Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއިންތިޚާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު

ފްލެޓް ދެއްވާނެކަމުގެ ޔަގީންކަން ދެއްވި! މަޑުމަޑުން ރާގުފުޅު ބަދަލުވަނީބާ؟

7 ނޮވެމްބަރު 2023 | އަންގާރަ 12:13

އިންތިޚާބީ ރައީސަކީ ރައްޔިތުންނަށް ލިބިގެންވާ އަސާސީ ހައްގުތައް ނިގުޅައިގަންނަވާނެ ވެރިއަކަށް ވެވަޑައިގެންފާނެ ބާވައެވެ؟

ޝަބާ ޔޫސުފް
ޝަބާ ޔޫސުފް | 7 ނޮވެމްބަރު 2023 | އަންގާރަ 12:13
އިންތިޚާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު

އިންތިޚާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިނުގެ ތެރޭގައި ވިދާޅުވަމުން ގެންދެވީ، ވެރިކަމަށް ހޮވިވަޑައިގަތްނަމަވެސް، މި ސަރުކާރުން ހިންގާ އެއްވެސް މަޝްރޫއަކަށް ހުރަސް ނާޅުއްވާނެކަމަށެވެ. އަދުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ ބިޔަ ބޮޑު މަޝްރޫއަށް ހުރަސް އެޅުއްވުމުގެ އެއްވެސް ކަހަލަ ވިސްނުންފުޅެއް ނުގެންގުޅުއްވާ ވާހަކައެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން، މާލޭ ސަރަހައްދުން ފްލެޓް ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން، ފްލެޓަށް ޝަރުތުހަމަވެ އަދުގެ ސަރުކާރުން އެކަން އިއުލާނުކުރައްވާފައި ވާއިރު، އެ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ އެއްވެސް ފަރާތަކަށް ހުރަސް ނާޅުއްވާނެކަމަށް އިންތިޚާބީ ރައީސާއި އެމަނިކުފާނުގެ އިންތިގާލީ ތަރުޖަމާނުވެސް ތަރުކާރުކޮށް ވިދާޅުވަމުން ގެންދެވިއެވެ. ނަމަވެސް، އިންތިޚާބުވެ ވަޑައިގަތުމުގެ ކުރިން ވިދާޅުވި ޅެންތައް ފަރިއްސަށް ބަދަލުވެއްޖެއެވެ.

އަންގާރަ ދުވަހު، އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގެ ރާގު މުޅިން ބަދަލުވެއްޖެއެވެ. ފިރުޒުލް ވިދާޅުވީ، އުސޫލުން ބޭރުން ފްލެޓްތައް ދީފައިވާނަމަ އެކަން ބައްލަވައި އެކަމާމެދު ފިޔަވަޅު އަޅުއްވާނެކަމަށެވެ. ނަމަވެސް، މީގެކުރިން ވިދާޅުވަމުން ގެންދެވީ، ފްލެޓް ލިބޭ ދާއިމީ ލިސްޓުގައިވާގޮތުގެ މަތީން، އެ ހުރިހާ ފަރާތްތަކަށްވެސް ފްލެޓް ލިބޭނެކަމަށެވެ. އަދި އެކަމަށް ހުރަސްއެޅޭ ފަދަ އެއްވެސް އަމަލެއް އިންތިޚާބީ ރައީސް ނުކުރައްވާނެކަމުގެ ފުރިހަަމަ ޔަގީންކަންވެސް ރައްޔިތުންނަށް ވަނީ ދެއްވާފައެވެ. އޭރު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ، ފްލެޓުގެ ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ފްލެޓް ލިބޭނެކަމަށާއި، ކުރިއަށް ގެންދާ ހުރިހާ މަޝްރޫއުތަކެއްވެސް ހުޓުމެއްނެތި ކުރިއަށް ގެންދަވާނެކަމަށެވެ.

ނަމަވެސް، ހުވާކުރެއްވުމަށް 10 ވަރަކަށް ދުވަހަށް ވެފައިވަނިކޮށް މި ދައްކަވާ ވާހަކަތައް މުޅިން ބަދަލުވެއްޖެއެވެ. ކަންކަން މިފަދައިން ހުރިއިރު، ރާއްޖޭގެ ތަރައްގީއަށް ހިންގާ ބިޔަ، ބޮޑު މަޝްރޫއުތައްވެސް ހުއްޓުވާލައާވައި، ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަވާނެ ވެރިއަކަށް އިންތިޚާބީ ރައީސް ވެވަޑައިގެންފާނެ ބާވައެވެ؟

އިންތިޚާބީ ރައީސް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން މިފަދަ ވާހަކަފުޅުތައް ދައްކަވައިގެން ރައްޔިތުންގެ ތާއީދު ހޯއްދެވީ، މި ނޫން ގޮތަކަށް ވެރިކަން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ނެތީމަތޯ؟ ނޫނީ މި ވާހަކަފުޅުތަކަކީ ވެރިކަމަށް ވަޑައިގަތުމަށް އިންތިޚާބީ ރައީސް ޖެއްސެވި މޮޅު ސްޓަންޓެއްތޯއެވެ؟

އިތުރަށް ކިޔާލަން

18 ސެޕްޓެމްބަރު 2019

ފްލެޓްތަކުގެ ހައްޤުވެރިކަން ކަނޑަނޭޅި އެތައް މަސްތަކެއް!

18 ސެޕްޓެމްބަރު 2019
ފްލެޓްތަކުގެ ހައްޤުވެރިކަން ކަނޑަނޭޅި އެތައް މަސްތަކެއް!
27 އެޕްރީލު 2019

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

27 އެޕްރީލު 2019
ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
17 ޖެނުއަރީ 2019

ޓިކެޓްގެ އަގަށް އައި ބަދަލު މަޑުމަޑުން ވިސްނެނީ!

17 ޖެނުއަރީ 2019
ޓިކެޓްގެ އަގަށް އައި ބަދަލު މަޑުމަޑުން ވިސްނެނީ!
16 ސެޕްޓެމްބަރު 2018

ސީލައިފް ގްލޯބަލްގެ ފްލެޓްތައް: ފްލެޓެއް ވެސް ނުލިބުނު، ދެއްކި ފައިސާ ވެސް ނުލިބުނު!

16 ސެޕްޓެމްބަރު 2018
ސީލައިފް ގްލޯބަލްގެ ފްލެޓްތައް: ފްލެޓެއް ވެސް ނުލިބުނު، ދެއްކި ފައިސާ ވެސް ނުލިބުނު!
24 ޖުލައި 2018

"އަލަތު ކައިވެނީގެ ފްލެޓް" ހުވަފެނީ ބިލާހަކަށް!

24 ޖުލައި 2018
"އަލަތު ކައިވެނީގެ ފްލެޓް" ހުވަފެނީ ބިލާހަކަށް!
13 ޖޫން 2018

ތުއްތޮންބެއަށް ދެއްވި ވަރުގަދަ އީދު ހަދިޔާ

13 ޖޫން 2018
ތުއްތޮންބެއަށް ދެއްވި ވަރުގަދަ އީދު ހަދިޔާ
18 އެޕްރީލު 2018

ރައީސް މައުމޫނު ގައުމަށް ކޮށްދެއްވި ހިދުމަތުގެ އިނާމަކަށް ޝަރީއަތަކާ ނުލައި ޖަލު، ހެޔޮވެދާނެތަ؟

18 އެޕްރީލު 2018
ރައީސް މައުމޫނު ގައުމަށް ކޮށްދެއްވި ހިދުމަތުގެ އިނާމަކަށް ޝަރީއަތަކާ ނުލައި ޖަލު، ހެޔޮވެދާނެތަ؟
24 ޖެނުއަރީ 2018

ޓާޓާ ފްލެޓް ވިއްކާ ކަމަށް ބުނެ އަޑިނޭނގޭ ބޮޑު ޖަރީމާ އެއް ހިންގަނީ!

24 ޖެނުއަރީ 2018
ޓާޓާ ފްލެޓް ވިއްކާ ކަމަށް ބުނެ އަޑިނޭނގޭ ބޮޑު ޖަރީމާ އެއް ހިންގަނީ!
08 ނޮވެމްބަރު 2017

ދިވެހިރާއްޖެ، މަޑުމަޑުން ސިޔާސީ ތުންފުއްސަކަށްވެ ނިމެނީ

08 ނޮވެމްބަރު 2017
ދިވެހިރާއްޖެ، މަޑުމަޑުން ސިޔާސީ ތުންފުއްސަކަށްވެ ނިމެނީ
14 ސެޕްޓެމްބަރު 2017

މަތިިން މާކްސް ލިބުނަސް ފްލެޓް ނުލިބުނީ ނުބައި ޖަވާބު ދިނުމުން!؟

14 ސެޕްޓެމްބަރު 2017
މަތިިން މާކްސް ލިބުނަސް ފްލެޓް ނުލިބުނީ ނުބައި ޖަވާބު ދިނުމުން!؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް