Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕޯޗުގަލް ޤައުމީ ޓީމު

ރޮނާލްޑޯގެ ކުޅުން މާޓިނޭޒް ސިފަކުރީ، 18 އަހަރުގެ ކުޅުންތެރިޔެއްގެ ކުޅުމާ!

އޭނާ ފާހަގަ ކުރި ގޮތުގައި ރޮނާލްޑޯ އަކީ އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް މިސާލެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2023 | އަންގާރަ 00:49
ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ އަދި ކޯޗު މާޓިނޭޒް

ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ އަދި ކޯޗު މާޓިނޭޒް

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަދިވެސް ކުޅެމުން އަންނަނީ އުމުރުން 18 އަހަރުގެ ކުޅުންތެރިޔެއްގެ ވައްޓަފާޅީގައި ކަމަށް އެ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފި އެވެ.

މާޓިނޭޒް މިހެން ބުނީ، އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޯޗުގަލް އިން އައިސްލެންޑާ ދެކޮޅަށް ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު 10 މެޗުން ވެސް ޕޯޗުގަލް ވަނީ މޮޅުވެފަ އެވެ. އެ މެޗުތަކުގައި އުމުރުން 38 އަހަރުގެ ރޮނާލްޑޯ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ފީފާ ވޯލްޑް ކަޕަށްފަހު ޕޯޗުގަލް ޤައުމީ ޓީމުގެ ކޯޗުކަމަށް ހަމަޖެއްސި ބެލްޖިއަމްގެ މާޓިޏޭޒް ބުނީ، ރޮނާލްޑޯގެ ކުޅުމުގެ ވައްޓަފާޅި އާއި ކަންކަން އޭނާ ހާސިލުކުރަން ބޭނުންވާ މިންވަރު އަދި ވެސް ހުރީ އުމުރުން 18 އަހަރުގެ ކުޅުންތެރިޔެއްގެ ގޮތުގައި ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ރޮނާލްޑޯ އަކީ އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް މިސާލެކެވެ. ރޮނާލްޑޯ އަަބަދު ވެސް މަސައްކަތް ކުރަނީ ރަނގަޅު ދަނޑި ވަޅުގައި ޓީމަށް އެންމެ އެކަށީގެންވާ ގޮތުގައި ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. މީގެ އިތުރުން މާޓިނޭޒް ބުނީ، ރޮނާލްޑޯ އަކީ ޕޯޗުގަލް ޤައުމީ ޓީމަށް އަދި ވެސް ވަރަށް މުހިންމު ކުޅުންތެރިޔެއް ކަމަށެވެ. އެހެންކަމުން، އަންނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތަށް ޕޯޗުގަލް ކުރިމަތިލާން ބޭނުންވަނީ ރޮނާލްޑޯ އާއެކު ކަމަށާއި، އޭނާގެ އެހީތެރިކަން އެ ޓީމަށް ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށް ވެސް މާޓިނޭޒް ބުންޏެވެ.

ރޮނާލްޑޯ އަކީ ޕޯޗުގަލް ޤައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީ، އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މިހާތަނަށް ޤައުމީ ޓީމަށް 205 މެޗުން 128 ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން އޭނާ އަކީ ބައިނަލްއަޤުވާމީ މައިދާނުގައި ވެސް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާ އެވެ. ޕޯޗުގަލާއެކު ރޮނާލްޑޯ ވަނީ މިހާތަނަށް ދެ ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އެއީ 2016 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް އަދި 19-2018 ގެ ޔުއެފާ ނޭޝަންސް ލީގެވެ.

ޕޯޗުގަލްކްރިސްޓިއާނޯ ރޮނާލްޑޯރޮބާޓޯ މާޓިނޭޒް

ކޮމެންޓް

އިތުރަށް ކިޔާލަން

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ

ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ

12 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

08 އޮކްޓޯބަރު 2025
ފަލަސްތީނު ދައުލަތް ގަބޫލު ކުރަން ޕޯޗުގަލުން ނިންމައިފި

ފަލަސްތީނު ދައުލަތް ގަބޫލު ކުރަން ޕޯޗުގަލުން ނިންމައިފި

20 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު