Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް

ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން އިސްރާއީލުގެ އަމިއްލަ ދިފާޢުގައި ޣައްޒާއަށް ހަމަލާދިނުމުގެ ޙައްގު އޮންނާނެތަ؟

އދ.ގެ ޗާޓަރުގެ 51 ވަނަ މާއްދާ އެމެރިކާއާއި އިސްރާއީލް ބޭނުންވާ ގޮތަށް އަލުން މާނަކުރުމުގެ މަސައްކަތް ދަނީ ކުރިއަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 8 ނޮވެމްބަރު 2023 | ބުދަ 08:54
އދ.ގެ ސެކިއުރިޓީ ކައުންސިލް

އދ.ގެ ސެކިއުރިޓީ ކައުންސިލް

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޤަތުލްޢާއްމުގެ ސަބަބުން އެކަމާ ދެކޮޅަށް އދ.ގެ މެންބަރު ގިނަ ޤައުމުތަކުން އެކަމަށް ދެކޮޅަށް އަޑުއުފުލަމުންދާއިރު، އިސްރާއީލުގެ އަސްކަރީ އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން އަމިއްލަ ދިފާއުގައި ހިންގާ އަމަލެއްގެ ގޮތުގައި ގާނޫނީ ގޮތުން ޖަސްޓިފައި ކުރެވިދާނެތޯ އދ.ގެ ސަލާމަތީ މަޖިލީހުގައި ދަނީ ބަހުސް ކުރެވެމުންނެވެ. މި މައްސަލައިގެ ސަބަބުން ބައިނަލްއަޤްވާމީ ގޮތުން ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދި، އެކި ފަރާތްތަކުން ގެންދަނީ އެމެރިކާއާއި އިސްރާއިލާ މެދު ދެކޮޅު ވިސްނުންތަކެއް ގެންގުޅެމުންނެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި އިސްރާއީލުން ހިންގާ އަސްކަރީ ޢަމަލުތަކަކީ އދ.ގެ ޗާޓަރުގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަމިއްލަ ދިފާޢުގެ އުޞޫލުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް އެމެރިކާގެ އެހީތެރިކަމާއެކު އިސްރާއީލުން ބުނެއެވެ. އެ މީހުން ބުނަނީ 2005 ވަނަ އަހަރު އިސްރާއީލުން ޣައްޒާ ވަކިކުރުމާ ގުޅިގެން އިސްރާއީލުން ޣައްޒާ ކޮންޓްރޯލް ކުރަމުން ނުދާ ކަމަށާއި އެހެންކަމުން ހަމަލާތަކުން ދިފާއުވުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

މިއާ ޚިލާފަށް، ޣައްޒާއާއި ހުޅަނގު އައްސޭރިވެސް އިސްރާއީލުން ކޮންޓްރޯލް ކުރަމުން އަންނަކަމަށް އދ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) ފަދަ ބައިނަލްއަޤްވާމީ މުއައްސަސާތަކުން ދަނީ ބުނަމުންނެވެ. ބައިނަލްއަގްވާމީ ގާނޫނުތައް ބުނާ ގޮތުން ހިފާފައިވާ ބާރަކަށް އެ ބަޔަކު ދިރިއުޅޭ އާބާދީއާ ދެކޮޅަށް އަމިއްލަ ދިފާއުގައި އެއްވެސް މަސައްކަތެއް ނުކުރެވޭނެ އެވެ.

ބައިނަލްއަޤްވާމީ ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2004 ވަނަ އަހަރު ނެރުނު ތާރީޚީ ޙުކުމެއްގައި ބުނެފައިވަނީ ހުޅަނގު އައްސޭރީގައި އިސްރާއީލުން ބިނާކުރަމުން ދިޔަ އިން ވަކިކުރާ ފާރު ރޭނުމުގެ މަސައްކަތް ޖަސްޓިފައި ކުރުމަށް އިސްރާއީލަށް އަމިއްލަ ދިފާޢުގެ ބޭނުން ނުކުރެވޭނެ ކަމަށެވެ. ގާނޫނީ މާހިރުން ވިދާޅުވާ ގޮތުގައި މި ހުކުމަކީ ޣައްޒާއަށް ވެސް އަމަލުކުރުން ލާޒިމްކުރާ ހުކުމެއް ކަމަށާއި، އެކަމުގެ ސަބަބުން އިސްރާއީލުގެ އަމިއްލަ ދިފާއުގައި ހަމަލާ ދެނީ ކަމަށް އެބުނާ ބުނުމަށް ފުށުއަރާ ކަމަށެވެ.

ޤާނޫނީ މާހިރުން ފާހަގަކުރައްވާ ގޮތުގައި ޣައްޒާގެ ވައިގެ ސަރަޙައްދާއި ގޮނޑުދޮށް އަދި އާބާދީ ރަޖިސްޓްރީކުރުން ފަދަ ޣައްޒާގެ އެކިކަންކަމުގެ ކޮންޓްރޯލް އިސްރާއީލުން ގެންދަނީ ދަމަހައްޓަމުންނެވެ. މިއީ ހަތަރުވަނަ ޖެނީވާ ކޮންވެންޝަންގައި ބަޔާންކޮށްފައިވާ އޮކިއުޕޭޝަންގެ މާނައާ އެއްގޮތް ވާ މާއްދާތަކެކެވެ. އެ ބާރުގެ ބޭނުން އިސްރާއީލުން ކުރަމުން ގެންދަނީ އެ މުއާހަދާއިން ބާރު ލިބިގެން ކަމަށް އެކިއެކި ފޯރަމްތަކުގައި އެމީހުން ބުނެއެވެ.

އަނެއްކޮޅުން ފަލަސްޠީނާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތައް އެޅުމަށް އިސްރާއީލަށް އިތުރު ޤާނޫނީ ހިމާޔަތެއް ހޯދައިދިނުމަށްޓަކައި އދ.ގެ ޗާޓަރުގެ 51 ވަނަ މާއްދާ އަލުން މާނަކުރުމަށް އެމެރިކާއިން ދަނީ މަސައްކަތް ކުރަމުންނެވެ. އެމީހުން ޤަބޫލުކުރާ ޔަހޫދީ ދައުލަތުގެ ޕްރެކްޓިސްއާއި އެއްގޮތްވާ ގޮތަށް އެ މާއްދާ އަލުން މާނަކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ނަމަވެސް މި މާނަ ކުރުމަކީ ގިނަ ދައުލަތްތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ވަރަށް ބޮޑަށް ދެކޮޅު ހަދާ މާނައެކެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގައި ކުރެވެމުންދާ ބަހުސްގައި، ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ފަލަސްތީނާ އެކު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން އަމިއްލަ ދިފާއުގައި މަސައްކަތް ކުރުމުގެ ގާނޫނީ ހައްގެއް އިސްރާއީލަށް ނޯންނާނެ ކަމަށް ގިނަ މެންބަރުން ދަނީ ހުށަހަޅަމުންނެވެ. މި ނިންމުންތައް ބިނާވެފައި ވަނީ ބައިނަލްއަގްވާމީ އެކިއެކި އިދާރާތަކުންނާއި ގާނޫނީ މާހިރުން ކަށަވަރުކޮށްދޭ ފަދައިން އިސްރާއީލަކީ އަދިވެސް ފަލަސްތީނަށް އަތްގަދަ ކޮށްފައިވާ ބާރެއްގެ ގޮތުގައި ދެކޭ ކަމަށް ބުނާ ބުނުމުގެ މައްޗަށެވެ.

މި މައްސަލައާ ގުޅިގެން މިހާރު ހިނގަމުންދާ ބަހުސްތަކުން ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ޖަޒުބާތީ އަދި ދެބަސްވުންބޮޑު ސިފައާއި އިސްރާއީލާއި ފަލަސްޠީނުގެ ހަމަނުޖެހުންތަކަށް އެ ޤާނޫނު ތަންފީޛުކުރާ މިންވަރު ހާމަވެގެންދެއެވެ. ހަމަނުޖެހުންތައް އިތުރުވަމުންދާއިރު، ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ މާނައަށް ގިނަ ފަރާތްތަކަކުން ބާރުއަޅަމުންދާއިރު، މި ޤާނޫނީ ބަހުސް ދުރުރާސްތާއަކަށް ދެމިއޮތުމުގެ ފުރުޞަތު އެބައޮތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބައިނަލްއަޤްވާމީ ފަރުތަކުގެ އަހަރާއި ރާއްޖެ ކުރިމަތިލަނީ 20 ފަރު ހަލާކުކުރުމުގެ ޕްލޭނަކާއިއެކު!

ބައިނަލްއަޤްވާމީ ފަރުތަކުގެ އަހަރާއި ރާއްޖެ ކުރިމަތިލަނީ 20 ފަރު ހަލާކުކުރުމުގެ ޕްލޭނަކާއިއެކު!

29 ނޮވެމްބަރު 2017
ފިއެސްޓާގެ ދަށުން ކުޅިވަރުތައް އިނދަޖެހެނީ، އެސޯސިއޭޝަންތައް ހިމޭނުން!

ފިއެސްޓާގެ ދަށުން ކުޅިވަރުތައް އިނދަޖެހެނީ، އެސޯސިއޭޝަންތައް ހިމޭނުން!

25 އޮކްޓޯބަރު 2017
ޕީޕީއެމް ލޮޖިކް: ޖަލްސާއަށް ދާންވީ އަމިއްލަ އިޚްތިޔާރުގައި، ނުގޮސްފި ނަމަ ސުވާލުކުރާނެ!

ޕީޕީއެމް ލޮޖިކް: ޖަލްސާއަށް ދާންވީ އަމިއްލަ އިޚްތިޔާރުގައި، ނުގޮސްފި ނަމަ ސުވާލުކުރާނެ!

19 އޮކްޓޯބަރު 2017
ރައީސަކު އަމިއްލަފުޅަށް ފަޟީޙަތްވެ ބޮލާ ފޮށާއެޅޭނީ މިވަރަށް

ރައީސަކު އަމިއްލަފުޅަށް ފަޟީޙަތްވެ ބޮލާ ފޮށާއެޅޭނީ މިވަރަށް

15 އޯގަސްޓު 2017
ކަމަކަށްފަހު ކަމެއް އަމިއްލައަށް ފަޅައިއަރުވާ ބޮލާފޮށާ އެޅެނީ

ކަމަކަށްފަހު ކަމެއް އަމިއްލައަށް ފަޅައިއަރުވާ ބޮލާފޮށާ އެޅެނީ

07 އޯގަސްޓު 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު