Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމޯލްޑިވިއަންގެ ދަތުރުތައް

ޓިކެޓްގެ އަގަށް އައި ބަދަލު މަޑުމަޑުން ވިސްނެނީ!

އަގުތަކަށް ގެނައި ބަދަލު ގިނަ މީހުންނަށް ވިސްނިފައި ވަނީ ގޯސްކޮށް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 17 ޖެނުއަރީ 2019 | ބުރާސްފަތި 10:44
ދިވެހި ގައުމީ އެއަރލައިން: މޯލްޑިވިއަން

ދިވެހި ގައުމީ އެއަރލައިން: މޯލްޑިވިއަން

ރާއްޖޭގެ ގައުމީ އެއަލައިން, މޯލްޑިވިއަންއާ މެދު ރައްޔިތުން ކުރާ ޝަކުވާ ވަނީ އިންތިހާއަށް ގޮސްފައެވެ. ހިތްހަމަނުޖެހި ތިބެ އެތައް ބަޔަކު އަބަދުވެސް މޯލްޑިއަންއާ ބެހޭ ގޮތުން ވާހަކަދައްކައެވެ. ހާއްސަކޮށް އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑު ވާހަކައަކީ ކޮންމެ ރައްޔިތަކު ވެސް ދައްކާ ވާހަކައެވެ. މައިގަނޑު ޝަކުވާތައް ގުޅިފައި ވަނީ ވެސް ދޭ ޚިދުމަތާއި އަގާ ނުބައްދަލުވުމުންނެވެ.

ނަމަވެސް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ވެސް މިކަމަށް އެކަށީގެންވާ ހައްލެއް ލިބިގެން ގޮސްފައެއް ނުވެއެވެ. އިންތިހާއަށް އަގުބޮޑު ޓިކެޓާ އެކު ރައްޔިތުން ދިޔައީ ދަތުރު ކުރަމުންނެވެ. އައްޑޫ ސިޓީ އަދި އެހެން މަންޒިލްތަކަށް ވެސް މޯލްޑިއަން ފިޔަވައި ފަތުރުކުރާނެ އިތުރު ގޮތެއް ނެތެވެ. އަމިއްލަ އެއަރލައިން ކަމަށްވާ ފްލައިމީން ވެސް ދަތުރު ކުރަނީ ބައެއް މަންޒިލްތަކަށެވެ. އެހެންކަމުން ކަނޑައަޅާފައިވާ ފެއަރތަކުގެ ތެރެއިން އަގު ހެޔޮ ފެއަރތަކުގައި ގިނަ ފަހަރަށް ޓިކެޓް ނުލިބެއެވެ. ރައްޔިތުންނަށް ޖެހެނީ އިތުރު ގޮތެއް ނެތުމުން އެ ލިބެން ހުންނަ ފެއަރއެއްގައި ޓިކެޓް ނަގައިގެން ދަތުރުކުރުމެވެ. ގިނަ ފަހަރަށް އަވަށްޓެރި ގައުމަކަށް ގޮސްފައި އަންނަހާ ވަރަށް ވުރެ ބޮޑު އަގުގައެވެ.

ދިވެހި ގައުމީ އެއަރލައިން: މޯލްޑިވިއަން

ރައްޔިތުންގެ ޝަކުވާތައް އަޑުއަހައިގެން މެނިފެސްޓޯ އެކުލަވައިލި އެމްޑީޕީގެ ވައުދުތަކާ އެކު ވެރިކަމާ ހަވާލުވެވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިޙްގެ ސަތޭކަ ދުވަހުގެ ތެރޭގައި އެތެރޭގެ އުދުހުންތަކުގެ އަގަށް މިވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ.

އަގުތައް އިއުލާނުކުރުމުގެ ކުރިން ސަރުކާރުން ބުނަމުން ދިޔައީ ސިއްސައިގެންދާ ފަދަ ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. ނަމަވެސް އަގުތައް އިއުލާނުކުރުމާ އެކު ވާނުވާ ނޭނގި ގިނަ ބަޔަކު ކެކި އަރައިގަތެވެ. އުންމީދުކުރި ގޮތަށް އަގުތަކަށް ބަދަލު އައި ކަމަށް ގިނަ ބަޔަކަށް ގަބޫލެއް ނުކުރެވުނެވެ. އެގޮތުން މާލެ އާއި ހަނިމާދޫގެ ދެކޮޅު ދަތުރާއި، މާލެއާއި ތިމަރަފުށީގެ ދެކޮޅު ދަތުރު އަދި މާލެ އާއި ކައްދޫގެ ދެކޮޅު ދަތުރުގެ އަގުވަނީ 1،610 ރުފިޔާ އާއި 2،226 ރުފިޔާއާ ދެމެދު އަދަދަކަށް ކުޑަކޮށްފައެވެ.

މީގެ އިތުރުން މާލެ އާއި އިފުރާއި ދެމެދުގެ ދެކޮޅު ދަތުރާއި، މާލެއާއި ކުޑަހުވަދޫގެ ދެކޮޅު ދަތުރުގެ އަގު ވަނީ 1،500 ރުފިޔާއާއި 2،056 ފުރިޔާއާއި ދެމެދުގެ އަގަކަށް ކުޑަ ކޮށްފައެވެ. މާލެ އާއި ކޫއްޑޫ އަދި މާލެ އާއި ކާޑެއްދޫގެ ދެކޮޅު ދަތުރުގެ އަގު ވަނީ 1،652 ރުފިޔާއާއި 2،442 ރުފިޔާއާއި ދެމެދުގެ އަގަކަށް ކުޑަކޮށްފައެވެ. އަދި މާލެ އާއި ފުވައްމުލަކުގެ ދެކޮޅު ދަތުރުގެ އަގު ވަނީ 1،698 ރުފިޔާ އާއި 2،598 ރުފިޔާއާ ދެމެދުގެ އަދަދަކަށް ކުޑަކޮށްފައެވެ.

މާލެ އާއި އައްޑޫގެ ދެކޮޅު ދަތުރުގެ އަގު ވަނީ 1،698 ރުފިޔާއާއި 2،666 ރުފިޔާއާދެމެދުގެ އަގަކަށް ކުޑަކޮށްފައެވެ. މީގެ ކުރިން ކޮންމެ އެތެރޭގެ އުދުހުންތަކުގެ ކޮންމެ މަންޒިލަކަށް ވެސް ފަސް ފެއަރއެއްގައި ޓިކެޓް ވިއްކަމުންދިޔަ ނަމަވެސް މިހާރު ޓިކެޓް ވިއްކަމުންދާނީ ތިން ފެއަރއެއްގައެވެ. އެގޮތުން ކުރިން އެންމެ އަގުބޮޑުކޮށް ޓިކެޓް ވިއްކި ދެ ފެއަރ މިހާރު އުވާލާފައިވާ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

ދިވެހި ގައުމީ އެއަރލައިން: މޯލްޑިވިއަން

އެހެންކަމުން ކުރީގެ އަގުތަކާ އަޅާބަލާއިރު، މިއަގުތަކަކީ 25 އިންސައްތަ އާއި 30 އިންސައްތައާ ދެމެދުގެ އަގުހެޔޮވުމެކެވެ. އެގޮތުން އެންމެ ބޮޑު ބަދަލެއް ދުރު ރޭންޖްތައް ކަމަށްވާ އައްޑޫ ސިޓީ ފަދަ ދާއިރާތަކުގެ ޓިކެޓް ރޭންޖުން ފެންނާނެއެވެ. ނަމަވެސް ރާއްޖެއެމްވީއާ ވާހަކަދެއްކި އައްޑޫ ސިޓީގެ ބައެއް ފަރާތްތަކުން ބުނެފައި ވަނީ މިހާރު އެންމެ އަގު ބޮޑު ފެއަރގެ ގޮތުގައި 1333ރ. ފެއަރއަކީ ކުރިން ވެސް ޓިކެޓް ލިބެން ހުންނަ ފެއަރއެއް ކަމަށާއި މި އަށް ވުރެ އަގު ހެޔޮވާން ޖެހޭ ކަމަށެވެ. އެހެންނަމަވެސް އަނެއް ބައިފަރާތްތަކުން ބުނެފައި ވަނީ އަގުބޮޑު ދެ ފެއަރ އުވާލުމުން ދަތުރުކުރާއިރު ފާއިދާތަކެއް ވާ ކަމަށެވެ. މާލެ އާއި ކައިރި ހިސާބުތަކަށް ދަތުރު ކުރުމުގައި ޓިކެޓްގެ އަގަށް މާބޮޑު ބަދަލެއް ނާންނަ ކަމަށާއި ނަމަވެސް އެއްވަރެއްގައި ހުރުމުން އެކަމުގެ ހިތް ހަމަޖެހުން އެބައޮތް ކަމަށް އެފަރާތްތަކުން ފާހަގަކުރިއެވެ.

ގިނަ ރައްޔިތުންގެ އަބަދުވެސް ޝަކުވާއަކަށް ވެފައި ވަނީ އަގު ހެޔޮ ފެއާތަކުގައި ސީޓް ލިބުމުގެ ދަތިތަކެއް ހުރުމެވެ. ޓިކެޓްގެ އަގަށް ގެނެވުނު ބަދަލަށް އަމަލުކުރަން ފަށާފައިވާއިރު ކޮންމެ ދުވަހަކު ވެސް 500 ސީޓް އަގު ހެޔޮ ބޭންޑުތަކުން ލިބެން ހުންނާނެ ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވަނީ ވިދާޅުވެފައެވެ.

ދިވެހި ގައުމީ އެއަރލައިން: މޯލްޑިވިއަން

އަގުތައް ހެޔޮ ކުރުމުގެ ކުރިން، އަގު ހެޔޮ ފެއާތަކުގައި ގެންގުޅެފައި ހުރީ މަހެއްގެ މައްޗަށް 5000 ސީޓް ކަމަށާއި، އޭގެ ތިން ގުނަ މިހާރު އިތުރުވާނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ. އެގޮތުން އަގު ހެޔޮކޮށް ޓިކެޓް ވިއްކަން ފެށުމާ އެކު މަހެއްގެ މައްޗަށް 15،000 ސީޓް އެންމެ ދަށް ދެ ބޭންޑުގައި އަބަދު ވެސް ލިބެން ހުންނާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާކަމަށް ރިޒްވީ ވިދާޅުވިއެވެ.

ހަގީގަތުގައި ވެގެން އުޅެނީ އެހެން ގޮތެކެވެ. އައި ބަދަލުތައް އެންމެ ފުރަތަމަ ވެސް މީހުންނަށް ނުވިސްނުނީއެވެ. ޓިކެޓްތައް ނަގައިގެން ދަތުރުކުރަން ފެށުމުން ކަންވާ ގޮތް ސާފުވާން ފެށިއެވެ. ކުރިން ކުރަމުން އައި ޝަކުވާތަކަށް ކޮންމެ ވެސް ވަރެއްގެ ފިނިކަމެއް މިހާރު ވަނީ ލިބެން ފަށާފައެވެ. އަގުތަކަށް އައި ބަދަލުތައް ކަސްޓަމަރުންނަށް މިހާރު މަޑުމަޑުން ވަނީ ވިސްނެން ފަށާފައެވެ.

އިތުރަށް ކިޔާލަން

25 މެއި 2017

ކަރާގެ އަގަށް ރަމަޟާން މަހު މާބޮޑު ބަދަލުތަކެއް ނާންނާނެ: ވިޔަފާރިވެރިން

25 މެއި 2017
ކަރާގެ އަގަށް ރަމަޟާން މަހު މާބޮޑު ބަދަލުތަކެއް ނާންނާނެ: ވިޔަފާރިވެރިން
21 މެއި 2017

ޓްރަމްޕްގެ "ހޭޓް ސްޕީޗް" ގެ ބަދަލު: ސައުދީގެ އެންމެ މަތީ ޝަރަފު

21 މެއި 2017
ޓްރަމްޕްގެ "ހޭޓް ސްޕީޗް" ގެ ބަދަލު: ސައުދީގެ އެންމެ މަތީ ޝަރަފު
15 މެއި 2017

"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

15 މެއި 2017
"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"
20 އެޕްރީލު 2017

ގއ ވިލިނގިލި ބަދަލުވެއްޖެ!

20 އެޕްރީލު 2017
ގއ ވިލިނގިލި ބަދަލުވެއްޖެ!
13 އެޕްރީލު 2017

ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

13 އެޕްރީލު 2017
ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟
11 އެޕްރީލު 2017

ސީރިޔާ ހަނގުރާމައިގެ މިސްރާބު ބަދަލުވަނީތަ؟

11 އެޕްރީލު 2017
ސީރިޔާ ހަނގުރާމައިގެ މިސްރާބު ބަދަލުވަނީތަ؟
19 މާރިޗު 2017

ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް

19 މާރިޗު 2017
ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް
02 މާރިޗު 2017

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން
24 ފެބުރުއަރީ 2017

އުތުރު ކޮރެއާ އާއި މެލޭޝިއާ ހަތުރުންނަށް ބަދަލުވުމުގެ ކޮޅުމަތި ފެންނަނީ!

24 ފެބުރުއަރީ 2017
އުތުރު ކޮރެއާ އާއި މެލޭޝިއާ ހަތުރުންނަށް ބަދަލުވުމުގެ ކޮޅުމަތި ފެންނަނީ!
23 ޖެނުއަރީ 2017

އީއައިއޭ ހަދަން ނުޖެހުން، ތިމާވެއްޓާ މިނިސްޓްރީ އުވާލުންފަދަ ކަމެއް؟!

23 ޖެނުއަރީ 2017
އީއައިއޭ ހަދަން ނުޖެހުން، ތިމާވެއްޓާ މިނިސްޓްރީ އުވާލުންފަދަ ކަމެއް؟!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު