Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބެލޮންޑީ އޯ

އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ބޮންމާޓީ

އަހަރެން މިއެވޯޑް ހާއްސަ ކުރަނީ ބާސެލޯނާ އާއި ސްޕޭނުގެ ޓީމު މޭޓުންނާއި ސްޓާފުންނަށް: ބޮންމާޓީ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2023 | އަންގާރަ 00:41
ސްޕޭނާއި ބާސެލޯނާގެ އައިޓާނާ ބޮންމާޓީ

ސްޕޭނާއި ބާސެލޯނާގެ އައިޓާނާ ބޮންމާޓީ

ދުނިޔޭގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ ހޮވައި އިނާމަކަށް ދޭ ބެލޮންޑީއޯ އެވޯޑް ސްޕޭނާއި ބާސެލޯނާގެ މިޑްފީލްޑަރު އައިޓާނާ ބޮންމާޓީ ހޯދައިފި އެވެ.

އޭނާ އަށް މިއިނާމް ހަވާލުކޮށްދިނީ ފްރާންސްގެ ވެރިރަށް ޕެރިހުގައި ބޭއްވި ބެލޮންޑީއޯ އެވޯޑް ހަފުލާގައި ދުނިޔޭގެ އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޮވަކް ޖޮކޮވިޗެވެ.

"އަހަރެން ވަރަށް ފަހުރުވެރިވެއްޖެ ބެލެންޑީއޯ އެވޯޑް ލިބުމުން. ފުޓްބޯޅަ އަކީ އެންމެން ގުޅިގެން ކާމިޔާބު ލިބޭ ކުޅިވަރެއް. މިހެންވެ އަހަރެން މިއެވޯޑް ހާއްސަ ކުރަނީ ބާސެލޯނާ އާއި ސްޕޭނުގެ އަހަރެން ޓީމު މޭޓުންނާއި ސްޓާފުންނަށް،" ބޮންމާޓީ ބުންޏެވެ.

އޭނާ ވަނީ އެވޯޑަށް ވާދަކުރި އެހެން ކުޅުންތެރިންނަށް ވެސް ޝުކުރު އަދާކޮށް، އެކުޅުންތެރިންގެ މަސައްކަތް ފާހަގަކޮށްފަ އެވެ.

އުމުރުން 25 އަހަރުގެ ބޮންމާޓީ ވަނީ މި އަހަރުގެ އަންހެނުންގެ ވޯލްޑްކަޕް ސްޕޭނާއެކު ކާމިޔާބުކޮށްފަ އެވެ. އެ މުބާރާތުގެ މޮޅު ކުޅުންތެރިއަކީ ވެސް ތިން ގޯލު ޖެހި އޭނާ އެވެ. އަދި ބާސެލޯނާއާއެކު ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގު ހޯދިއިރު ޗެމްޕިއަންސް ލީގުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ.

ބާސެލޯނާގެ ކުރީގެ ކޯޗު އަދި މެންޗެސްޓާ ސިޓީގެ މިހާރުގެ ކޯޗު ޕެޕް ގާޑިއޯލާ ސިފަ ކުރާ ގޮތުގައި ބޮންމާޓީ އަކީ ސްޕޭނާއި ބާސެލޯނާގެ ކުރީގެ އެއްވަނަ މިޑްފީލްޑަރު އަންދްރޭސް އިނިއެސްޓާގެ އަންހެން ވާޝަން އެވެ. ބެލޮންޑީއޯ އެވޯޑަށް އޭނާއާ އެންމެ ކައިރިން ވާދަކުރީ ދެ ވަނަ ހޯދި ޗެލްސީ އަށް ކުޅޭ އޮސްޓްރޭލިޔާގެ ފޯވަޑް ސަމަންތަ ކާ އާއި ބާސެލޯނާ އާއި ސްޕޭނުގެ ޒިވާން ފޯވަޑް ސަލްމާ ޕަރަޔުއެލޯ އެވެ. ހަތަރަކަށް ދިޔައީ ބާސެލޯނާ އާއި ސްވިޑްންގެ ރަލްފޯ އެވެ. ފަސް ވަނަ އަށް ދިޔައީ އިނގިރޭސި ގައުމީ ކީޕަރު މޭރީ އާޕްސް އެވެ.

މިއީ ބެލޮންޑީއޯ އެވޯޑް ދިން ފަސް ވަނަ ފަހަރެވެ. މި ފަސް ފަހަރުގެ ތެރެއިން ސްޕޭނާއި ބާސެލޯނާގެ ކުޅުންތެރިން ވަނީ ތިން ފަހަރު މި އެވޯޑް ހޯދައިފަ އެވެ. މިދިޔަ ދެ އަހަރު އެވޯޑް ހޯދީ ބާސެލޯނާގެ ކެޕްޓަން އެލެކްސިއާ ޕުޓެޔާސް އެވެ.

އައިޓާނާ ބޮންމާޓީބަލޮންޑޯ އެވޯޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ރޮޑްރީގެ ބެލެންޑިއޯ ޚާއްސަ ކުރީ ބައްޕަ އަށް!

ރޮޑްރީގެ ބެލެންޑިއޯ ޚާއްސަ ކުރީ ބައްޕަ އަށް!

30 އޮކްޓޯބަރު 2024
ވިނީޝިއުސްގެ ދިފާއުގައި ގިނަ ކުޅުންތެރިންތަކެއް!

ވިނީޝިއުސްގެ ދިފާއުގައި ގިނަ ކުޅުންތެރިންތަކެއް!

30 އޮކްޓޯބަރު 2024
ޔަމާލްގެ އުންމީދަކީ ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރުން

ޔަމާލްގެ އުންމީދަކީ ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރުން

30 އޮކްޓޯބަރު 2024
އެންމެ މޮޅު ކީޕަރަކަށް މާޓިނޭޒް، މޮޅު ޒުވާން ކުޅުންތެރިޔާ އަށް ޔަމާލް

އެންމެ މޮޅު ކީޕަރަކަށް މާޓިނޭޒް، މޮޅު ޒުވާން ކުޅުންތެރިޔާ އަށް ޔަމާލް

29 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

22 ޖޫން
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި
20251 އަހަރު ކުރިން
ދުނިޔެ

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"
20242 އަހަރު ކުރިން
ރާއްޖެ

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި
20233 އަހަރު ކުރިން
ރިޕޯޓު

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު