގުމުގެ އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އާ އެކު އައިޔޫއެމް އިން ވަނީ ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގައި އައިޔޫއެމްގެ ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗަންސެލަރު، ޑރ. އަލީ ޒާހިރެވެ. އަދި ވުޒާރާގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ވައިސްޗާންސެލަރު ޑރ. އަލީ ޒާހިރު ވިދާޅުވީ ތިނަދޫގެ އިސްލާމީ މަރުކަޒުގައި އައިޔޫއެމްގެ ކޯސްތައް ހިންގުމުގެ ފުރުސަތު ލިބުމަކީ، އެ ޔުނިވާސިޓީގެ ފަރާތުން ރާއްޖޭގެ ކަންކޮޅުތަކުގައި ތައުލީމު ފުޅާކުރުމަށް ލިބޭ އިތުރު ފަސޭހައެއް ކަމަށެވެ.

އެހެންކަމުން އެކަމަށްޓަކައި އިސްލާމީ ވަޒީރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު އަށް، ޑރ. އަލީ ޒާހިރު ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.

މީގެ އިތުރުން ޑރ. ޒާހިރު ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން، ތިނަދޫގައި އެ ޔުނިވާސިޓީން ދެމުންދާ ޙިދުމަތްތަކަށް އިތުރު ފަސޭހައެއް ލިބޭނެ ކަމަށެވެ. އެގޮތުން ކިޔަވައިދޭ އަމިއްލަ ތަނެއް ނެތުމުގެ ދަތިކަމަށް ހައްލެއް ލިބޭނެ ކަން ޑރ. ޒާހިރު ފާހަގަ ކުރެއްވި އެވެ.

މިހާރު ވެސް ތިނަދޫގައި ކިޔަވައި ދިނުމުގެ މަސައްކަތްތަކެއް އެބަ ކުރައްވާކަމަށާ އެހެން ނަމަވެސް ތަނެއް ނެތުމުގެ ސަބަބުން ދިމާވާ ބައެއް ކަހަލަ ދަތިތައް، ﷲގެ އިރާދަފުޅާ އެކުގައި މިއަދުގެ މި އެއްބަސްވުމުގެ ދަށުން ފިލައިގެން ދާނެ ކަމަށް ޑރ. އަލީ ޒާހިރު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމީ ވަޒީރު، ޑރ. މުހައްމަދު ޝަހީމު ވިދާޅުވީ ތިނަދޫގައި އެހެން ޔުނިވާސިޓީ އަދި ކޮލެޖުތަކުގެ ގޮފިތައް މިހާރު ވެސް އެބަ ހުރި ކަމަށާއި، އެހެން ކަމުން އައިޔޫއެމްގެ ގޮތްޕެއް ތިނަދޫ ސިޓީގައި ހުރުމަކީ ކޮންމެހެން ވެސް ބޭނުންތެރި ކަމެއް ކަމަށެވެ. ސަބަބަކީ އައިޔޫއެމްގެ ފަލްސަފާ އާ މަންހަޖާއި، އައިޔޫއެމްގެ ރިސާލަތަކީ ވަރަށް ތަފާތު ރިސާލަތަކަށް ވާތީކަމަށާ އެއީ ދިވެހިރާއްޖޭގައި އިސްލާމީ އިލްމު ދެމެހެއްޓުމާއި، އިސްލާމީ ނޫރު ދެމެހެއްޓުމަށް އިސްލާމީ ހިދާޔަތު ދަމަހައްޓައި ފަތުރާ އެންމެ މަތީ މުއައްސަސާއަކީ ވެސް އައިޔޫއެމް އަށް ވާތީކަމަށް ވަޒީރު ވިދާޅުވި އެވެ.

މީގެ އިތުރުން ވަޒީރު ވަނީ އައިޔޫއެމް އިން ކުރިއަށް ހުރި ދުވަސްތަކުގައި ސްކޮލާޝިޕްތައް ދޫކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެގޮތުން ވަޒީރު ވިދާޅުވީ އެ ޔުނިވާސިޓީން ކޮންމެ އަހަރަކު ވެސް ވަކި އަދަދަކަށް ޕީއެޗްޑީއަށް ކިޔެވުމަށް ސްކޮލަޝިޕުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިސްލާމިކް ސެންޓަރު ގދ. ތިނަދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ހަށި ވިއްކާކަމުގެ ތުހުމަތު ގައި ހައްޔަރު ކުރި ދިވެއްސެއް ކަފާލާތުގެ ދަށުން ދޫކޮށްލައިފި

ހަށި ވިއްކާކަމުގެ ތުހުމަތު ގައި ހައްޔަރު ކުރި ދިވެއްސެއް ކަފާލާތުގެ ދަށުން ދޫކޮށްލައިފި

30 ނޮވެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު