Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާގެ އިންސާނީ ހާލަތު ހިތައް ނުގެނެވޭހާ ގޯސްކަމަށް ބުނެ 27 ޤައުމުން އިންޒާރު ދީފި

ޣައްޒާގެ އިންސާނީ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާތީ، އެހީ ފޯރުކޮށް ދިނުމަށް ފުރުސަތު ދިނުމަށާއި، އެހީ ފޯރުކޮށް ދިނުމަށް ހުރި ހުރަސްތައް ނައްތާލުމަށް ބައިނަލްއަޤްވާމީ 27 ޤައުމެއް ގުޅިގެން އިސްރާއީލަށް ގޮވާލައިފި.

ރާއްޖެ އެމްވީ | 12 އޯގަސްޓު 2025 | އަންގާރަ 14:20
ހައިހޫނުކަމުގައި ޖެހިފައިވާ ފަލަސްތީނު ރައްޔިތުން ތެލި ތަށި ހިފައިގެން ޗެރިޓީ ޖަމިއްޔާއަކުން ބެހާ ކާއެއްޗެހި ލިބުމުގެ އިންތިޒާރުގައި

ހައިހޫނުކަމުގައި ޖެހިފައިވާ ފަލަސްތީނު ރައްޔިތުން ތެލި ތަށި ހިފައިގެން ޗެރިޓީ ޖަމިއްޔާއަކުން ބެހާ ކާއެއްޗެހި ލިބުމުގެ އިންތިޒާރުގައި

ޣައްޒާގެ އިންސާނީ ހާލަތު ހިތައް ނުގެނެވޭހާ ގޯސްވެއްޖެ ކަމަށް ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ބުނެފިއެވެ.

އިނގިރޭސިވިލާތް، ކެނެޑާ، އޮސްޓްރޭލިއާ އަދި އެހެނިހެން ޔޫރަޕް ގެ ބައެއް ޤައުމުތައް ހިމެނޭ ގޮތުން ޣައްޒާގެ އިންސާނީ ހާލަތު ވަނީ ހިތައް ނުގެނެވޭހާ ވަރަށް ގޯސްވެފައި ކަމަށް ބުނެ، ޣައްޒާ އަށް އެހީ ފޯރުކޮށް ދިނުމަށް މަގުފަހި ކޮށްދިނުމަށް އިސްރާއީލަށް ގޮވާލައިފިއެވެ.

އިނގިރޭސި ވިލާތް މެދުވެރިކޮށް އަންގާރަ ދުވަހު ނެރުނު މިބަޔާނުގައި، ޣައްޒާގައި ހައިހޫނުކަން އިންތިހާ އަށް އިތުރުވެފައިވާ ކަމަށާއި، މިކަން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށް ބަޔާން ކޮށްފައި ވެއެވެ. އަދި ބައިނަލްއަޤްވާމީ އެން.ޖީ.އޯ ތަކަށް އެހީގެ މަގު ހުޅުވާލުމަށާއި، އިންސާނީ އެހީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހުރި ހުރަސްތައް ނައްތާލުމަށް އިސްރާއީލުގެ ސަރުކާރަށް ގޮވާލާފައިވެއެވެ.މިބަޔާނުގައި ޖުމްލަ 27 ޤައުމަކާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ސޮއިކޮށްފައިވެއެވެ.

މިހާރު ޣައްޒާގައި ދިމާވެފައިވާ އިންސާނީ ބޮޑު ކާރިސާއާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުން އިތުރުވަމުންދާއިރު ވެސް އިސްރާއީލުން ޣައްޒާ އަށް ދެމުންދާ ހަމަލާތައް ވަރުގަދަ ކޮށް ކޮންމެ ދުވަހަކު އެތައް ބަޔަކު ގެންދަނީ ޝަހީދު ކުރަމުންނެވެ.

އިތުރަށް ކިޔާލަން

13 ޖުލައި 2017

އިންސާނީ ހައްގުތަކަށް މަސައްކަތްކުރި ޗައިނާގެ އެންމެ މަޝްހޫރު އެކްޓިވިސްޓް ޝިއާބޯ އަވަހާރަވެއްޖެ

13 ޖުލައި 2017
އިންސާނީ ހައްގުތަކަށް މަސައްކަތްކުރި ޗައިނާގެ އެންމެ މަޝްހޫރު އެކްޓިވިސްޓް ޝިއާބޯ އަވަހާރަވެއްޖެ
06 ޖުލައި 2017

ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި

06 ޖުލައި 2017
ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި
04 ޖުލައި 2017

ބަންގްލަދޭޝްގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސް މަޒްހަރް ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ

04 ޖުލައި 2017
ބަންގްލަދޭޝްގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސް މަޒްހަރް ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ
29 ޖޫން 2017

ކޮލެރާ ފެތުރުމާ ގުޅިގެން ޔަމަނުގައި ކުއްލި ހާލަތު އިއުލާނުކޮށްފި

29 ޖޫން 2017
ކޮލެރާ ފެތުރުމާ ގުޅިގެން ޔަމަނުގައި ކުއްލި ހާލަތު އިއުލާނުކޮށްފި
21 މެއި 2017

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

21 މެއި 2017
ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު