Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ފަލަސްޠީނުގެ ރައީސް އައްބާސްގެ ޝުކުރު ސައުދީ އަށް

މީގެ އިތުރުން ފަލަސްޠީނުގެ ރައީސް އައްބާސް، އަދި ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންގެ މަޝްވަރާ ތަކުގައި ވަނީ އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ އާއި، ޣައްޒާގެ މިހާރުގެ ޙާލަތާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 އޯގަސްޓު 2025 | އަންގާރަ 07:10
މީގެ ކުރިން ފަލަސްޠީނުގެ ރައީސް މަޙުމޫދު އައްބާސް އަދި ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންގެ ބައްދަލުވުމުގެ ތެރެއިން

މީގެ ކުރިން ފަލަސްޠީނުގެ ރައީސް މަޙުމޫދު އައްބާސް އަދި ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންގެ ބައްދަލުވުމުގެ ތެރެއިން

ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން، ފަލަސްޠީނުގެ ރައީސް މަޙުމޫދު އައްބާސްއާ ވާހަކަ ދައްކަވައި، މަޝްވަރާ ކުރައްވައިފި އެވެ.

ފޯނު މެދުވެރިކޮށް ކުރެއްވި މި މަޝްވަރާގައި ވަނީ ގިނަ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. އެގޮތުން ފަލަސްޠީނުގެ ދައުލަތަށް ބައިނަލްއަޤުވާމީ އެއްްބާރުލުން ހޯދުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.

އެ މަޝްވަރާ ތަކުގައި އައްބާސް ވަނީ، ބައިނަލްއަޤުވާމީ ގޮތުން ފަލަަސްޠީނަށް އެއްބާރުލުން ހޯދުމަށް ސައުދީ އަރަބިއްޔާ އިން ކުރަމުން އަންނަ މަސަކަތް ފާހަގަ ކުރައްވައި އެ މުޙައްމަދު ބިން ސަލްމާން އަދި ސައުދީ ސަރުކާރަށް ވެސް ޝުކުރު އަދާ ކުރައްވައިފަ އެވެ.

ސައުދީގެ ޕްރެސް އެޖެންސީ އިން ބުނެފައިވާ ގޮތުގައި ފަލަސްޠީނުގެ ރައީސް އައްބާސް ވަނީ، ގިނަ ޤައުމު ތަކަކުން ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަތުމަށް މަގު ފަހި ކޮށްދިނުމުގައި ސައުދީ އަރަބިއްޔާ އިން ކޮށްފައިވާ އަގު ހުރި މަސައްކަތް ފާހަގަ ކުރައްވައިފަ އެވެ. އަަދި އެއީ ވަރަށް ޝަރަފުވެރި މަސައްކަތެއް ކަމަށް އައްބާސް ވަނީ ވިދާޅުވެފަ އެވެ. 

މީގެ އިތުރުން ދާދި ފަހުން އެމެރިކާގެ ނިއު ޔޯކުގައި ހުންނަ އދ ގެ މައި މަރުކަޒުގައި ކުރިއަށް ގެންދިޔަ، ފަލަސްޠީނުގެ މައްސަލައިގެ ދެ ދައުލަތުގެ ސަމިޓުގައި ފަލަސްޠީނުގެ މައްސަލަ އަށް ޙައްލު ހޯދުމަށް ސަައުދީ އިން ކުރި މަސައްކަތަށް ވެސް އައްބާސް ޝުކުރު އަދާ ކުރެއްވި އެވެ.

ސައުދީ އާއި ފްރާންސް ގުޅިގެން ބޭއްވި ދެ ދުވަހުގެ އެ ސަމިޓުގައި ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަނެ، ދެ ދައުލަތުގެ ޙައްލު ހޯދުމާ ގުޅޭ ގޮތުން ޤައުމު ތަކުގެ އިސްވެރިންގެ މެދުގައި މަޝްވަރާ ކޮށްފަ އެވެ. އަދި އެކަމުގައި އިސްލާމީ ޤައުމުތަކުން އެއްބައިވާން ޖެހޭ ކަމަށް ވެސް، ސަމިޓުގައި ބައިވެރިވި ޤައުމުތަކުން ވަނީ ފާހަގަ ކޮށްފަ އެވެ. 

މީގެ އިތުރުން ފަލަސްޠީނުގެ ރައީސް އައްބާސް، އަދި ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންގެ މަޝްވަރާ ތަކުގައި ވަނީ އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ އާއި، ޣައްޒާގެ މިހާރުގެ ޙާލަތާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވައިފަ އެވެ.

އެ މަޝްވަރާ ތަކުގައި މުޙައްމަދު ބިން ސަލްމާން ވަނީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިިންގާ އަނިޔާވެރި އަމަލުތަކާއި، ރައްޔިތުން ފުރަގަސްދޭން މަޖުބޫރު ކުރުމަށް އިސްރާއީލް އިން ކުރަމުން އަންނަ ކަންކަން ކުށްވެރި ކުރައްވައިފަ އެވެ. އަދި އިސްރާއީލްގެ ހަނގުރާމައިގެ ނުރައްކާތެރި ނަތީޖާތައް ހުއްޓުވުމަށާއި، އާންމު ރައްޔިތުން ހިމާޔަތް ކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަ އަށް ގޮވާލައްވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ފަލަސްޠީނުގެ ރައީސް އައްބާސް އާއި ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މަޝްވަރާ ކުރައްވާފައިވާއިރު، މި ދަނޑިވަޅަކީ ގިނަ ޤައުމު ތަކަކުން ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމާފައިވާކަން އިއުލާން ކޮށްފައިވާ ދަނޑިވަޅެކެވެ.

އަންނަ ސެޕްޓެމްބަރު މަހު އޮންނަ އދ ގެ ޖެނަރަލް އެސެމްބްލީގެ ކުރިން ފްރާންސް، އިނގިރޭސިވިލާތް، ކެނެޑާ، މޯލްޓާ، އޮސްޓްރޭލިއާ ފަދަ ޤައުމު ތަކުން ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމައިފަ އެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު