Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ރައްޔިތުން ބަނޑުހައި ހޫނުކަމުގައި

ޣައްޒާގައި ބަންދު ވެފައި ތިބި ޢާއްމު ރައްޔިތުންނަށް އެހީތެރިވެވޭނެ މަގުތަށް ދަނީބަންދުވަމުން: ރެފިއުޖީ އޭޖެންސީ

28 އޮކްޓޯބަރު 2023 | ހޮނިހިރު 13:54

ޣައްޒާގައި ތެލެއް ނެތް، ހޮސްޕިޓަލްތަކާ ބޭކަރީތައް ހިންގުމަށްވެސް ކޮންމެ ދުވަހަކު 160000 ލީޓަރު ތެޔޮ ޣައްޒާއަށް ބޭނުންވޭ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 28 އޮކްޓޯބަރު 2023 | ހޮނިހިރު 13:54
އދ ގެ ފަލަސްތީން ރެފިއުޖީ އޭޖެންސީ ގެ ކޮމިޝަނާ ޖެނެރަލް ފިލިޕް ލަޒަރިނީ

އދ ގެ ފަލަސްތީން ރެފިއުޖީ އޭޖެންސީ ގެ ކޮމިޝަނާ ޖެނެރަލް ފިލިޕް ލަޒަރިނީ

ހައްދު ފަހަނައަޅާފައިވާ ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާގައި ތާށި ވެފައި ތިބި ޢާއްމު ރައްޔިތުންނަށް އެހީތެރިވެވޭނެ ގޮތްތައް ދަނީ ބަންދުވަމުން ކަމަށާއި، އެމީހުން މިހާރުތިބީ ބަނޑުހައި ހޫނުކަން މަތީ ކަމަށް އދ ގެ ފަލަސްތީން ރެފިއުޖީ އޭޖެންސީ (ޔޫއެންއާރްޑަބްލިޔުއޭ) ގެ ކޮމިޝަނާ ޖެނެރަލް ފިލިޕް ލަޒަރިނީ ވިދާޅުވެއްޖެއެވެ.

ފިލިޕް އާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާގޮތުގައި ޣައްޒާގެ ރައްޔިތުންނަށް އެ އޭޖެންސީން ދެމުންގެންދިޔަ އެހެން ހިދުމަތްތައްވެސް މިހާރު ދެވެން ނެތް ކަމަށާއި ހަނގުރާމައިގައި ޣައްޒާގެ ތާށިވެފައި ތިބި މީހުންނަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

އަލް އަހްރަމް ނޫހުންވެސް ރިޕޯޓުކޮށްފައިވާ ގޮތުގައި ޣައްޒާގައި ޢާއްމުންނަށް އެހީތެރިކަން ފޯރުކޮށްދޭ އެ އޭޖެންސީގައި ހުރި ތެޔޮ ވެސް މިހާރު އަންނަނީ ހުސްވަމުންނެވެ. ހޮސްޕިޓަލްތަކާ ބޭކަރީތައް ހިންގުމަށްވެސް ކޮންމެ ދުވަހަކު 160000 ލީޓަރު ތެޔޮ ޣައްޒާއަށް ބޭނުންވާކަން ފިލިޕްއާ ފާހަގަ ކުރެއްވި ކަމަށް އެނޫހުގައި ބުނެފައިވެއެވެ.

އެޖެންސީގެ މުވައްޒަފުން ބުނާ ގޮތުން އެ މީހުންގެ ޣައްޒާގައި ކުރިޔަށް ގެންދާ އޮޕަރޭޝަންތައް މިހާރު ހުރީ ހުއްޓޭ ހިސާބުގައެވެ. އަދި ޣައްޒާގެ އާންމު ރައްޔިތުން މިހާރު ތިބީ ބަނޑުހައި ހޫނު ކަންމަތީގައި ކަމަށް އެ އޭޖެންސީން ބުނެއެވެ. މިއީ ބަނޑުހައި ހޫނުކަމުގެ މައްސަލަ އެ އޭޖެންސީން ރިޕޯޓުކޮށްފައިވާ ފުރަތަމަ ފަހަރެވެ.

މި މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި އެ އޭޖެންސީގެ 57 މެމްބަރުން މަރުވެފައިވާ ކަމަށްވެސް ފިލިޕް ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކުގެ ތެރެއިން ޣައްޒާގެ އާންމު ރައްޔިތުން ރައްކާތެރިކޮށް ސްކޫލްތަކާއި ހޮސްޕިޓަލްތަކަށް ހަމަލާދިނުން އިސްރާއީލުން ހުއްޓާލަން ޖެހޭ ކަމަށް އދ ގެ ހާއްސަ އިންވެސްޓިގޭޓަރަކު ހޯމަ ދުވަހު ވިދާޅުވިއެވެ.

އިސްރާއިލުން ހަމަލާތައް ދޭން ފެށިފަހުން އދ ގެ އޭޖެންސީގެ ހިޔާވަހިކަން އެތައް ސަތޭކަ މީހުން ވަނީ ހޯދާފައެވެ. ފަލަސްތީނުގެ ސިއްހީ ވުޒާރާއާ ހަވާލާދީ އަލްއަހްރަމް ނޫހުން ރިޕޯޓުކުރާ ގޮތުގައި އިސްރާއީލުގެ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން މިހާތަނަށް ޣައްޒާގެ 7000 މީހުން ވަނީ ޝަހީދުވެފައެވެ. އަދި 19000 މީހުން ވަނީ ޒަހަމްވެފައެވެ.

ޣައްޒާ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

21 ޑިސެމްބަރު 2025

ޣައްޒާ ގެ ސުލްހައިގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ކާމިޔާބު ކަމަށް އެމެރިކާ އިން ބުނި ނަމަވެސް އިޒްރޭލުން ހިންގާ ޖަރީމާތަކަށް ހުއްޓުމެއް ނެތް

21 ޑިސެމްބަރު 2025
ޣައްޒާ ގެ ސުލްހައިގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ކާމިޔާބު ކަމަށް އެމެރިކާ އިން ބުނި ނަމަވެސް އިޒްރޭލުން ހިންގާ ޖަރީމާތަކަށް ހުއްޓުމެއް ނެތް
20 ޑިސެމްބަރު 2025

އިޒްރޭލުން ޣައްޒާ ގެ ސްކޫލް އިމާރާތަކަށް ހަމަލާދީ ފަލަސްތީނުގެ ހަތް މީހުން ޝަހީދު ކޮށްލައިފި

20 ޑިސެމްބަރު 2025
އިޒްރޭލުން ޣައްޒާ ގެ ސްކޫލް އިމާރާތަކަށް ހަމަލާދީ ފަލަސްތީނުގެ ހަތް މީހުން ޝަހީދު ކޮށްލައިފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
23 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ

23 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ
22 ނޮވެމްބަރު 2025

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް

22 ނޮވެމްބަރު 2025
ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް
22 ނޮވެމްބަރު 2025

އިޒްރޭލް، ޣައްޒާ ހަނގުރާމަ: އެއްބަސްވުމާއި އިޒްރޭލުން ޚިލާފުވާތީ ރާއްޖެ އިން އެކަން ކުށްވެރިކޮށްފި

22 ނޮވެމްބަރު 2025
އިޒްރޭލް، ޣައްޒާ ހަނގުރާމަ: އެއްބަސްވުމާއި އިޒްރޭލުން ޚިލާފުވާތީ ރާއްޖެ އިން އެކަން ކުށްވެރިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް