Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފްލެޓް

ފްލެޓްތަކުގެ ހައްޤުވެރިކަން ކަނޑަނޭޅި އެތައް މަސްތަކެއް!

ފްލެޓް ކޮމެޓީގެ މަސައްކަތް ރައްޔިތުންނަށް ސާފެއް ނޫން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2019 | ބުދަ 13:31
ފްލެޓް ނުލިބުމަކީ ރައްޔިތުން ކަންބޮޑުވާކަމެއް

ފްލެޓް ނުލިބުމަކީ ރައްޔިތުން ކަންބޮޑުވާކަމެއް

ކޮންމެ މީހަކު ވެސް އެ މީހަކު ދިރިއުޅޭ ފަސްގަނޑު ދޫކޮށް ތަރައްޤީވެފައިވާ މާލޭ ސިޓީއަށް އަންނަނީ ގިނަ އުންމީދުތަކަކާ އެކުއެވެ. ދުވަހެއް ދުވަހަކަށް މާލެ ސިޓީ ތޮއްޖެހެމުން ދާއިރު ބައެއް މީހުން އުފަން ފަސްގަނޑު ދޫކޮށް މާލެ އަށް އަންނަނީ އެމީހުންގެ ކުދިންނަށް ރަނގަޅު ތައުލީމެއް ހޯދައި ދިނުމަށާއި ސިއްހީ ފަރުވާ އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމަށެވެ.

ކުރު ގޮތަކަށް ބުނާ ނަމަ އެމީހުންގެ އަސާސީ ބޭނުންތައް ފުއްދުމަށެވެ. އެހެންނަމަވެސް މި ހިދުމަތްތައް އެންމެ ފުރިހަމައަށް ލިބިގަތުމަށްޓަކައި މާލެ އަށް އަންނައިރު ކުރިމަތިލާންޖެހޭ ހަޤީޤަތެއް އެބައޮތެވެ. އެއީ ބޮޑުވަމުންދާ ކުއްޔާއި އެޑްވާންސްގެ ވާހަކައެވެ. މި ކުލި ނުވަތަ އެޑްވާންސް ނުދައްކާވޭތޯ ބެލުމަކީ ގިނަ ރައްޔިތުންގެ އުންމީދެވެ. އެގޮތުން ރައްޔިތުންނަށް އޮތް ގޮތަކީ ސަރުކާރުން ދޫކުރާ އެކި ހައުސިންގް ސްކީމްތަކަށް ކުރިމަތިލައިގެން ފްލެޓް ހޯދުމެވެ. މިގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ފްލެޓަށް ކުރިމަތިލާން ހުޅުވާލި ފުުރުސަތުގައި ގިނަ ރައްޔިތުން ފްލެޓަށް ކުރިމަތިލިއެވެ. އެހެންނަމަވެސް އޭރުގެ ސަރުކާރުން ރައްޔިތުންނަށް ފްލެޓަށް ދޫކޮށްފައި ހުރީ އެންމެ އިންސާފުވެރިކޮށެއް ނޫނެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމުގެ ކުރިންނާއި ވެރިކަމަށް ވަޑައިގަތުމަށްފަހު ވެސް ރައްޔިތުންނަށް ބޯހިޔާވަހިކަމާއި ގުޅޭ އެތަކެއް ވައުދުތަކެއް ވެވަޑައިގެންނެވިއެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތަފްސީލްތައް ހާމަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވެފައިވަނީ ކުރީގެ ސަރުކާރުގެ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ލިޔުން ދީފައިވާ މީހުންނާއި މަތިން ޕޮއިންޓް ލިބި ފްލެޓް ނުލިބުނު މީހުންގެ މައްސަލަތަކީ ވެސް ކުރީ ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލަތަކުގެ އިތުރުން ގެދޮރުވެރިކަމުގެ މަސްރޫއުގެ ކަންކަމާއި ގުޅީފަޅު މަޝްރޫއުގެ މައްސަލަ ވެސް މި ސަރުކާރުން ހައްލު ކޮށްދެއްވާނެ ކަމަށެވެ.

ރައީސްގެ އެ ވައުދުތަކުގެ ސަބަބުން ގިނަ ރައްޔިތުންގެ އުންމީދުތައް އާލާވެގެން ދިޔައެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ސަރުކާރަށް އެތައް މަސްތަކެއް ފުރުނުއިރުވެސް އެ ވައުދު އޮތީ ހަމަ "ހުސް" ވައުދެއްގެ ގޮތުގައެވެ. ފްލެޓްތަކުގެ ހައްޤުވެރިންނަށް އެ ފްލެޓްތައް ދިނުމަށްޓަކައި މާ ބޮޑު މަސައްކަތެއް މި ސަރުކާރުން ކުރެވިގެން ދިޔަ މަންޒަރެއް ފެނިގެނެއް ނުދެއެވެ.

"ހިޔާ" މަޝްރޫ އާއި "ގެދޮރުވެރިކުރުން" އަދި "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ކުރިއަށް ގެންގޮސްފައިވާ ގޮތާއި ފްލެޓްތައް ދޫކޮށްފައިވާ ގޮތް ރިވިއުކޮށް، އިންސާފުވެރި ދެފުށް ފެންނަ ގޮތަށް ފްލެޓް ލިބުން ހައްގުވާ ފަރާތްތަކަށް، ފްލެޓް ލިބޭނޭ ގޮތް ހެދުމަށް "ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ"ގެ ނަމުގައި ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް މި ސަރުކާރުން އެކުލަވާލާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ. ނަމަވެސް ފާއިތުވި 7 މަސް ދުވަހުގެ ތެރޭގައި މި ކޮމެޓީގެ މަސައްކަތްތައްވެސް ރައްޔިތުން އުންމީދު ކުރި ވަރަކަށް ހަލުވި ވެގެނެއް ނުދިޔައެވެ.

އެ ކޮމެޓީގެ މަސައްކަތް ކުރިއަށްދާ ގޮތް ވެސް ރައްޔިތުންނަށް ސާފެއް ނޫނެވެ. ފްލެޓްތަކުގެ ޝަކުވާ ހުށަހެޅި ގިނަ ރައްޔިތުންނަށް 7 މަސްވެގެން ދިޔައިރުވެސް އެ ކޮމެޓީގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބެއެވެ. އަދި ފްލެޓްތަކުގެ ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ލިބުނީ ކޮން ޝަކުވާތަކެއް ކަމެއް ކޮމެޓީން ހާމައެއް ނުކުރެއެވެ. އެކޮމެޓީގެ ދެ މެމްބަރެއް މީހާރު ވަނީ އިސްތިއުފާ ވެސް ދީފައެވެ.

ފްލެޓްތަކުގެ ކޮމެޓީގެ މަސައްކަތާއި ބެހޭގޮތުން ރާއްޖެއެމްވީ އިން ސުވާލުކުރުމުން ރައީސްގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ ބުރާސްފަތި ދުވަހު އޮންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އެވާހަކަފުޅު ދައްކަވާނެ ކަމަށެވެ. ރައްޔިތުންގެ ހިތްތަކުގައި ޖަވާބު ނުލިބި ހުރި ސުވާލުތައް ބައިވަރެވެ.

ފްލެޓްތައް ލިބޭނެކަމުގެ އުންމީދު މަޑުމަޑުން ނެތިގެންދާ ކަމަށް ގިނަ ރައްޔިތުން ބުނެއެވެ. އަދި މި ސަރުކާރުން ވެސް ހަދަނީ ހުސް ދޮގު ކަމަށް އެ ރައްޔިތުން ބުންޏެވެ.

ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ކަމަށް ބުނެ އެކި ސަރުކާރުތަކުން ފްލެޓްތައް ދޫކޮށްފައިވެއެވެ. ބޯހިޔާވަހި ކަމުގެ މައްސަލައަށް ހައްލެއް ހޯދައިދީ އެކި ވައުދުތައް ވެސް ވަނީ ވެފައެވެ. އެހެންނަމަވެސް އެކަމުން ވެސް ކުރި ފައިދާއެއް ފެންނާކަށް ނެތެވެ.

ގެދޮރުވެރިކަމަށް ހަޤީޤަތުގައި ބޭނުންވެފައިވާ ތިބި ރައްޔިތުންނަށް އެ ގެދޮރުވެރިކަން ނުލިބިދޭނެކަމުގެ ބިރު މިހާރު ވަނީ ހީވާން ފަށާފައެވެ. ރައްޔިތުން ބޭނުން ވަނީ ގިނަ ހުވަފެންތަކާއި ފޮނި ވައުދުތަކެއް ވާ ސަރުކާރެއް ނޫނެވެ. މިހާރުން މިހާރަށް މިކަމަށް ހައްލެއް ހޯދައިދޭނެ ސަރުކާރެކެވެ. އަދި ބުނާ ބަހާއި ވާ ވައުދުތައް ދަމަހައްޓާނެ ސަރުކާރެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބިލެއްދޫއިން މަގޫދޫއަށް ފަތާފައި ކުރި ދަތުރު، އެތައް ބަޔަކު ހައިރާންކޮށްލި ހަރަކާތެއް

ބިލެއްދޫއިން މަގޫދޫއަށް ފަތާފައި ކުރި ދަތުރު، އެތައް ބަޔަކު ހައިރާންކޮށްލި ހަރަކާތެއް

09 ޑިސެމްބަރު 2017
ސަރުކާރަށް 4 އަހަރު: ބަހާއި އަމަލާ ދިމާނުވާ އެތައް ކަމެއްގެ ތެރޭގައި ރައްޔިތުން ތާށިވެފައި

ސަރުކާރަށް 4 އަހަރު: ބަހާއި އަމަލާ ދިމާނުވާ އެތައް ކަމެއްގެ ތެރޭގައި ރައްޔިތުން ތާށިވެފައި

17 ނޮވެމްބަރު 2017
ޒުވާން ޖީލު ހަލާކުވެ ދިއުން: އެތައް ބައެއްގެ އިހްމާލެއް، ވިސްނާ

ޒުވާން ޖީލު ހަލާކުވެ ދިއުން: އެތައް ބައެއްގެ އިހްމާލެއް، ވިސްނާ

17 އޮކްޓޯބަރު 2017
ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

03 އޮކްޓޯބަރު 2017
އެތައް ބަލިމީހެއްގެ ރުއިމުގެ އަޑު އެއްސެވި ގާސިމްގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ނެތް!

އެތައް ބަލިމީހެއްގެ ރުއިމުގެ އަޑު އެއްސެވި ގާސިމްގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ނެތް!

06 އޯގަސްޓު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު