Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޒުވާނުންގެ އުއްމީދު

"އަލަތު ކައިވެނީގެ ފްލެޓް" ހުވަފެނީ ބިލާހަކަށް!

ދައުރު ނިމޭ އިރު މި ސަރުކާރުން އެއްވެސް ފްލެޓެއް ނާޅާ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 24 ޖުލައި 2018 | އަންގާރަ 03:15
ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ފޯމު ބަލައިގަތުން ކުރިއަށް ދަނީ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ފޯމު ބަލައިގަތުން ކުރިއަށް ދަނީ

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތީ ޒުވާނުންނަށް ވަރަށް ގިނަ ވައުދުތައް ވެވަޑައި ގަންނަވަމުންނެވެ. ޒުވާނުންގެ ރައީސެއްގެ ގޮތުގައި ހުންނަވާނެ ކަމަށް ވައުދުވެ ވަޑައިގަންނަވަމުންނެވެ. ޒުވާނުންނަށް އެތައް ހުވަފެނެއް ދައްކަވަމުންނެވެ.

ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯއްދަވައި ދެއްވުމަށް ރައީސް ޔާމީން ވައުދުވެ ވަޑައިގަތެވެ. ޒުވާނުންނަށް ރައްކާތެރި މާހައުލެއް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަލަތު ކައިވެންޏާ އެކު ޒުވާނުންނަށް ފްލެޓް ހޯއްދަވައި ދެއްވާނެ ކަމަށް ވައުދުވެވަޑައިގަތެވެ. އެހެން ނަމަވެސް އަނެއްކާ ވެސް ވައުދުތަކަކާ އެކު ރައީސް ޔާމީން ވޯޓު ހޯއްދެވުމަށް ޒުވާނުންގެ ގާތަށް މީހުން ފޮނުއްވާއިރު، 2013 ގެ ވައުދުތައް ފުއްދުނީ ކިހާވަރަކަށްތޯ ޒުވާނުން ސުވާލުކުރާނެއެވެ.

އަލަތު ކައިވެންޏާ އެކު ޒުވާނުންނަށް ފްލެޓް ދޭނެ ކަމަށް ޕީޕީއެމް. އިން ވި ވައުދަކީ ޒުވާނުން ބަލައިގަތް ވައުދެކެވެ. ތޮއްޖެހިފައިވާ މި މާލޭގައި ދިރިއުޅޭ ޒުވާނުންނަށް އެންމެ ބޭނުންވެފައި ވި އެއްކަމަކީ، ބޯހިޔާވަހިކަމެވެ. ދިރިއުޅޭނެ ތަނެއް ނެތިގެން، އަދި އަތްފޯރާ އަގެއްގައި ތަނެއް ކުއްޔަށް ހިފޭނެ ގޮތެއް ނެތިގެން ކައިވެންޏެއް ނުކޮށް ތިބި ޒުވާނުންގެ އަދަދު މަދެއް ނޫނެވެ. އެ ޒުވާނުންނަށް ޕީޕީއެމް. އިން 2013 ގައި ވި ވައުދަކީ އެ ޒުވާނުން ކައިވެނިކޮށްގެން ދިރިއުޅޭނޭ ބޯހިޔާވަހިކަމެއް ހޯދައި ދިނުމެވެ.

އެމްޑީޕީ. ގެ ވެރިކަމުގައި ފްލެޓްތައް އެޅުމުގެ މަސައްކަތް ފަށައި، އެކަން ކުރަމުން ދިޔަލެއް ފަސޭހަކަމުން ޒުވާނުންނަށް ހީކުރެވުނީ ޕީޕީއެމް. ގެ ސަރުކާރެއްގައި ވެސް ފަސޭހަ ރަހުމަތެއްގައި އެކަން ވެދާނެ ކަމަށެވެ. ފްލެޓް އެޅުމަކީ ރޮކެޓް ސައިންސް ނޫންކަން އޮތީ ވިސްނިފައެވެ. އެހެންނަމަ ވެސް، ފްލެޓް އެޅުމުގެ ނަމުގައި ކޮރަޕްޝަން ހިންގައި، ފްލެޓް ޕްރޮޖެކްޓްތައް ހިންގާނެ ގޮތެއް ނޭނގި، އެމްޑީޕީ. ގެ ސަރުކާރުގައި އެޅި ފްލެޓްތައް ވެސް ބެހުމުގައި އިންތިހާއަށް ކޮރަޕްޝަން ހިންގަފާނެ ކަމަށް ޒުވާނުން ހިއެއް ނުކުރެއެވެ.

ކޮންމެއަކަސް ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ނިމިގެން ދިޔައީއެވެ. މި ސަރުކާރުން އެޅި ފްލެޓެއް ފެންނާކަށް ނެތެވެ. ސޯޝަލް ހައުސިންގ ޕްރޮޖެކްޓްތަކުގެ ތެރެއިން ރައީސް ނަޝީދުގެ ސަރުކާރުން ފެށި ޕްރޮޖެކްޓްތައް ފިޔަވައި، އިތުރު ޕްރޮޖެކްޓެއް ފެށިފައެއް ނެތެވެ. ރައީސް ޔާމީނުގެ ވެރިކަމުގެ ކުރީކޮޅު ކައިވެނިކުރި ޒުވާނުންނަށް ދަރިން ލިބި، އެކުދިން ޕްރީސްކޫލް ފެށިއިރު ފްލެޓެއް ލިބޭނެ ކަމުގެ އުއްމީދެއް ނެތެވެ. އަލަތު ކައިވެންޏާ އެކު ފްލެޓް ލިބޭނެ ކަމަށް އޮންނަ އުއްމީދަށް ވުރެ ޕީޕީއެމްއަށް ކުރާ އަލަތު ސޮޔާ އެކު ފްލެޓް ލިބޭނެކަމުގެ އުއްމީދު މާބޮޑެވެ. އެހެނަސް، އެއީ ހަމައެކަނި އުއްމީދެކެވެ. އެއުއްމީދު މިސަރުކާރަށް ހަޤީޤަތަކަށް ހަދައެއް ނުދެވުނެވެ.

ރައީސް ޔާމީނުގެ ސަރުކާރުގައި ދެން ފެށީ ހިޔާ މަޝްރޫއު ނަމުގައި އަނެއްކާ ވެސް ލޮލުގައި އަނދުން އެޅުވުމުގެ މަޝްރޫޢެކެވެ. ސަރުކާރުގެ ކުންފުނިތަކުން ފްލެޓް އަޅައިދެނީއޭ ބުނެ، އަމިއްލައަށް ޚަރަދު ބަރަދު ނުބެލެހެއްޓޭ ކުންފުނިތަކުން ވެސް ފެށީ ފްލެޓް އަޅާށެވެ. އެތަންތަނުގައި ވަޒީފާތަކުގައި ތިބި ޒުވާނުން ވެސް މޮޅުތަކެއް ވެދާނެ ކަމަށް ހީކޮށްގެން ތިއްބާ ކުއްލިއަކަށް އެމީހުންނަށް އެންގީ ބޮޑެތި ޑައުންޕޭމަންޓް ދެއްކުމަށެވެ. އެވަރުގެ އަދަދެއް ދައްކާކަށް ކެރިކުޅަދާނަ ޒުވާނުން އެކުންފުނިތަކަކު ނެތެވެ. ޒުވާނުންނަށް ހައްތަހާ ވެސް ދޯކާއެވެ. އަނެއްކޮޅުން ހިޔާ މަޝްރޫއުގެ ދަށުން އަލަތު ކައިވެނިކުރާ ފަރާތްތައްކަށް ކަނޑައެޅީ މުސްތަގުބަލެއް ނެތް ފްލެޓްތަކެކެވެ. އެއް ކޮޓަރީގެ ފްލެޓްތައް ހާއްސަކޮށްފައި ވަނީ އެ ކެޓެގަރީއަށެވެ. މާނައަކީ އަދި ހަމައެކަނި ކަރުދާހުގައި އޮތް އެ ފްލެޓްތައް ލިބުނެއް ކަމަކު އެ ދެމަފިރިން ދަރިއަކު ހޯދައިގެން ވެސް އުޅެންޖެހޭނީ އެތަނުގައި ކަމެވެ. މިހާރު ވެސް ކިޔާހެން މުޅި އާއިލާ ގޮވައިގެން އުޅެންޖެހޭނީ މީދާ ހޮރެއްގައެވެ. މި ޕްލޭނުން ވެސް އެނގިގެން ދަނީ ޒުވާނުންގެ މުސްތަގުބަލާ މެދު މި ސަރުކާރުން އެއްވެސް ވިސްނުމެއް ނެތް ކަމެވެ. ނުވަތަ ވިސްނުން ހުރީ ނޭފަތު ކުރިއާ ހަމައިގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒުގެ ފްލެޓު ކޮމިޓީގެ މެމްބަރުންނަށްވެސް ފްލެޓް!

މުއިއްޒުގެ ފްލެޓު ކޮމިޓީގެ މެމްބަރުންނަށްވެސް ފްލެޓް!

24 އޯގަސްޓު 2020
ކުރީ ސަރުކާރުން ވަކި ބަޔަކަށް ފްލެޓް ދިނުމަށް މަކަރާ ހީލަތް ހަދާފައިވާ ކަމުގެ އެތައް ހެއްކެއް!

ކުރީ ސަރުކާރުން ވަކި ބަޔަކަށް ފްލެޓް ދިނުމަށް މަކަރާ ހީލަތް ހަދާފައިވާ ކަމުގެ އެތައް ހެއްކެއް!

24 އޯގަސްޓު 2020
އަލަތު ކައިވެނީގެ "ހަނީމޫން" 4 މަހަށް ލަސްކުރީ ރާއްޖެ ނާދެވިގެން!

އަލަތު ކައިވެނީގެ "ހަނީމޫން" 4 މަހަށް ލަސްކުރީ ރާއްޖެ ނާދެވިގެން!

17 ޖުލައި 2020
ކުރިން ފްލެޓް ދިނީ ފިޔާތޮށި ވީމައޭ ބުނާ އަޑުއެހިން. މިފަހަރު ރީނދޫ ނުކުރާތި!

ކުރިން ފްލެޓް ދިނީ ފިޔާތޮށި ވީމައޭ ބުނާ އަޑުއެހިން. މިފަހަރު ރީނދޫ ނުކުރާތި!

06 ފެބުރުއަރީ 2020
ފްލެޓްތަކުގެ ހައްޤުވެރިކަން ކަނޑަނޭޅި އެތައް މަސްތަކެއް!

ފްލެޓްތަކުގެ ހައްޤުވެރިކަން ކަނޑަނޭޅި އެތައް މަސްތަކެއް!

18 ސެޕްޓެމްބަރު 2019

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު