Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާއަށް ދެމުންދާ ޙަމަލާތައް

ޣައްޒާއަށް ވެއްސަމުންދާ ބޮމުގެ ވާރެއަކީ ލާއިންސާނީ އަމަލުތަކެއް، އިސްރާއީލަށް ފިޔަވަޅު އަޅަންޖެހޭ: ބެލްޖިއަމް

އިސްރާއީލުން ދެމުންދާ އަނިޔާތައް ތަހުގީގުކުރުމަށް، އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް ބެލްޖިއަމުން ދޭ ފައިސާ އިތުރުކުރަންޖެހޭ

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 8 ނޮވެމްބަރު 2023 | ބުދަ 14:34
ޣައްޒާގައި މަރުވި މީހުންގެ އަދަދު 10،000ން މައްޗަށް ވަނީ އަރާފައި

ޣައްޒާގައި މަރުވި މީހުންގެ އަދަދު 10،000ން މައްޗަށް ވަނީ އަރާފައި

ނުލަފާ ޔަހުދީ އިސްރާއީލޭ ކިޔުނު ދައުލަތުން، ފަލަސްތީނުގެ ޣައްޒާގެ ކުށެއްނެތް ރައްޔިތުންގެ މައްޗަށް އޮއްސަމުންދާ ބޮމުގެ ވާރެއަކީ ލާއިންސާނީ އަމަލުތަކެއް ކަމަށާއި، އެ އަމަލުތައް ހިންގާ އިސްރާއީލަށް ދަތިކުރުމުގެ ފިޔަވަޅު އަޅަންޖެހޭ ވަގުތު ޖެހިއްޖެކަމަށް، ބެލްޖިއަމްގެ ބޮޑުވަޒީރުގެ ނައިބު ޕެޓްރާ ޑި ސަޓަރ ވިދާޅުވެއްޖެއެވެ.

ޕެޓްރާ ކުރެއްވި ޓްވީޓެއްގައި ވަނީ، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް ބޭނުންކުރަމުންދާ ލާއިންސާނީ ބާރާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން އިސްރާއީލުން ހިންގަނީ އިންސާނީ ހަނގުރާމައިގެ ޖަރީމާތައް ކަމުގައި ސިފަކުރައްވަމުން އޭނާ ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަގުވާމީ އެހެން ގައުމުތަކުން ގޮވާލަމުންދާއިރު، އެ ވާހަކަތަކަށް އިސްރާއީލުން އަޅާނުލާ ކަމަށެވެ.

އެހެންކަމުން އޭނާ ވަނީ އިސްރާއީލަށް އެގައުމުން ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް، އެ ގައުމުގެ ސަރުކާރަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން، ބޭރުގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ޕެޓްރާ ވިދާޅުވީ، އިގުތިސާދީ އަދި ސިޔާސީ އެއްބާރުލުން ރަނގަޅުކުރުމުގެ ނަމުގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން އިސްރާއީލާއެކު ވެފައިވާ އެއްބަސްވުންތައް ވަގުތުން އުވާލަންޖެހޭ ކަމަށެވެ.

މީގެ އިތުރުން، އިސްރާއީލުގެ އުފެއްދުންތަކާއި ރައްޔިތުން ބެލްޖިއަމަށް އެތެރެކުރުން މަނާކޮށް، އަނިޔާވެރި ވަޒަންވެރިންނާއި ސިޔާސީ މީހުންނާއި އަދި ހަނގުރާމައިގެ ޖަރީމާތަކުގެ ޒިންމާ އުފުލާ ސިފައިން އީޔޫއަށް ވަނުން މަނާކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ

ހަމައެއާއެކު، އިސްރާއީލުން ޣައްޒާއަށް ދެމުންދާ އަނިޔާތައް ތަހުގީގުކުރުމަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް ބެލްޖިއަމުން ދޭ ފައިސާ އިތުރުކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކަށް މަހަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އދ.ގެ އޮފިޝަލުން ބުނާގޮތުގައި 10،000ށްވުރެ ގިނަ މީހުން މަރުވެފައިވާއިރު އޭގެ ތެރެއިން 40 ޕަސެންޓަކީ ކުޑަކުދިންނެވެ.

އިތުރަށް ކިޔާލަން

21 ޖޫން 2017

ބެލްޖިއަމްގެ ރޭލު ސްޓޭޝަނެއްގައި ޖާނުންފިދާ ވެގެން ބޮމުގެ ހަަމަލާ ދޭން އުޅުނު މީހަކު ފުލުހުން މަރާލައިފި

21 ޖޫން 2017
ބެލްޖިއަމްގެ ރޭލު ސްޓޭޝަނެއްގައި ޖާނުންފިދާ ވެގެން ބޮމުގެ ހަަމަލާ ދޭން އުޅުނު މީހަކު ފުލުހުން މަރާލައިފި
30 މެއި 2017

ބަގްދާދުގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި 10 މީހުން މަރުވެއްޖެ

30 މެއި 2017
ބަގްދާދުގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި 10 މީހުން މަރުވެއްޖެ
25 މެއި 2017

އިންޑޮނީޝިއާގެ ޖަކާޓާގައި ދިން ބޮމުގެ ހަމަލާއެއްގައި ތިން މީހުން މަރުވެ 10 މީހުން ޒަޚަމްވެއްޖެ

25 މެއި 2017
އިންޑޮނީޝިއާގެ ޖަކާޓާގައި ދިން ބޮމުގެ ހަމަލާއެއްގައި ތިން މީހުން މަރުވެ 10 މީހުން ޒަޚަމްވެއްޖެ
24 މެއި 2017

ހޮމްސް ސިޓީގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި ހަތަރު މީހުން މަރުވެއްޖެ

24 މެއި 2017
ހޮމްސް ސިޓީގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި ހަތަރު މީހުން މަރުވެއްޖެ
22 މެއި 2017

ބެންކޮކްގެ ހޮސްޕިޓަލަކަށް ދިން ބޮމުގެ ހަމަލާއެއްގައި 24 މީހުން ޒަޚަމްވެއްޖެ

22 މެއި 2017
ބެންކޮކްގެ ހޮސްޕިޓަލަކަށް ދިން ބޮމުގެ ހަމަލާއެއްގައި 24 މީހުން ޒަޚަމްވެއްޖެ
11 މާރިޗު 2017

ދިމިޝްޤުގައި ދިން ބޮމުގެ ހަމަލާއެއްގައި 40 މީހުން މަރާލައިފި

11 މާރިޗު 2017
ދިމިޝްޤުގައި ދިން ބޮމުގެ ހަމަލާއެއްގައި 40 މީހުން މަރާލައިފި
23 ފެބުރުއަރީ 2017

ލާހޫރުގައި ދިން ބޮމުގެ ހަމަލާއެއްގައި 7 މީހުން މަރާލައިފި

23 ފެބުރުއަރީ 2017
ލާހޫރުގައި ދިން ބޮމުގެ ހަމަލާއެއްގައި 7 މީހުން މަރާލައިފި
19 ފެބުރުއަރީ 2017

ވޯލްޑް ޓްރޭޑް ސެންޓަރަށް ބޮމުގެ ހަމަލާދިނުމުގެ މޭސްތިރީގެ ގޮތުގައި ބެލެވުނު ޝޭޚް އުމަރު މަރުވެއްޖެ

19 ފެބުރުއަރީ 2017
ވޯލްޑް ޓްރޭޑް ސެންޓަރަށް ބޮމުގެ ހަމަލާދިނުމުގެ މޭސްތިރީގެ ގޮތުގައި ބެލެވުނު ޝޭޚް އުމަރު މަރުވެއްޖެ
14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު