Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވ އާރަށު ހިޔާނާތުގެ މައްސަލަ

އާރަށު ޙުކުމުގެ އިސްތިއުނާފު: މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ފަހުބަސް ބުނުމުގެ ފުރުސަތު އަންގާރަ ދުވަހުގެ އަޑުއެހުމުގައި

18 ނޮވެމްބަރު 2023 | ހޮނިހިރު 07:51

އަންގާރަ ދުވަހުގެ އަޑުއެހުމުގައި ކުރިއަށް ދާނީ އިސްތިއުނާފް ކުރާފަރާތުންނާއި ދައުލަތުން ޚުލާސާކޮށް ފަހުބަސް ހުށަހެޅުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 ނޮވެމްބަރު 2023 | ހޮނިހިރު 07:51
ވ އާރަށު ހިޔާނާތުގެ އިސްތިއުނާފު މައްސަލަ

ވ އާރަށު ހިޔާނާތުގެ އިސްތިއުނާފު މައްސަލަ

ވ. އާރަށު ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުންނާއި ޔޫސުފް ނައީމްގެ ފަރާތުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ އަޑުއެހުމެއް އަންނަ ހަފްތާގެ އަންގަރަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޙުކުމްތަކުގެ އިސްތިއުނާފް އަޑުއެހުން 21 ނޮވެމްބަރ 2023 ގެ 13:45 އަށް ތާވަލުކޮށް ހައިކޯޓުން ވަނީ ވަކީލުންނަށް އަމުރު ފޮނުވާފައެވެ.

އަންގާރަ ދުވަހަށް ތާވަލުކޮށްފައިވާ މި އަޑުއެހުމުގައި ކުރިއަށް ދާނީ އިސްތިއުނާފް ކުރާފަރާތުންނާއި ދައުލަތުން ޚުލާސާކޮށް ފަހުބަސް ހުށަހެޅުމެވެ.

ހައިކޯޓަށް ޔާމީނުގެ ފަރާތުން 14 އިސްތިއުނާފީ ނުކުތާއެއް ހައިކޯޓަށް ހުށަހަޅާފައިވެއެވެ. ޔޫސުފް ނައީމްގެ ފަރާތުން ވަނީ 4 އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 13 ނޮވެމްބަރު 2023ގައެވެ. އެ ދުވަހުގެ އަޑުއެހުމުގައި ކުރިއަށްދިޔައީ ޝަރީއަތުން ސާފުކުރަން ހުރި ކަންކަން ސާފު ކުރުމެވެ. ވަކިން ޚާއްސަކޮށް، ޝަރީއަތުގެ ތެރެއިން ދައުލަތުން އައު ހެކިތަކެއް ހުށައެޅުމުގެ މަރުޙަލާތައް ކުރިއަށް ދިޔަ ގޮތާއި ގުޅޭގޮތުން ފަނޑިޔާރުން ވަނީ ބައެއް ސުވާލުތައް އަމާޒު ކުރައްވާފައެވެ.

ޔާމީނުގެ ފަރާތުންވެސް ވަނީ ދިފާއުން ހުށަހެޅި ހެކިތައް ބަލައިނުގަތުމަށް އެދި ދައުލަތުން ހުށަހެޅުމެއް ހުށަހެޅުމަކާ ނުލައި، އެ ހެކިންގެ ހެކިބަސްވެސް ނެގި ފަހުން، އައު ހެކި ހުށަހެޅުމަށް ދައުލަތަށް ފުރުސަތުދީ، ދިފާއުގެ ހެކިންނާ ގުޅޭގޮތުން ސުވާލު އުފެއްދުމަށް ފުރުސަތު ދީފައިވާކަމަށް ބުނެ އިސްތިއުނާފީ ނުކުތާއެއް ހުށައަޅާފައެވެ.

އެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ޝަރީއަތް ފަށާ ފަހުންވެސް އައު ހެކިތަކެއް ހުށައެޅޭނެކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުން އެނގޭކަމަށެވެ.

އަދި ދެފަރާތަށްވެސް ބަހުސް ކުރަން ފުރުސަތު ދިނުމަށްފަހު، ކްރެޑިބިލިޓީއާގުޅޭ ހެކި ޝަރީއަތުން ބަލައިގަތުމަށްވެސް ހުރަހެއް ނެތްކަމަށް ދައުލަތުން ފާހަގަކުރިއެވެ.

ދައުލަތުން ބުނާ ގޮތުގައި އެއީ ދިފާއީ ހެކިންގެ ތެދު ދޮގު ސާބިތު ކުރުމާއި، ބައެއް ދިފާއީ ހެކިންގެ ހެކިބަސް ނަފީވެސް ކުރެވޭނެ ހެކިތަކެއް ހިމެނޭގޮތުން ދައުލަތުން ހުށައަޅާފައިވާ ލިއުންތަކެކެވެ. މިސާލެއްގެ ގޮތުން އީވައިސީގެ އެއްވެސް ޔައުމިއްޔާއެއްގައި ސޮއިނުކޮށް ނޯންނާކެމަަށް ދިފާއީ ހެކިން ބުނެފައިވާތީ އެކަން ނަފީ ކުރުމަށް ދައުލަތުން ވަނީ ޔައުމިއްޔާތަކެއް ހުށައަޅާފައެވެ.

ދައުލަތުގެ ހެކިތަކުގެ ތެރޭގައި އަހުމަދު ނަރީޝްގެ ހާޒިރީ ރިޕޯޓެއްވެސް ހިމެނެއެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލްއުސްތާޒު ހަސަން ޝަފީއު, ފަނޑިޔާރު އަލްއުސްތާޒާ ޚުޒައިފާ މުހައްމަދު އަދި އަލްއުސްތާޒު މުހައްމަދު ސަލީމެވެ.

ޔާމީންގެ މައްޗަށް ދައުލަތުން ވަނީ މަނީ ލޯންޑަރިންގގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލުކުރުމުގެ އިތުރު ދައުވާއެއް، އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންވެސް ކޮށްފައެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް