Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ދިވެހިރާއްޖެ، މަޑުމަޑުން ސިޔާސީ ތުންފުއްސަކަށްވެ ނިމެނީ

ޒަމާނުއްސުރެ ދިވެހިންނާއި ބޭރު ދުނިޔެއާއި އެކި ކަހަލަ ގުޅުންތައް އޮތް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 8 ނޮވެމްބަރު 2017 | ބުދަ 14:04
އދގެ ސަލާމަތީ މަޖިލީހުގެ މަޤާމެއް ހޯދުމަކީ ދިވެހިރާއްޖެއަށް އުނދަގޫ ކަމަކަށް ވާނެކަމަކަށް ނުބެލެވޭ

އދގެ ސަލާމަތީ މަޖިލީހުގެ މަޤާމެއް ހޯދުމަކީ ދިވެހިރާއްޖެއަށް އުނދަގޫ ކަމަކަށް ވާނެކަމަކަށް ނުބެލެވޭ

ބައިނަލްއަޤުވާމީ ދުނިޔެއާއި ދިވެހިންނާއި ކޮންމެވެސް ސިފައެއްގައި ގާތް ގުޅުމެއް ނެތް ޒަމާނެއް ދިވެހި ތާރީޚުން ފެންނާކަށް ނެތެވެ. އެއީ ދޭވާ މާރި ނުވަތަ ދޭވާ މަހަލްގެ ގޮތުގައި ރާއްޖެ އޮތްއިރު، ރަސްކަލުން ސޫރުދަސަރުނަ އާދީއްތިޔަ އާއި ރަސްކަލުން ބޮވަނަ އާނަންދަ އާއި ދެމެދު ވެރިކަން ކުރެއްވިއްޔާ ކުރެއްވިހާ ރަސްރަސްކަލުންނާއި ރަނިންގެ ޒަމާނުގައި ވިޔަސް، އަދި އޭގެ ފަހުން ރަސްކަލުން މަހާބަރަނަ އާދީއްތިޔަ ނުވަތަ ކޮއިމަލާ ރަސްގެފާނުންގެ ދުވަސްވަރުން ފެށިގެން މިހާތަނަށް ނަމަހީވެސް މެއެވެ.

އެއް ޒަމާނެއްގައި މި ދެންނެވުނު ގުޅުން ވިޔަފާރީގެ ގުޅުމެއްގެ ގޮތުގައި އޮތްއިރު، އަނެއް ޒަމާނެއްގައި އެ ގުޅުން އޮތީ ކަނޑުފޭރޭ ބިދޭސީންގެ ޝިކާރައެއްގެ ގޮތުގައެވެ. ބިދޭސީންގެ އަޅުވެތިކަމުގައި ތިބި ދުވަސްތައްވެސް މީގެ ތެރެއިން ވަކި މަދެއް ނޫނެވެ.

މިހެން ތިބެމެ، 1965 ވަނަ އަހަރު އިނގެރޭސީންގެ ފުށުން ސިޔާސީ މިނިވަންކަން ލިބިގަތްފަހުން ދިވެހި ރާއްޖެ މިވަނީ ދުނިޔެއާއި އޮތް ގުޅުން، އެތައް ރޮނގަކުން ވަރުގަދަކޮށްފައެވެ. ރާއްޖެއަކީވެސް ދުނިޔޭގެ ކުރިމަތީގައި ބަސްވިކޭ ޤައުމެއްގެ ގޮތުގައި ފެނިގެން ދިޔަ ދުވަސްވަރެއް ދިޔައެވެ. ޚާއްސަކޮށް ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި ރައީސް މުޙައްމަދު ނަޝީދުގެ ދުވަސްވަރު ރާއްޖެ އަކީ ތިމާވެށި ހިމާޔަތް ކުރުމާއި މޫސުމީ ބަދަލުތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ދެވަނައެއް ނެތް ލީޑަރެއްގެ ގޮތުގައި ފެނިގެން ދިޔައެވެ.

މިއަދު އެ މަންޒަރު ބަދަލުވެއްޖެއެވެ. ވަކި ފަރާތަކަށް ނުޖެހުމަށާއި، ބައިނަލްއަޤުވާމީ ކަންކަމުގައި ވީހާވެސް ސުލްޙަވެރިވާނެ ގޮތްތަކަށް އަމަލުކުރަމުންދިޔަ މި ކުޑަކުޑަ ރާއްޖެ މިއަދު ޚާރިޖީ ގޮތުން ރާމާމަކުނަކާއި އެއްހަމަ ވެއްޖެއެވެ. ނުފޫޒުގަދަ ބައެއް ޤައުމުތަކުގެ ތުންފުއްސެއްގެ ގޮތުގައި ފެންނަން ފަށައިފިއެވެ. ބޮޑެތި ބައެއް ބާރުތަކަށް މިއަދު ދިވެހިރާއްޖެއެކޭ، އަޅުން ގެންގުޅުނު ޒަމާނުގެ ޒުވާން ބާންދީއެކޭ ތަފާތެއް ނެތެވެ. ރާއްޖެއާއި މެދު ކަންކުރަނީ ހިތުހުރި ގޮތަކަށެވެ.

ތެދެކެވެ. ދިވެހިންގެ ޚާރިޖީ ސިޔާސަތުގައި ގޯސް ހަދަން ފެށީ އިއްޔެއަކު މިއަދަކު ނޫނެވެ. އެއީ އެންމެ ކުރީއްސުރެވެސް އެކަން ހިނގަމުން އައި ގޮތެވެ. ފަހުގެ ތާރީޚަށް ބަލާއިރު، ވޭތުވެދިޔަ ފަންސާހެއްހާ އަހަރުގެ ކުރީކޮޅު ދިވެހިންގެ ހުރިހާމެ ސަމާލުކަމެއް ހުރީ އޮޅުދޫކަރައާއި، ހިންދުކަރައާއި އުރުދޫކަރައަށެވެ. މީގެ ތެރެއިންވެސް ހިންދުކަރައިގެ އެހީ އާއި ނުފޫޒު އަބަދުހެން ފެނިގެން ދިޔައީ ރާއްޖޭގެ މައްޗަށް ބޮޑު އެއްޗެއްގެ ގޮތުގައެވެ. އޭރު ދެން އޮތީ މިސްރުގެ ނުފޫޒެވެ.

އޭގެ ފަހުން، ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރަށް ބަލާއިރު އަނެއްކާވެސް ފެނިގެން ދިޔައީ ހިންދުކަރައާއި އިނގިރޭސީންގެ ނުފޫޒު ރާއްޖެއަށް ގަދަވެގެން ދިޔަ ތަނެވެ. އިންޑިއާގެ ވިޔަފާރިތަކުން ރާއްޖޭގެ އިޤުތިޞާދުގެ ތެރެއަށް ބޮޑެތި މަޝްރޫޢުތައް ވައްދައި، ރާއްޖޭގެ އިޤުތިޞާދުގެ މުހިއްމު ބަޔަކަށް ވެގެން ދިޔައެވެ. މި ދެންނެވުނު ތާރީޚުގައި އާތިންގްޓަން ޑޭވީގެ ގޮތުގައި ފެނިގެން ދިޔައީ އިނގިރޭސިވިލާތެވެ. ޚާއްސަކޮށް، އިނގިރޭސި ކޮންޒަވޭޓިވް ޕާޓީއެވެ. އެ ޕާޓިން ބެލީ، އަދި ބަލަމުންދަނީވެސް ދިވެހި ސަރުކާރާއި ވީހާވެސް ގާތް ގުޅުމެއް ބާއްވައިގެން ޑިމޮކްރަސީގެ ނަމުގައި ރާއްޖޭގެ މައްޗަށް ނުފޫޒު ފޯރުވަން ކަމީ މިއަދު ފެންނާން ހުރި ހެކިތަކުން ހާމަވާ ކަންކަމެވެ.

މިއަދުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ބަލާލާއިރު ފެންނަނީ އަމިއްލަ ބާރުކެނޑި، ކުޑަކަކޫ މައްޗަށް ތިރިވެފައިވާ ޤައުމެކެވެ. ސީނުކަރައާއި ސައުދީ އަރަބިއާގެ ދަށުވެ، ފިތި ބާރުވެ، ފެންފޮޅިއެއްހެން ފަަތާވެފައިވާ ބައެކެވެ. ދީނީ ރޮނގުން ނޫން ކޮންމެ ދިމާލަކުން ބަލައިލި ނަމަވެސް މިއަދު ފެންނަމުން މިދަނީ ސީނުކަރައިގެ ހަން ރާއްޖެއަށް ފެތުރިފައިވާތަނެވެ. ސައުދީގެ ބާރު އޮތީ ދީނީ ރޮނގާއިވެސް އެކުގައެވެ. ރާއްޖެއަށް ހަމަނޭވާއެއް ލެވެނީވެސް ސަލްމާނު ރަސްގެފާނު ހިތްޕުޅާ ވިއްޔާއެވެ.

ދުނިޔޭގެ ކުރިމަތީގައި ލަދުގަންނަން ޖެހޭ ހާލަތަށް ޤައުމު ވެއްޓި، ސަލާމަތް ބުއްދިއަށް ޤަބޫލުކުރެވޭނެ އަސާސެއް ނެތި، ބައިނަލްއަޤުވާމީ ބޮޑެތި ޖަމުޢިއްޔާތަކާއި، އެކިއެކި ޤައުމުތަކާއި ގުޅުން ކަނޑާލިއިރު، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ ކުރީގައި އަދިވެސް ބޮޑު އެއް މަސައްކަތް އެބައޮތެވެ. އެއީ އދ ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ކަށަވަރު ކުރުމެވެ.

މިހާރު މަންޒަރު ފެންނަ ގޮތުން ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ހޯދުމަކީ އެއްވެސް ވަރަކަށް އުނދަގޫ ކަމަކަށް ވާނެ ކަމަކަށް ނުބެލެވެއެވެ. އެއްގޮތަކަށްވެސް ރާއްޖެއަށް މަޤުބޫލުކަމެއް ލިބިފައި އޮތުމަކުން ނޫނެވެ. އެމެރިކާ އާއި އިނގެރޭސީންނާއި ސައުދީ އާއި ސީނުކަރަވެސް އެ މަޖިލީގައި ގޮނޑިކޮއްކޮއެއް ބައިންދަން ބޭނުންވާނެތީއެވެ. އެ މަސައްކަތް އެކި ޕްލެޓްފޯމްތަކުގައި މިހާރުވެސް އެ ޤައުމުތަކަށް ރާއްޖެއިން ކޮށްދެމުންދާއިރު، ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ހޯދުމަށް ރާއްޖެއިން ކުރަން ޖެހޭނެހާވެސް ކަމަކީ ލަގަނާ އެކި އަސް ވިއްކާލުމެވެ. މިހާރެކޭ އެއްގޮތަށް، ނުފޫޒުގަދަ ޤައުމުތަކުގެ ޚާރިޖީ ތުންފުއްސެއްގެ ގޮތުގައި ދެމި އޮތުމެވެ.

ދިވެހި ސަރުކާރުގެ ވެރިންނަށް އަޅުގަނޑުގެ އޮތީ ހަމަ އެންމެ އާދޭހެކެވެ. މި ޤައުމަކީ އަޅުގަނޑުމެންގެ ފަހުންވެސް ބަޔަކު ދިރިއުޅޭން އޮތް ތަނެކެވެ. ތިޔަހެން ނަފްސު ވިއްކައިގެން ލިބޭ ފައިސާ ކަށްވަޅަކަށް ނުގެންދެވޭނެއެވެ. ވިސްނާށެވެ. މިއަދު އެބައިމީހުންގެ ފައިގައި ދޫލައި، މާދަމާ މި ޤައުމުގައި އެމީހުންގެ ދިދަ ވިހުރުވުމަށް ފުރުޞަތު ނުދޭށެވެ. އަންނަން އޮތް ޖީލުތަކަށް މިނިވަން ޤައުމެއް ފޯރުކޮށްދޭށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނަގޫރޯޅިވެސް ސިޔާސީ ކުރައްވަނީތޯއެވެ؟

ނަގޫރޯޅިވެސް ސިޔާސީ ކުރައްވަނީތޯއެވެ؟

20 މެއި 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
ސިޔާސީ ޤައިދީންނަކީ ކޮބާ؟

ސިޔާސީ ޤައިދީންނަކީ ކޮބާ؟

02 މެއި 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
މިކަން ސިޔާސީ ނުކުރާށެވެ!

މިކަން ސިޔާސީ ނުކުރާށެވެ!

15 މާރިޗު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު