Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފަލަސްތީން-އިސްރާއީލް ހަނގުރާމަ

އުފަން ވަޒަނުގައި ރެފިއުޖީއަކަށް: އޮއްޓަރުހުރި ކާއެއްޗެއް ލިބުނީ 25 ދުވަސް ފަހުން

ކޭމްޕުގައި ދިރިއުޅުމުގެ ހާލަތު ހުރީ އިންތިހާ ދަށް ފެންވަރެއްގައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 1 ނޮވެމްބަރު 2023 | ބުދަ 11:33
އައްޒަހްރާ ސިޓީގައި ދިރިއުޅެމުންދިޔަ ގެ ދޫކޮށް، މުހައްމަދު މިހާރު ދިރިއުޅެމުން ދަނީ ނާސިރު ހޮސްޕިޓަލްދޮށުގައި ހުންނަ ކޭމްޕެއްގައި

އައްޒަހްރާ ސިޓީގައި ދިރިއުޅެމުންދިޔަ ގެ ދޫކޮށް، މުހައްމަދު މިހާރު ދިރިއުޅެމުން ދަނީ ނާސިރު ހޮސްޕިޓަލްދޮށުގައި ހުންނަ ކޭމްޕެއްގައި

އުފަން ވަޒަނުގައި ރެފިއުޖީއަކަށް ވުމަކީ، ފަރުދެއްގެ ހައިސިއްޔަތުން ކުރިމަތިލާންޖެހޭނެ އެންމެ ބޮޑު އެއް ނިކަމެތިކަމެވެ. މުހައްމަދު ޒަކީ އައްސައީދީއަކީ ޔަހޫދީ އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުގެ ތެރޭގައި ގެދޮރު ގެއްލި، ހާލުގައިޖެހިފައިވާ މީހެކެވެ. މުހައްމަދާއި އޭނާގެ ދަރިން މިއަދު އިށީނދެލައިގެން އެ ތިބީ ޚާން ޔޫނިސްގެ ކޭމްޕެއްގައެވެ. ބަތާއި އެއްގަމު މަހުގެ ކެއުމަކަށް އިންސާފުކޮށްލެވޭތޯއެވެ. މިއީ މިދިޔަ 22 ދުވަހުގެ ތެރޭގައި އެ އާއިލާއަށް، އޮއްޓަރުހުރި ކާއެތިކޮޅެއް ކާލަން ލިބުނު ފުރަތަމަ ފަހަރެވެ.

އައްޒަހްރާ ސިޓީގައި ދިރިއުޅެމުން ދިޔަ ގެ ދޫކޮށް، މުހައްމަދު މިހާރު ދިރިއުޅެމުން ދަނީވެސް ޚާން ޔޫނިސްގައެވެ. ނާސިރު ހޮސްޕިޓަލްދޮށުގައި ހުންނަ ކޭމްޕެއްގައެވެ.

އެ ތަނުގައި އޭނާ ވަނީ ލުއިބުއިންތައް ވިއްކުމަށް ޚާއްސަކޮށްގެން ގާޑިޔާ ވިޔަފާރިއެއްވެސް ފަށާފައެވެ. ބުއިންތަކުގެ އިތުރުން މާމުޔާއި ކަސްޓަޑުވެސް އެތަނުން ލިބެއެވެ. ގާޑިޔާ ވިޔަފާރިކޮށްގެން ދުވާލެއްގެ މައްޗަށް މުހައްމަދަށް ލިބެނީ 10ޝެކްލްއާ 20 ޝެކްލްއާ ދެމެދުގެ މިންވަރެކެވެ. އެއީ ގާތްގަނޑަކަށް 3 ޑޮލަރާ 5 ޑޮލަރާ ދެމެދު މިންވަރެކެވެ.

ކޭމްޕުގައި ދިރިއުޅުމުގެ ހާލަތު ހުރީ އިންތިހާ ދަށް ފެންވަރެއްގައެވެ. އެ ހާލުގައި ދިރިއުޅެމުން، އާއިލާއަށް ބޭނުންވާ ޒަރޫރީ ކެއިންބުއިމުގެ ޚަރަދުތައް ފުއްދެނީ ހަމަ ކިރިޔާކަމަށް މުހައްމަދު ބުނެއެވެ.

މުހައްމަދުގެ އިތުރުން، އެ ޓެންޓު ކޭމްޕުގައި ދިރިއުޅޭ އެހެން މީހުންވެސް މިހާރު ދަނީ ކުދިކުދި މަސައްކަތްތައް ކުރަމުންނެވެ. އޭގެ ތެރެއިން އެކަކީ ބިލާލާ އަބޫ މުސްތަފާއެވެ. ބިލާލް ހުޅުވައިގެން އުޅެނީ ބޯކޮށުމުގެ ޚިދުމަތްދޭ ކުޑަ ފިހާރައެކެވެ.

އޮކްޓޯބަރު މަހުން 30 ވަނައަށް ވީދުވަހު، އިޒްރޭލުން ވަނީ އެއްގަމު މަގުންވެސް ޣައްޒާއަށް ހަމަލާތައް ދޭންފަށާފައެވެ. ޣައްޒާގެ އާންމު ރައްޔިތުންނަށް ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އިޒްރޭލަށް ގޮވާލުން ފިޔަވައި، ބައިނަލްއަގުވާމީ މުޖުތަމައުން އަމަލީގޮތެއްގައި ކުރި އެހެން އެއްވެސް ކަމެއް ނެތޭ ދެންނެވިދާނެއެވެ.

ޣައްޒާ ކޮންޓްރޯލްކުރަމުންދާ ހަމާސް ޖަމާއަތުގެ ބޭސްތަކާއި މަރުކަޒުތަކަށް ކަމަށް ބުނެ އިޒްރޭލުގެ އަސްކަރިއްޔާއިން ހަމަލާތައް ދެމުން ދާއިރު، މިހާތަނަށް، 600އެއްހާ އަމާޒަށް ހަމަލާދީފައި ވާނެކަމަށް އިޒްރޭލުން ބުނެއެވެ. ނަމަވެސް، މި ދުނިޔެއާ ވަކިވެ ގޮސްފައިވަނީ އާންމު ރައްޔިތުންނެވެ. އުދުވާނުގެ ޝިކާރައަކަށްވެ، މި ދުނިޔެއާ ވަކިވެދިޔަ މީހުންގެ އަދަދު 9000އާ ގާތްކުރާއިރު، ޝަހީދުވި ކުޑަކުދިންގެ އަދަދުވެސް އުޅެނީ 3000ން މަތީގައެވެ.

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންދުނިޔެ

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2025

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

14 ނޮވެމްބަރު 2025
ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި
07 ޖޫން 2025

ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

07 ޖޫން 2025
ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް
16 މެއި 2025

ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

16 މެއި 2025
ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި
15 މެއި 2025

ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

15 މެއި 2025
ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި
20 މާރިޗު 2025

އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 

20 މާރިޗު 2025
އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު