Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

އެންމެ އާއްމުވަމުންދާ އެއް ފާފަައަކީ މީހުންގެ އަބުރަށް އަރައިގަތުން، އެކަން ކުރާނަމަ ގިޔާމަތް ދުވަހު ތިބާ ވާހުށީ ބަނގުރޫޓުވެފައިވާ މީހެއްގެ ގޮތުގައި: ޚުތުބާ

15 އޯގަސްޓު 2025 | ހުކުރު 08:11

ހައްގަކާ ނުލައި މީހަކު މަރައިލުން ހަރާމްވާ ފަދައިން އަބުރަށް އަރައިގަތުމަކީ ހަރާމް ކަމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 15 އޯގަސްޓު 2025 | ހުކުރު 08:11
ހުކުރު ނަމާދަށް ޖަމާއަތް ހަދައިގެން

ހުކުރު ނަމާދަށް ޖަމާއަތް ހަދައިގެން

މިއަދު މުޖުތަމައުގައި އެންމެ އާއްމުވަމުންދާ އެއް ފާފަައަކީ މީހުންގެ އަބުރަށް އަރައިގަތުން ކަމަށާއި، އަބުރު ކަތިލާނަމަ ގިޔާމަތް ދުވަހު ތިބާ ވާހުށީ ބަނގުރޫޓުވެފައިވާ މީހެއްގެ ގޮތުގައި ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''އަބުރު ހިމާޔަތް ކުރުން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ، މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އިންސާނާގެ އަބުރުގެ ހުރުމަތްތެރިކަން ގުޅުވައިލައްވައިފައި ވަނީ ލެޔާއި މުދަލަށް ކަމަށާއި، އެހެނީ ހައްގަކާ ނުލައި މީހަކު މަރައިލުން ހަރާމްވާ ފަދައިން އަދި މީހެއްގެ މުދާ އަތުލައިގަތުން ހަރާމްވާ ފަދައިން އަބުރަށް އަރައިގަތުމަކީ ހަރާމް ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

ޚުތުބާގައި ބުނީ، މިއަދުގެ މުޖުތަމައުގައި އެންމެ އާއްމުވަމުންދާ އެއް ފާފަައަކީ މީހުންގެ އަބުރަށް އަރައިގަތުން ކަމަށާއި، ތެދެއް ދޮގެއް ބެލުމެއް ނެތި އެމީހަކަށް އަޑުއިވުނު ނުވަތަ ފެނުނު ކޮންމެ ވާހަކައެއް ފަތުރަނީ އެއިން ނުކުންނާނޭ ނަތީޖާއަކަށް އެންމެ ފަހަރަކު ވެސް ވިސްނައިލުމެއް ނެތި ކަމަށެވެ. އަދި މިއަދުގެ ހާލަތަށް ވިސްނާއިރު އެންމެ ގިނައިން ފެންނަ އެއްކަމަކީ މީހުންގެ އަބުރަށް އަރައިގަތުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މާތް ﷲ ވަނީ އިންސާނާ އެންމެހައި މަހުލޫގުންގެ މައްޗަށް މާތް ކުރައްވައި ގަދަރު އުފުއްލަވައި، ހުރުމަތްތެރި ބަޔަކުކަމުގައި ލައްވައިފައެވެ. މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ހައްޖަތުލްވަދާއުގެ ޚުތުބާގައި ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. ''ހަމަކަށަވަރުން ތިޔަބައިމީހުންގެ ލެޔާއި، މުދަލާއި، އަބުރަކީ ހުރުމަތްތެރިވެގެންވާ އެއްޗެކެވެ. މިއަދު (އެބަހީ: އަރަފާތް ދުވަސް) ހުރުމަތްތެރިވީ ފަދައިންނެވެ. މި މައްސަރު (އެބަހީ: ޛުލްހިއްޖާ މަސް) ހުރުމަތްތެރިވީ ފަދައިންނެވެ. މިރަށް (އެބަހީ: މައްކާ) ހުރުމަތްތެރިވީ ފަދައިންނެވެ.
ހުކުރު ޚުތުބާ

މީގެ އިތުރުން މީހުންގެ އަބުރު ކަތިލައި މުޅަމަސްކައި ފަޟީހަތްކޮށް ދޮގުވާހަކަތައް ފަތުރާއިރު އެއްވެސް އެއްޗެއް ހިތަށް ނާރާތޯ ޚުތުބާގައި ވަނީ ސުވާލު އުފައްދާފައެވެ.

ޚުތުބާގައި ބުނީ ހަމައެކަނި ޒިންމާދާރު ކަމެއްނެތި ދުލުން ނުވަތަ ގަލަމުން ފަތުރާ ދޮގު ވާހަކައެއްގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުން ހަލާކުވެ އާއިލާތައް ރޫޅި މުޖުތަމައު ބައިބައިވުމުގެ ސަބަބަކަށް އެކަންކަންވާ ކަމަށެވެ. އަދި ހީއެއްގެ މައްޗަށް ނުވަތަ އިވުނު އަޑެއްގެ މައްޗަށް މީހުންގެ އަބުރު ކަތިލާއިރު އެކަމުގެ ނުރައްކާތެރިކަމާމެދު ވިސްނާލުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

މި މުޖުތަމައުއަކީ ވަރަށް ބޮޑަށް މީޑިއާގެ ވަސީލަތްތަކަށް ބަރޯސާވެފައިވާ މުޖުތަމައުއެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ފޭސްބުކް، ޓިވިޓަރ، ވައިބަރ، ޓިކްޓޮކް، ޔޫޓިއުބް ފަދަ މީސްމީޑިއާގެ ވަސީލަތްތަކަކީ ވައިރޯޅިއެއް ފެތުރިގެންދާ ވަރަށްވުރެ ހަލުވިކަމާއެކު މައުލޫމާތު ފަތުރައިދޭ މަންސަތަކެއް ކަމަށާއި، ދޮގެއްވިޔަސް، ތެދެއްވިޔަސް، އެއްބަޔަކު އަނެއް ބަޔަކަށް ހިއްސާކޮށް، ޝެއަރކުރުމާއި، ހިތްވަރުދީ ލައިކު ދިނުމުގެ ސަބަބުން ވަރަށް ފަސޭހައިން ވާހަކަތައް ފެތުރޭ ކަމަށެވެ. މިކަމުގައި ހުރި ބިރުވެރިކަމާ މެދު ވިސްނައިލަން ޖެހޭ ކަމަށާއި، އެހެނީ މީހަކު އެމީހެއްގެ ގާތުގައި ބުނާ ވާހަކައެއް ހަނދާން ނެތޭލެއް ވަރަށް އަވަސްވި ނަމަވެސް މީސް މީޑިއާގެ ވަސީލަތްތަކަކީ އޭގައި ހިއްސާކުރާ ވާހަކަތައް އެތައް ޒަމާނަކަށް ދެމިހުންނަ އެތައް ބަޔަކު އެހެން މީހުންނަށް ހިއްސާކުރާނޭ އެއްޗެހި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ، މީހެއްގެ އަބުރު ކަތިލައި ނުވަތަ މީހަކަށް ޣީބަ ބުނުން ކަމުގައިވާނަމަ އެ އެއްޗެއް ފެތުރޭހައި ހިނދަކު އެކަމުގެ ފާފަ އެ މީހަކަށް ލިބިލިބި ހުންނާނެ ކަމަށާއި، އެކަމުގެ ސަބަބުން ގިޔާމަތް ދުވަހު ތިބާ ވާހުށީ ބަނގުރޫޓުވެފައިވާ މީހެއްގެ ގޮތުގައި ކަމަށެވެ. އެއީ ތިބާގެ ހެޔޮ އަމަލުތައް ހުސްވެ އަނެކާގެ ފާފަތައް ހިފައިގެން ނަރަކައަށް ދާން ޖެހުމުގެ ސަބަބުން ކަމަށެވެ.

މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީސް ކުރައްވާފައިވެއެވެ. މާނައީ: މުއުމިނަކާ ބެހޭ ގޮތުން ތެދު ނޫން އެއްޗެއް ބުނި މީހަކު، އެމީހަކު އެބުނި އެއްޗަކުން ރުޖޫއަނުވެ ހުރެ މަރުވެއްޖެނަމަ މާތްﷲ އެ މީހަކު ނަރަކައިގެ އަހުލުވެރީންގެ ގައިން ނުކުންނަ ފާދިޔައިގައި ވަޒަންވެރިކުރުވާ ހުށްޓެވެ.
ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ އިސްލާމްދީން ގޮވައިލަނީ މީހުންގެ ޣައިބުތައް ވަންހަނާ ކުރުމަށް ކަމަށާއި، މީހަކު ފަޟޫހަތް ކޮށްފިނަމަ މާތް ﷲ އެމީހަކު ފަޟީހަތް ކުރައްވާނެ ކަމަށެވެ.

ޚުތުބާގައި ވަނީ މީހެއްގެ އަބުރު ކަތިލެވިފައިވާނަމަ އެމީހެއްގެ ކިބައިން މާފަށް އެދި ހިތް ހަލާލު ހޯދުމަށް ނަސޭހަތްތެރިވެފައެވެ. ފައުޅުގައި އެންމެހައި މީސްތަކުންނަށް ފެންނަ ގޮތަށް ނުވަތަ މީހެއްގެ އަބުރަށް އަރައިގަނެފައިވާ ނަމަ ފައުޅުގައި އެކަމަށް މާފަށް އެދި އެކަން އިސްލާހު ކުރުމަށް އެދިފައިވެއެވެ. އަދި ސިއްރިއްޔާތުގައި މިފަދަ ކަމެއް ކުރެވިފައިވީ ނަމަވެސް މައާފަށް އެދި ތައުބާވެ ވަގުތު ފާއިތުވުމުގެ ކުރިން މާތްﷲގެ މަގަށް ރުޖޫއަވުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް