Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކެންދޫ މިސްކިތް

ރައީސް މުއިއްޒުގެ ވައުދުވެވަޑައިގެންނެވި ކެންދޫ 2 ބުރި މިސްކިތާއި ގުޅޭގޮތުން ރައީސްގެ ޖަވާބެއް ނެތް

12 އޯގަސްޓު 2025 | އަންގާރަ 14:18

ރައީސް މުއިއްޒު ކެމްޕޭނުގައި ކެންދޫގެ މިސްކިތް 2 ބުރިއަށް ނަންގަވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގަތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 އޯގަސްޓު 2025 | އަންގާރަ 14:18
ރައީސް މުއިއްޒު ކެންދޫ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން، ކެންދޫ މިސްކިތާއި ގުޅޭ ސުވާލަށް ރައީސްގެ ޖަވާބެއް ނެތް

ރައީސް މުއިއްޒު ކެންދޫ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން، ކެންދޫ މިސްކިތާއި ގުޅޭ ސުވާލަށް ރައީސްގެ ޖަވާބެއް ނެތް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުވެވަޑައިގެންނެވި ކެންދޫގައި 2 ބުރިއަށް އަޅާ މިސްކިތާއި ގުޅޭގޮތުން ސުވާލުކުރެއްވުމުން ރައީސް ޖަވާބެއް ނުދެއްވި ކަމަށް ކެންދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޢަބްދުއްރަޙުމާން ވިދާޅުވެއްޖެ އެވެ.

ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް މުއިއްޒު ކެންދޫއަށް ވަޑައިގެންނެވީ ހޯމަ ދުވަހުއެވެ. އަދި އެރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާއި މުއައްސާސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާފައިވެއެވެ.

Advertisement - newsAdvertisement

ކައުންސިލްގެ ރައީސް އިބްރާހިމް އަބްދުއްރަހުމާން ވިދާޅުވީ ކެންދޫގައި ކުރީ ސަރުކާރުން އަޅަންފެށި މިސްކިތް 2 ބުރިއަށް ނަންގަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވަނީ 2023 ވަނަ އަހަރު ކެމްޕޭނުގައި އެރަށަށް ވަޑައިގެން ކަމަށެވެ. އެއިރު އެރަށުގައި ޒަމާނީ ރީތި މިސްކިތެއް ބިނާކުުރުމަށް އޮތީ ބަޔަކާއި ހަވާލުކޮށް މަސައްކަތްވެސް ފަށާފައެވެ.

އެއީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި ޕްރޮޖެކްޓަކަށް 15,424,823.52 (ފަނަރަ މިލިއަން ހަތަރު ލައްކަ، ސައުވީސް ހާސް އަށްސަތޭކަ ތޭވީސް ރުފިޔާ ފަންސާސް ދެ ލާރި) ޚަރަދުވާނެ ކަމަށް އެއިރު ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ނަމަވެސް ކެމްޕޭނަށް ވަޑައިގެން ކެންދޫ ރައްޔިތުންނަށް ކޮށްދެއްވާ ކަމެއްގެ ގޮތުގައި މިސްކިތް 2 ބުރިއަށް ހިއްލާލައްވާ އެކަމަށް ބޭނުންވާ ބަޖެޓް ހަމަޖައްްސަވާ މަސައްކަތް ކުރިއަށްގެންދަވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ. ނަމަވެސް ސަރުކާރު ބަދަލުވެގެންދިޔަ އިރު ރައީސް މުއިއްޒު ވިދާޅުވި ބަދަލެއް މިހާތަނަށް މިސްކިތަށް ގެނެސްފައި ނުވާއިރު މިސްކިތް ނިންމަން އިން މުއްދަތު ހަމަވެ މަސައްކަތުގެ ސްޕީޑް ސްލޯވެފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ މިސްކިތުގެ ކޮންކްރީޓް މަސައްކަތް އަދި ނުނިމޭކަމަށާއި، ތަނބުތަކުގައި ޖަހާފައި ހުރި ދަގަނޑުތައް ދަބަރު ޖަހާ އަލުން ދެވަނަ ފަހަރަށް އެ މަސައްކަތް ކުރަންޖެހޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އަދި މަސައްކަތް ހަވާލުކޮށްފައިވާ ކުންފުންޏަށް މި ސަރުކާރުން އިތުރު މުއްދަތެއް ދިން ނަމަވެސް މިސްކިތް ދެ ބުރިއަށް ނެގުމާއި ގުޅޭ މަސައްކަތެއް ހަވާލުކުރިކަމެއް އަދި އެކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް ދެއްވާނެ ބޭފުޅެއްވެސް ރައީސްގެ އަރިހުގައި ނެތްކަމަށް ކައުންސިލްގެ ރައީސް އަބްދުއްރަހުމާން ވިދާޅުވިއެވެ. އަދި ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި އެކަމުގެ ކަންބޮޑުވުންތަކާއެކު ސުވާލުކުރުމުންވެސް ރައީސް އެކަމަށް ޖަވާބެއް ނުދެއްވި ކަމަށާއި، އިސްލާމިކް މިނިސްޓްރީ އިން ވެސް މިކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފުވާގޮތެއް ނުވި ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ ތަކުރާރުކޮށް ސުވާލުކުރުމުންވެސް ޖަވާބެއް ނުދެއްވި ކަމަށެވެ.

މި ސަރުކާރަށް 2 އަހަރުވި އިރު ކެންދޫއަށް މި ސަރުކާރުން ކޮށްދިން ކަމަކީ ބީއެމްއެލް މެދުވެރިކޮށް އޭޓީއެމްއެއް ބެހެއްޓުމެވެ. ރައީސް މުއިއްޒު ކެމްޕޭނުގައި އެރަަށަށް ވަޑައިގެން ވައުދުފުޅުވި އެއްވެސް ކަމެއް އެރަށުގައި ފަށާފައި ނުވެއެވެ. އަދި ކުރީ ސަރުކާރުން ފެށި ގިނަ މަސައްކަތްތައް ހުރީ ހުއްޓިފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް