Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

ތާޜީޚުގައި ވެސް އެންމެ މޮޅު ކުލަބަކީ ބާސެލޯނާ: މެސީ

މެސީ ބުނީ، ބާސެލޯނާ އަކީ އެންމެ މޮޅު ޓީމު ކަމަށާއި، އެ ޓީމުގައި ހިމެނިގެން ކުޅުމުގެ ފުރުސަތު ލިބުމަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު ނަސީބެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 ނޮވެމްބަރު 2023 | ބުދަ 02:07
ބާސެލޯނާގެ ކުރީގެ ކެޕްޓަން ލިއޮނަލް މެސީ

ބާސެލޯނާގެ ކުރީގެ ކެޕްޓަން ލިއޮނަލް މެސީ

ފުޓުބޯޅައިގެ ތާރީޚުގައި ވެސް އެންމެ މޮޅު ކުލަބަކީ ސްޕެއިންގެ ބާސެލޯނާ ކަމަށް އެ ޓީމުގެ ކުރީގެ ކެޕްޓަން، އާޖެންޓީނާގެ ލިއޮނަލް މެސީ ބުނެފި އެވެ.

މެސީ މިހެން ބުނީ ފްރާންސް ފުޓުބޯޅަ އިން ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލޮންޑިއޯ އެވޯޑު އަށް ވަނަ ފަހަރަށް ހޯދުމަށް ފަހު ވާހަކަ ދައްކަމުންނެވެ. ފްރާންސްގެ ވެރި ރަށް، ޕެރިހުގައި އޮތް ޚާއްސަ ރަސްމިއްޔާތުގައި އަށް ވަނަ ފަހަރަށް ބެލޮންޑިއޯ ހާސިލްކުރުމަށްފަހު މެސީ ވަނީ އޭނާގެ ކެރިއަރުގެ ވާހަކަ ދައްކައިފަ އެވެ. އެގޮތުން މެސީ ބުނީ، ބާސެލޯނާ އަކީ އެންމެ މޮޅު ޓީމު ކަމަށާއި، އެ ޓީމުގައި ހިމެނިގެން ކުޅުމުގެ ފުރުސަތު ލިބުމަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު ނަސީބެއް ކަމަށެވެ. އެކަން ފާހަގަކޮށް މެސީ ބުނީ ތާރީޚުގައި ވެސް އެންމެ މޮޅު ފުޓުބޯޅަ ކުލަބަކީ ބާސެލޯނާ ކަމަށެވެ.

އުމުރުން 34 އަހަރުގެ މެސީ އޭނާގެ ސީނިއާ ކެރިއަރު ފެށީ ބާސެލޯނާ އިންނެވެ. އޭނާ ވަނީ ބާސެލޯނާ އަށް 778 މެޗު ކުޅެދީ 672 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު މެސީ ވަނީ 34 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. 2018 ވަނަ އަހަރު ބާސެލޯނާގެ ކެޕްޓަން އަންދްރެސް އިނިއެސްޓާ ކުލަބު ދޫކޮށްލަން ނިންމުމާއެކު، އެ ޓީމުގެ ކެޕްޓަންކަން ވަނީ މެސީ އަށް ލިބިފަ އެވެ. އޭގެ ފަހުން ބާސެލޯނާގެ މާލީ މައްސަލަ ގޯސްވެ، އެ ކުލަބުގެ އެއްބަސްވުން އައު ނުކުރެވި މެސީ އަށް ޖެހުނީ 2021 ވަނަ އަހަރު އެ ކުލަބު ދޫކޮށްލުމަށެވެ. އެ އަހަރު ބާސެލޯނާ ދޫކޮށް އޭނާ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގެ ދަށުން، ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު މިއަހަރު ހަމަވުމުން، މެސީ ނިންމީ އެއްބަސްވުން އައު ނުކުރުމަށެވެ. އެއާއެކު އަނެއްކާ ވެސް ބާސެލޯނާ އިން ވަނީ އަލުން މެސީ އެ ކުލަބަށް ގެނައުމުގެ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެކަމުގައި އެކުލަބަށް އެއްވެސް އަލި މަގެއް ފެނިފައި ނުވާއިރު، މެސީ ނިންމީ އެމެރިކާ ލީގުގެ އިންޓަ މިއާމީ އަށް ބަދަލުވުމަށެވެ. މެސީ އިންޓަ މިއާމީ އަށް ބަދަލުވީ ދެ އަހަރަ ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މެސީގެ ފުޓުބޯޅައިގެ ދިގު ކެރިއަރުގެ ގިނަ ކާމިޔާބީތައް ގުޅިފައި ވަނީ ބާސެލޯނާއާ އެވެ. ބާސެލޯނާގެ ސަޕޯޓަރުންގެ ހިތުގައި އަދިވެސް މެސީ އަށް ޚާއްސަ ލޯތްބެއް އޮވެ އެވެ. ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވި ފަހުން ވެސް މެސީ ވަނީ އެކި ފަހަރު މަތިން ބާސެލޯނާ އަށް ދަތުރު ކޮށްފަ އެވެ. އެ ދަތުރުތަކުގައި އޭނާ ވަނީ އެ ކުލަބުގެ ކުޅުންތެރިންނާއެކު ވެސް ވަގުތު ހޭދަކޮށްފަ އެވެ.

ބާސެލޯނާލިއޮނެލް މެސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު