Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފްލެޓާއި ގުޅޭ ޝަކުވާ

ފްލެޓާއި ގުޅޭ ޝަކުވާ ހުށަހެޅުމަށް ހުޅުވާލަނީ

ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 9 ވަނަ ދުވަހުގެ ހަވީރު 4:00 އާއި ހަމައަށް ހުޅުވާލާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 5 ނޮވެމްބަރު 2023 | އާދީއްތަ 07:03
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން ދޫކުރާ ފުލެޓްތައް ހިމެނޭ އަމާން އުދަރެސްގެ ޓަވަރެއް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން ދޫކުރާ ފުލެޓްތައް ހިމެނޭ އަމާން އުދަރެސްގެ ޓަވަރެއް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭ ސަރަހައްދުން ފްލެޓް ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް މިއަދު ހުޅުވާލާނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

ފުލެޓުގެ ދާއިމީ ލިސްޓާއި ގުޅިގެން، ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކޮށް ދަނީ ހައުސިން މިނިސްޓްރީ ތެރޭގައި އަޑުއުފުލަމުންނެވެ. މިކަމާއި ގުޅިގެން ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ފުލެޓާއި ގުޅޭގޮތުން، ގެދޮރުވެރިން ޕޯޓަލްގެ ތެރެއިން ޝަކުވާ ހުށަހެޅޭނެ ގޮތަށް ޕޯޓަލްއެއް ހައްދަވާނެ ކަމަށެވެ. އަދި ފުލެޓް ލިސްޓާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ އެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް އަކްރަމްވަނީ އެދިވަޑައިގަންނަވާފައެވެ. އަކްރަމް ވިދާޅުވީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 9 ވަނަ ދުވަހުގެ ހަވީރު 4:00ގެ ނިޔަލަށް ހުޅުވާލާނެކަމަށެވެ.

Advertisement - newsAdvertisement

ފުލެޓްތަކުގެ ދާއިމީ ލިސްޓާއި ގުޅިގެން ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކޮށް މިނިސްޓްރީ ތެރެއަށްވަދެ އަޑުގަޑަކުރަމުންދާތީ އެތަނުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މިނިސްޓްރީން ހޮނިހިރު ދުވަހު ކުރި އިއުލާނެއްގައި ވަނީ، ފްލެޓްތައް ލިބުނު ދާއިމީ ލިސްޓުގެ އިތުރުން، ފަހިދިރިއުޅުން ކޯޕަރޭޝަނުން މިހާރު އިމާރާތްކުރަމުންގެންދާ 4،000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓުވެސް އާންމުކޮށްފައެވެ.

އެގޮތުން އެ 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނޭ މީހުންގެ ތެރެެއިން، 3 ކޮޓަރީގެ ފްލެޓް ލިބޭނީ 76 މާކްސްއިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުންނަށެވެ. އަދި 2 ކޮޓަރީގެ ފްލެޓް ލިބޭނީ 73 މާކްސްއިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުންނަށެވެ.

އެ އިއުލާނުގައި އިތުރަށް ވަނީ، 4،000 ފްލެޓުގެ ތެރެއިން ފްލެޓް ލިބުމަށް ހޮވިފައިވާ ފަރާތްތަކަށް، އެފަރާތަކަށް ލިބޭ ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތުލުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށާއި، އެގޮތުން ގުރުއަތުލުމަށް ހާޒިރުވާނެ ދުވަހާއި ގަޑި ޕޯޓަލް މެދުވެރިކޮށް އަންގާނެކަމަށެވެ.

އަދި 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ނުހިމެނޭ، ނަމަވެސް ޝަރުތުހަމަވާ ކަމަށް ދާއިމީ ލިސްޓުގައި ކަނޑައަޅާފައިވާ ފަރާތްތަކަށް، ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައުސިންގ މަޝްރޫއުތަކުގެ ތެރެއިން ފުލެޓެއް ދިނުމަށް ހަމަޖެހިފައިވާކަމުގެ ލިޔުން، ޕޯޓަލް މެދުވެރިކޮށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ އިއުލާނުގައި ވެއެވެ.

އެގޮތުން ދެމަފިރިން ވަކިން ހުށަހަޅައިގެން ފްލެޓް ލިބުމަށް ހޮވިފައިވާނަމަ ފްލެޓް ދިނުމަށް ހަމަޖެހިފައިވަނީ ދެމަފިރިންނަށް 1 (އެއް) ފްލެޓެވެ. ނުވަތަ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ ފަރާތަކަށް 1 (އެއް) ފްލެޓް ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި 20،000ށްވުރެ ގިނަ މީހުން ފޯމު ހުށަހެޅިއިރު، އޭގެ ތެރެއިން 13،000ށްވުރެ ގިނަ މީހުންގެ ޝަރުތު ހަމަވެއެވެ. ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ފްލެޓް ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަނީ ނިންމަވާފައެވެ.

ގެދޮރުވެރިޔާ ސްކީމްމިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަކްރަމް ކަމާލުއްދީން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

27 ނޮވެމްބަރު 2025
ފްލެޓު ތަކަށް އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކުރިން ވަދެވޭނެ: ރައީސް މުއިއްޒު

ފްލެޓު ތަކަށް އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކުރިން ވަދެވޭނެ: ރައީސް މުއިއްޒު

26 ނޮވެމްބަރު 2025
މުއިއްޒު ސަރުކާރުން ފްލެޓް އަތުލަނީ މާލޭގައި 15 އަހަރު އުޅުނުކަން ސާބިތު ނުވާ ކަމަށް ބުނެ، އެކަމަކު ފުލެޓް ލިސްޓު ވެރިފައި ކުރި އިރު އެކަން ނުބަލާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި!

މުއިއްޒު ސަރުކާރުން ފްލެޓް އަތުލަނީ މާލޭގައި 15 އަހަރު އުޅުނުކަން ސާބިތު ނުވާ ކަމަށް ބުނެ، އެކަމަކު ފުލެޓް ލިސްޓު ވެރިފައި ކުރި އިރު އެކަން ނުބަލާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި!

14 ނޮވެމްބަރު 2025
އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި

އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި

20 އޮކްޓޯބަރު 2025
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެޕޯލޯއާއި ހަވާލުކުރި ސޯޝަލް ހައުސިންގެ މަސައްކަތް ސަރުކާރު ބަދަލުވި ފަހުން އޮތީ ހުއްޓާލާފައި: އަކްރަމް

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެޕޯލޯއާއި ހަވާލުކުރި ސޯޝަލް ހައުސިންގެ މަސައްކަތް ސަރުކާރު ބަދަލުވި ފަހުން އޮތީ ހުއްޓާލާފައި: އަކްރަމް

16 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު