Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ލަންކާގައި ދިން ބޮމުގެ ހަމަލާ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ލަންކާއާ އަބަދުވެސް އޮންނާނީ ގާތް ގުޅުމެއް: ސަބްރާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 27 އެޕްރީލު 2019 | ހޮނިހިރު 11:13
ސަބްރާ ނޫރައްދީން ސްޕީޗް ދެއްވަނީ

ސަބްރާ ނޫރައްދީން ސްޕީޗް ދެއްވަނީ

ސްރީ ލަންކާގެ ކްރިސްޓިއަނުން އީސްޓަ ސަންޑޭ ފާހަގަކުރަމުން ދަނިކޮށް އާދިއްތަ ދުވަހު ލަންކާގެ އެކި ސަރަހައްދުތަކަށް ދޭން ފެށި ބޮމުގެ ހަމަލާތަކާ ގުޅިގެން އަދިވެސް އެ ޤައުމު އޮތީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. މުޅި ޤައުމުން ފެންނަނީ ހަލަބޮލިކަމާއި ހިތް ނުތަނަވަސްކަމެވެ. އެ ހަމަލާތަކާ ގުޅިގެން އެތައް ބައެއްގެ ފުރާނަ ގޮސް އެތައް ބަޔަކަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު، ލަންކާ ރައްޔިތުން މިއަދު ތިބޭނެ ހާލު ވަޒަންކޮށްލަން ވެސް ދައްޗެވެ. އެ ހަމަލާތަކާ ގުޅިގެން އެކި ޤައުމުތަކުން ލަންކާއަށް ތައުޒިޔާ ކިޔައި ހިތްވަރު ދެމުންދާއިރު، ރާއްޖެއިން ވެސް ދަނީ ވެވުނު މިންވަރަކުން އަވައްޓެރި ލަންކާއަށް އެހީީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ރާއްޖޭގައި ތިބި ލަންކާ ރައްޔިތުންނާއެކުގައި ތިބިކަން ހާމަ ކުރުމަށް ހުކުރު ދުވަހު ރެޑް ކްރެސެންޓުން އިސްނަގައިގެން ބޭއްވި ހަރަކާތް ފާހަގަކޮށްލެވެއެވެ.

ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމާއި، ފަރސްޓްލޭޑީ ފަޒްނާ އަހުމަދުގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުން އަމިއްލަ އިސްނެންގެވުމަށް މި ހަރަކާތުގައި ބައިވެރިވެފައިވާއިރު، ލަންކާ ރައްޔިތުންގެ ހިތާމަތަކުގައި ބައިވެރިވުމަށް އެއް މިނެޓުގެ ހަމަހިމޭން ކަމުގެ ސުކޫތެއް ވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށްގެންގޮސްފައިވެއެވެ. ނަމަވެސް މި ހަރަކާތުގެ ތެރެއިންވެސް އެންމެ އަޅައިގަތް އެއް ކަމަކީ ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް ސެކެޓްރީ ސަބްރާ ނޫރައްދީން ދެއްވި ސްޕީޗެވެ. އެވަގުތު އެ ސްޕީޗް އަޑުއަހާފައި ލޮލުން ކަރުނަ ނުހިލޭ މީހެއް އެތަނުގައި މަދުވާނެކަން ހަމަ ޔަޤީނެވެ.

ސަބްރާގެ ސްޕީޗް ރައީސް މައުމޫނު އަޑުއައްސަވަނީ

"މި ސްޕީޗް ދެވޭނެކަމާމެދު އެތައް ފަހަރަކު ވިސްނިން" އޭ ވިދާޅުވަމުން އިނގިރޭސި ބަހުން ސަބްރާ ފެއްޓެވި މި ސްޕީޗް ފުރިހަމަވެފައި އެހާމެ އަސަރުގަދައެވެ. އެގޮތުން ސަބްރާ ވިދާޅުވީ، އެވަރަށް ވިސްނަން ޖެހުނީ ކިޔާނެ އެއްޗެއް ނެތިގެން ނޫން ކަމަށާއި، ބުނަން ބޭނުންވާ ވަރަށް ގިނަ ވާހަކަތައް އެބަހުރި ކަމަށެވެ. އެގޮތުން ލަންކާއާ އޮތް ގާތް ގުޅުން ސިފަ ކުރަމުން ލަންކާގައި އުފަންވި ސަބްރާ ބުނީ، އޭނާ އުޅެ ބޮޑުވީ ލަންކާގައި ކަމަށާއި، ލަންކާ އަބަދު ވެސް ޚާއްސަވާނެ ކަމަށެވެ. އަދި ދިރިއުޅުމުގެ މުހިއްމު ކަންކަން ވޭތުކޮށްފައިވާ ލަންކާއަކީ "ގެއާ ދުރުގައިވާ ގެއެއް" ކަމުގައި ސަބްރާ ވިދާޅުވިއެވެ. އެވާހަކަތައް ދައްކަމުން ދިޔަ އިރު ސަބްރާ ދިޔައީ ރޮމުން ގިސްލަމުންނެވެ. އަދި އެ ހަރަކާތުގައި ބައިވެރިވި ލަންކާ ރައްޔިތުންނާއި ދިވެހީން ވެސް ސަބްރާގެ އެ އަސަރުގަދަ ސްޕީޗް ދެމުން ދިޔަ ވަގުތުގައި ރޮމުން ދިޔަތަން ފެނުނެވެ.

ސަބްރާ ސްޕީޗް ދެއްވަނީ

މި ސްޕީޗުގައި ސަބްރާ ވަނީ ރާއްޖެއާއި ލަންކާއާ ދެމެދު އޮތް ގާތް ގުޅުމާ ބެހޭގޮތުންވެސް ވާހަކަދައްކަވާފައެވެ. އެގޮތުން ސަބްރާ ވިދާޅުވީ، ލަންކާއަކީ ހަަމައެކަނި ޑިޕްލޮމަޓިކް ގުޅުމެއް އޮތް ޤައުމެއް ނޫން ކަމަށާއި، ލަންކާއާ ދެމެދު އޮތީ ގާތް އެކުވެރި ގުޅުމެއް ކަމަށެވެ. އެގޮތުން ލަންކާގެ ބޮމުގެ ހަމަލާގެ ވާހަކައަޑުއިވުމުން ޤަބޫލުކުރަން ދަތިވި ކަމަށާއި، ވަގުތުންް ލަންކާގައި ތިބި އާއިލާތަކާއި ރައްޓެހިންގެ ހާލު ބެލުމަށް އަވަސްވެވުނު ކަމަށެވެ. އަދި ހަމަލާތަކުގެ ޚަބަރުތައް އާންމުވަމުން ދިޔަ ވަރަކަށް އެ ޚަބަރުތައް އަޑުއެހީ ފުން ހިތާމައާއެކުގައި ކަމަށާއި، ޚަބަރުތަކާއި މީސް މީޑިއާ މެދުވެރިކޮށް ހުއްޓުމެއް ނެތި ލަންކާގެ ޚަބަރުތައް ބަލަމުން ގެންދިޔަ ކަމަށެވެ.

ލަންކާގައި ހިނގި ބޮމުގެ ހަމަލާގެ ބައެއް މަންޒަރުތައް

ސަބްރާގެ އާއިލާ ސިއްހީ ސަބަބުތަކަށްޓަކައި ކޮލަމްބޯއަށް ބަދަލުވީ 1 މޭ 1993 ގައެވެ. އެގޮތުން ލަންކާގެ ސިޔާސީ މަޝްރަހަށް އައި ގިނަ ލޮޅުންތައް ވަރަށް ގާތުން ހިއްސާ ކުރި ކަމަށާއި، އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން ނޭނގޭ ބިރުވެރިކަމެއްގެ އިހުސާސް އަލުން އަނބުރާ އައިސްފައިވާ ކަމަށްވެސް ސަބްރާ ވިދާޅުވިއެވެ. އެގޮތުން ސަބްރާ ވިދާޅުވީ، އެފަދަ ހަމަލާތަކުގެ ސަބަބުން އަމާން ކަމާއި، ސުލްހަމަސަލަސްކަން ގެއްލި އެކުގައި އެއްބައެއްގެ ގޮތުގައި އުޅުމުގެ އަސާސް ފުހެވިގެންދިއުމަށް މަގުފަހިވާ ކަމަށެވެ. އެގޮތުން މުސްލިމުންނަށް ދެރަ ކަމެއް ދިމާވުމުން ކްރިސްޓިއަން ދީނުގެ މީހުން އުއްބައްތި ދިއްލައިގެން ޗާރޗްތަކުގައި ދުއާ ކުރާ ހަނދާން ތަކާއި، މުސްލިމުން އީދު ފާހަގަކޮށް ތަފާތު ކެއުންތައް ކައްކައިގެން އެހެން ދީން ތަކުގެ މީހުންނަށް ވެސް "ބިރިޔާނި" އާއި ތަފާތު ކެއުންތަކަށް ދައުވަތު ދޭ ކަމަށާއި، ބުޑިސްޓް މީހުންނާއި ހިންދޫއިން ވެސް އެކުގައި އެއްމުޖުތަމައެއްގައި އުޅެވޭ ތަނެއްގެ ގޮތުގައި ލަންކާ އޮތްކަން ސަބްރާ ފާހަގަކުރެއްވިއެވެ.

ސްރީ ލަންކާގެ ކްރިސްޓިއަނުން އީސްޓަ ސަންޑޭ ފާހަގަ ކުރަމުން ދަނިކޮށް އާދިއްތަ ދުވަހު އެ ޤައުމުގެ އެކި ސަރަހައްދުތަކަށް ދިން ބޮމުގެ ހަމަލާތަކުގައި 200 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، 500 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް އެޤައުމުގެ ރިޕޯރޓްތައް ބުނެއެވެ. އަދި މި ހަމަލާތަކާއި ގުޅިގެން 80 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ވަބުނެފައިވާއިރު، އަދިވެސް މި ހަމަލާތަކާއި ގުޅުން ހުރި މީހުން ހޯދަން ފުލުހުން ވަނީ އިއުލާނުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޯދަ ހިފުމުން ސިއްހީ ގޮތުން ލިބޭ ފައިދާތައް އިނގޭތަ؟

ރޯދަ ހިފުމުން ސިއްހީ ގޮތުން ލިބޭ ފައިދާތައް އިނގޭތަ؟

19 މެއި 2018
ރައީސް މައުމޫނު ގައުމަށް ކޮށްދެއްވި ހިދުމަތުގެ އިނާމަކަށް ޝަރީއަތަކާ ނުލައި ޖަލު، ހެޔޮވެދާނެތަ؟

ރައީސް މައުމޫނު ގައުމަށް ކޮށްދެއްވި ހިދުމަތުގެ އިނާމަކަށް ޝަރީއަތަކާ ނުލައި ޖަލު، ހެޔޮވެދާނެތަ؟

18 އެޕްރީލު 2018
ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރި ޤަރާރު: ޤާނޫނީ ގޮތުން ޞައްޙަ ނޫން ޤަރާރެއް

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރި ޤަރާރު: ޤާނޫނީ ގޮތުން ޞައްޙަ ނޫން ޤަރާރެއް

10 ފެބުރުއަރީ 2018
ކުޅުދުއްފުށީ ކުޅިއާ ގުޅޭ އެހެން ވާހަކައެއް 80 އަހަރުގެ މީހެއްގެ ދުލުން........

ކުޅުދުއްފުށީ ކުޅިއާ ގުޅޭ އެހެން ވާހަކައެއް 80 އަހަރުގެ މީހެއްގެ ދުލުން........

29 އޮކްޓޯބަރު 2017
ޕީޕީއެމް މެމްބަރުން އުޅުއްވާ ގޮތުން ލަދުން ބޯހަލާކު!

ޕީޕީއެމް މެމްބަރުން އުޅުއްވާ ގޮތުން ލަދުން ބޯހަލާކު!

15 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު