Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާގެ ޑްރޯންތަކެއް ޣައްޒާ މަތިން

ޣައްޒާގެ މަތިން އުދުހެމުން ދިޔަ ހަތިޔާރު ނެތް ޑްރޯންތަކަކީ އެމެރިކާގެ ކަމެއް: ޕެންޓަގަން

ނަތަންޔާހޫ ވިދާޅުވީ ރަހީނުކުރި މީހުން އަނބުރާ ގައުމަށް ނުގެނެވޭހާ ހިނދަކު ހަނގުރާމަ އެންމެ ތަންފުކެއްވެސް ނުހުއްޓާނެކަމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2023 | ހޮނިހިރު 09:24
އެމެރިކާގެ އެމްކިއު-9 ރީޕާ ޑްރޯން އެއް އުދުހެނީ

އެމެރިކާގެ އެމްކިއު-9 ރީޕާ ޑްރޯން އެއް އުދުހެނީ

ޣައްޒާގެ މަތިން އުދުހެމުން ދިޔަ ހަތިޔާރު ނެތް ޑްރޯންތަކަކީ އެމެރިކާގެ ޑްރޯންތަކެއް ކަމަށް ޕެންޓަގަންއިން ކަށަވަރު ކޮށްފީއެވެ.

އިސްރާއީލާއި ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކާ ދެމެދު މިހާރު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާއިން ފުރަތަމަ ފަހަރަށް ޣައްޒާގެ މަތިން ހަތިޔާރު ނެތް ޑްރޯންތައް އޮޕަރޭޓް ކުރަމުންދާކަން ޕެންޓަގަންއިން ކަށަވަރުކޮށްދީފައި މިވަނީ އެޑްރޯންތަކާމެދު ސުވާލު އެފެދިފައި ވަނިކޮށެވެ.

ޕެންޓަގަންގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ޕެޓްރިކް ރައިޑާ ހުކުރު ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މި ދަތުރުތައް ފެށީ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާގައި 1،400 މީހުން މަރުވުމާ ގުޅިގެން ކަމަށެވެ. އަދި މި ޑްރޯންތަކަކީ ހަމާސް ޖަމާޢަތުން ހައްޔަރުކުރި އިސްރާއީލްގެ ރައްޔިތުން ހޯދުމުގެ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން އުފައްދާފައިވާ ޑްރޯންތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ އެމްކިއު-9 ރީޕަރ ޑްރޯންތައް ފްލައިޓް ޓްރެކާތައް މެދުވެރިކޮށް ޣައްޒާވަށައިގެން އުޅޭތަން ނޫސްވެރިންނަށް ވަނީ ފެނިފައެވެ. ވައިގެ ހަމަލާތައް ދިނުމުގެ ގާބިލުކަން ހުރި ނަމަވެސް ރީޕަރުން ގިނަފަހަރަށް ބޭނުންކުރަނީ އެމީހުންގެ ސެންސަރުތައް ބޭނުންކޮށްގެން ސަވައިލެންސް ކުރުމަށެވެ.

އެމެރިކާގެ އޮފިޝަލުން ބުނަނީ ޑްރޯން މިޝަންތަކުން އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިކަން ފޯރުކޮށްނުދޭ ކަމަށާއި އެ މިޝަންތަކުން ފާސްކުރަނީ ހަމައެކަނި ރަހީނުކޮށްފައިވާ މީހުންނާ ގުޅުންހުރި އިންޓެލިޖެންސް ކަމަށެވެ.

އެމެރިކާއިން އެ ސަރަހައްދަށް ގިނަ އަދަދެއްގެ އަސްކަރީ ސާމާނު ފޮނުވާފައި ވީ ނަމަވެސް ސުލްހަ ބަލަހައްޓާ ސިފައިންގެ ގޮތުގައި ލަޝްކަރެއް ޣައްޒާއަށް ފޮނުވުމުގެ ވައިޓްހައުސްއިން ވަނީ ދޮގުކޮށްފަ އެވެ. އަދި ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހަނގުރާމަތައް މެދުކަނޑާލަން އެމެރިކާއިން ވަނީ ހުށަހަޅައިފައި ކަމަށްވެސް ވައިޓް ހައުސްއިން ބުނެ އެވެ.

ނަމަވެސް އިސްރާއީލުގެ ހައްދު ފަހަނައަޅާފައިވާ ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވީ ރަހީނުކުރި މީހުން އަނބުރާ ގައުމަށް ނުގެނެވޭހާ ހިނދަކު ހަނގުރާމަ އެންމެ ތަންފުކެއްވެސް ނުހުއްޓާނެކަމަށެވެ.

އޮކްޓޯބަރު މަހުގެ ކުރީކޮޅުން ފެށިގެން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 9،200 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އެތަލައްކަ ބަޔަކުވަނީ ގެދޮރު ގެއްލިފަ އެވެ.

އެމެރިކާޣައްޒާއިޒްރޭލްދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު