Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ލެވަންޑޯސްކީ އަކީ ބާސެލޯނާގެ ލީޑަރެއް: ޑެކޯ

ޑެކޯ ވިދާޅުވީ، އޭނާ އަށް ފެންނަ ތަނުގައި ލެވަންޑޯސްކީ އަކީ އަބަދު ވެސް ޔަމާލް އަދި ޒުވާން ކުޅުންތެރިންނަށް ހިތްވަރު ދެމުން އަންނަ ލީޑަރެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ނޮވެމްބަރު 2023 | އަންގާރަ 21:48
ބާސެލޯނާގެ ފަރިތަކުރުމުގައި ލެވަންޑޯސްކީ ބައިވެރި ވަނީ

ބާސެލޯނާގެ ފަރިތަކުރުމުގައި ލެވަންޑޯސްކީ ބައިވެރި ވަނީ

ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުން އަންނަ ޕޮލެންޑުގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ އަކީ އެ ކުލަބުގެ ލީޑަރެއް ކަމަށް، ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރު ޑެކޯ ވިދާޅުވެއްޖެ އެވެ.

ޑެކޯ މިހެން ވިދާޅުވީ ބާސެލޯނާގައި ލެވަންޑޯސްކީގެ ކުރިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ. އެގޮތުން، ބާސެލޯނާ އާއި ލެވަންޑޯސްކީއާ ދެމެދު ސޮއި ކުރެވިފައިވާ އެއްބަސްވުމެއް އޮންނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އަދި ބާސެލޯނާގައި ލެވަންޑޯސްކީ ދައްކަމުން އަންނަ ކުޅުމާމެދު، ކުލަބުގެ ކޯޗިން އޮފިޝަލުން އަދި އިސްވެރިން ވެސް ހިތްހަމަ ޖެހޭ ކަމަށް ޑެކޯ ވިދާޅުވި އެވެ. އެކަން ފާހަގަކޮށް އޭނާ ވިދާޅުވީ، ބާސެލޯނާ އިން ލެވަންޑޯސްކީ ގެންނަން އެންމެ ފުރަތަމަ ބޭނުންވީ ވެސް، ކުލަބަށް އޭނާގެ ފަރާތުން ފައިދާތަކެއް ވާނެކަން ޔަގީން ކުރެވޭތީ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ބާސެލޯނާގެ އެއްވެސް ކުޅުންތެރިޔަކާ ލެވަންޑޯސްކީއާ ދެމެދު މައްސަލައެއް ޖެހިފައި ނުވާ ކަމަށެވެ. ޚާއްސަކޮށް ބާސެލޯނާގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް އާއި ލެވަންޑޯސްކީއާ ދެމެދު އެއްވެސް މައްސަލައެއް ނެތްކަން އޭނާ ޔަގީންކޮށް ދެއްވަ އެވެ. ޑެކޯ ވިދާޅުވީ، އޭނާ އަށް ފެންނަ ތަނުގައި ލެވަންޑޯސްކީ އަކީ އަބަދު ވެސް ޔަމާލް އަދި ޒުވާން ކުޅުންތެރިންނަށް ހިތްވަރު ދެމުން އަންނަ ލީޑަރެކެވެ.

ޖަރުމަނުގެ ބަޔާން މިއުނިކުގައި މޮޅު ކުޅުމެއް ދައްކަމުން އައި ލެވަންޑޯސްކީ ބާސެލޯނާ އަށް ބަދަލުވީ މިދިޔަ އަހަރު އެވެ. ބާސެލޯނާ އާއެކު ލެވަންޑޯސްކީ ސޮއި ކޮށްފައި ވަނީ ހަތަރު އަހަރުގެ އެއްބަސްވުމެއްގަ އެވެ. އެހެންކަމުން، 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެކުލަބުގައި ހުންނާނެ އެވެ. ލެވަންޑޯސްކީ ވަނީ މިހާތަނަށް ބާސެލޯނާ އަށް ކުޅެދިން 60 މެޗުން 41 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ މިހާތަނަށް ދެ ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އެއީ ސްޕެނިޝް ލީގު އަދި ސްޕެނިޝް ސުޕަ ކަޕް އެވެ.

ބާސެލޯނާރޮބަރޓް ލެވަންޑޯސްކީޑެކޯ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު